ޑރ. ޝަހީމް (ކ) އާއި ރައީސް ޔާމީން
ޑރ. ޝަހީމް (ކ) އާއި ރައީސް ޔާމީން
މަނީ ލޯންޑަރިންގެ ކުށުގެ ދަޢުވާ ސާބިތުވެ 5 އަހަރުގެ ޖަލު ޙުކުމެއް ތަންފިޛު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް މިނިވަން ކުރުމަށް ރައީސް ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ގޮވާލައްވައިފިއެވެ.

ޙުކުމް ތަންފީޛު ކުރުމަށް ރައީސް ޔާމީން ޖަލުގައި އޮންވާތާ 400 ދުވަސް ވުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ޑރ. ޝަހީމް ވިދާޅުވީ، ރައީސް ޔާމީނަށް އިންސާފު ލިބިވަޑައި ނުގެން، އިސްތިއުނާފުގެ ހުކުމް ލަސްވެ 400 ދުވަސް ވަންދެން އާއިލާއާ ވެސް ބައްދަލުނުވެ ޖަލުގައި ހުންނެވުމަކީ އަދުލުގެ ނިޒާމުގެ މިނިވަންކަމާމެދު ސުވާލު އުފެދުމުގެ ޖާގަ އޮތް ކަމެއް ކަމަށެވެ.

"ރައީސް ޔާމީން އަށް އިންސާފު ހޯދައިދީ މިނިވަންކުރުމަށް ގޮވާލަން." ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.



ރައީސް ޔާމީނުގެ އިސްތިއުނާފު ޝަރީޢަތް އަވަސްކުރުމަށް އެމަނިކުފާނުގެ ޤާނޫނީ ވަކީލު ޑރ. މުޙައްމަދު ޖަމީލު އަޙްމަދު ވެސް ވަނީ ގޮވާލައްވާފައެވެ. ޖަމީލް ވިދާޅުވީ ރައީސް ޔާމީން، 400 ދުވަސް ވަންދެން ޖަލުގައި އޮންނަވާ ސަރުކާރުގެ ލާއިންސާނީ އަނިޔާތަށް ތަހައްމަލް ކުރައްވައިފި ކަމަށެވެ. މީގެއިތުރުން، ހަސަދަވެރިކަން ހައްދުން ނެއްޓި ދެމުންދާ އަނިޔާތަށް ހުއްޓާލަން ޖެހޭކަމަށް ޖަމީލް ވިދާޅުވި. އަދި ޖަމީލް ވިދާޅުވީ، ކާމިޔާބު 5 އަހަރުގެ ވެރިކަމެއް ކުރެއްވުން ކުށަކަށް ވެގެން ނުވާނެ ކަމަށެވެ.

އިދިކޮޅު ކޯލިޝަނުން ތުހުމަތުކުރާ ގޮތުގައި ރައީސް ޔާމީނުގެ ޝަރީޢަތް ހައިކޯޓުގައި ބޭއްވުން ލަސްވެފައިވަނީ ކޯޓުތަކަށް ރައްޔިތުން މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ނުފޫޒު ފޯރުއްވާތީއެވެ.

ރައީސް ޔާމީނުގެ މައްޗަށް ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެއްޖެކަމަށް ކަނޑައަޅައި 5 އަހަރު ދުވަހަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ހުކުމްކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. މި މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ހައި ކޯޓުގައި ވަނީ ނިންމާލާފައެވެ.

އަދި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ރައީސް ޔާމީން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޟާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި އެއްމިލިއަން އެއްލައްކަ ސަތާރަހާސް ޑޮލަރު ހޯދައިފައިވާ ކަމަށް ބުނާ މައްސަލައިގެ އަޑުއެހުންތަށް މިހާރު ދަނީ ކުރިއަށެވެ. ރައީސް ޔާމީން މިވަގުތު ހުންނެވީ ހުކުމް ތަންފީޒް ކުރުމަށް މާފުށީ ޖަލުގައެވެ.


ކިޔުންތެރިންގެ ހިޔާލު


8

އައިވަރީ ރޯސް

05-Jan-2021

އާ ނިކަން ރީތިކޮށް މިނިވަން ކޮށްދޭނަމޭ. ކުރިޔަށް އޮތް ދުވަސްތަކުގަ 25 އަހަރުގެ ހުކުމާ ަނެއް 250 މިލިޔަން ޑޮލަރ ގެ ހުކުމާ ހަވާލުވާން ތައްޔާރުވާށެ ބުނޭ



ޓްރެންޑިން