ބަންގްލަދޭޝް އާއި ނޭޕާލްގައި ރާއްޖެ ނާދެވި ތާށިވެފައިތިބި 71 ދިވެހިން ރާއްޖެ ގެނެސްފިއެވެ.
ބަންގްލަދޭޝްގެ ވެރިރަށް ޑާކާއިން ފުރައިގެން ރާއްޖެއަށް އައި އެގައުމުގެ އަސްކަރީ މަތިންދާބޯޓުގައި ރާއްޖެ ގެނެސްފައިވަނީ ނޭޕާލުގައި ތިބި 18 ދިވެހިންނާއި ބަންގުލަދޭޝްގެ އެކި ސިޓީތަކުގައި ތިބި 53 ދިވެހިންނެވެ.
މީގެ ތެރޭގައި ތިބީ ސްޕެޝަލައިޒްވުމަށް ގޮސް ތިބި މެޑިކަލް ޑޮކްޓަރުންނާއި، މެޑިސިން ކިޔަވަމުން އަންނަ ދަރިވަރުންނެވެ. އެ ދަރިވަރުން ރާއްޖެއަށް ނާދެވި ތާށިވެފައި ތިބީ ކޯވިޑް-19 އާ ގުޅިގެން އެގައުމުތަކުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުންނެވެ.
މިކަމާ ގުޅިގެން ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވަނީ ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު އޭކޭ އަބްދުލް މޫމިން އާއި އެގައުމުގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް އަޒީޒް އަހުމަދަށް ޝުކުރު އަދާކުރައްވާފައެވެ.
ބަންގްލަދޭޝްގެ އަސްކަރީ މަތިންދާބޯޓުގައި ދިވެހި ސަރުކާރުގެ އެދުމުގެ މަތިން ބަންގްލަދޭޝްގެ މެޑިކަލް ޓީމެއް ވެސް ވަނީ މިއަދު ރާއްޖެއަށް އައިސްފައެވެ.
ބަންގްލަދޭޝްގެ މި ފްލައިޓްގައި ރާއްޖޭގައި ދިރިއުޅޭ އެޤައުމުގެ 70 މީހުން އަނބުރާ ގެންދާނެ ކަމަށް ޚާރިޖީ ވުޒާރާއިން ހާމަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު