ކޯވިޑް-19 ގެ ބަލިމަޑުކަން ރާއްޖޭގެ ގޮނޑުދޮށަށް ބީއްސާލުމާއެކު، ގުޅިގެން މަސައްކަތް ކުރުމުގެ ޒައިތޫނި ފަތްކޯޅި ސަރުކާރަށް ވާނީ ދިއްކޮށްފައި ކަމަށް ކުރީގެ އިޤްތިޞާދީ ވަޒީރު މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ސަޢީދު ވިދާޅުވީ ދިވެހިންނަށް ތަހުޒީބުގެ އާޒަމާނެއް ރައީސް ޔާމީން ގެނެސްދެއްވި ކަމަށެވެ. ރައީސް ޔާމީން ކުރިމަތިލެއްވީ ރާއްޖޭގައި ހުރި އެންމެ ބޮޑެތި މައްސަލަތަކާ ކަމަށާއި، މިވަގުތުވެސް އެމަނިކުފާން ހުންނެވީ ދިވެހި ޤައުމަށް ޚިދުމަތް ކޮށްދިނުމަށް ތައްޔާރަށް ކަމަށެވެ.
"މިއަދު ދިވެހިރާއްޖޭގެ ވެރިކަން ކުރެއްވި ފަރާތްތަކުގެ ތެރެއިން، ރައީސް ޔާމީންގެ ދެ ޕާޓީން ސަރުކާރަށް މި ދަންނަވަނީ އަޅުގަނޑުމެން ކީއްތޯއޭ ކޮށްދޭންވީ؟ ކިހިނެއްތޯއޭ ޙަރަކާތްތެރިވާންވީ؟ އަޅުގަނޑުމެން ހައެއްކަ މެމްބަރުން ކަމުގަވިޔަސް އަޅުގަނޑުމެންގެ ތަޖުރިބާ ތަކެއް އެބަ ހުއްޓޭ. އަޅުގަނޑުމެން ބްރިޖެއްވެސް އެޅީމޭ. ފަންސަވީސް ބުރީގެ ޢިމާރާތެއްވެސް އެޅީމޭ. ދެވަނަ ރަންވޭ އެއް އެޅީމޭ. އަޅުގަނޑުމެން މަސައްކަތްކުރަން ބޭނުންވެގެން މި އުޅެނީ." ސަޢީދު ވިދާޅުވިއެވެ.
ރައީސް ޔާމީނަށް ޙައްގުވާ މިންވަރަކީ "ނުހައްގުން ޖަލުގަ އޮތުން" ނޫން ކަމަށް ސަޢީދު ވިދާޅުވިއެވެ. އަދި ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލަނީ މިވަގުތު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ތަޖްރިބާއެއް ހިއްސާ ކުރެއްވުމަށް އެންމެ އެކަށީގެންވަނީ ރައީސް ޔާމީން ކަމުގައި ވާނެތީކަމުގައި ސަޢީދު ވިދާޅުވިއެވެ. އަދި އިދިކޮޅު ކޯލިޝަނުން މި ވާހަކަ ތަކުރާރުކޮށް ދައްކަމުންދަނީ ރައްޔިތުންނަށް ޚިދުމަތް ކޮށްދޭ ހިތުން ކަމުގައި ސަޢީދު ވިދާޅުވިއެވް.
"ދިވެހިރާއްޖޭގައި އިދިކޮޅުގައި މިއޮތީ މިޕާޓީ އެކަނި. މިޕާޓީގެ ރައީސް އެއޮތީ ޖަލުގަ. އަޅުގަނޑުމެން އެދެފިން އެމަނިކުފާން ވަގުތުން ވަގުތަށް ދޫކޮށްލައިދޭށޭ. ރައީސް ޔާމީންގެ ވިސްނުންފުޅު ސަރުކާރުން ހޯއްދަވާށޭ. ވަރަށް އިޚްލާސްތެރިކަމާއެކު މި ދަންނަވަނީ." ސަޢީދު ވިދާޅުވިއެވެ.
މިވަގުތު އެންމެ މުހިއްމީ ރައްޔިތުން ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމަށް މަސައްކަތްކުރުން ކަމަށް ކުރީގެ އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.
ރާއްޖޭގެ ރައްޔިތުން އެމްޑީޕީއަށް ވަރަށް ބޮޑު އަޣުލަބިއްޔަތެއް ދީފައިވާ ކަމަށާއި، ދައުލަތުގެ ފުރިހަމަ ކޮންޓްރޯލް އޮތީ އެމްޑީޕީގެ އަތުގައި ކަމަށް ސަޢީދު ވިދާޅުވިއެވެ. އެހެން ކަމުން އެމްޑީޕީ ކުރަންބޭނުން ވެއްޖެ ކޮންމެ ކަމެއް ކުރެވޭނެ ކަމަށް ސަޢީދު ވިދާޅުވިއެވެ.
ސަޢީދު ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ހަތަރެސްފައި އޮތީ ބަނދެވިފައި ކަމަށެވެ. ރައީސް ޔާމީން ދޫކޮށްލުމަށް ރައީސް ޞާލިޙްގެ އަރިހުން އެދެފައިވާ ކަމަށާއި، އެހެންކަމުން އެމަނިކުފާން ދޫކޮށްލުމަށް ސަރުކާރަށް އަދިވެސް ދަންނަވާކަން ސަޢީދު ތަކުރާރު ކުރެއްވިއެވެ. ރައީސް ޔާމީން ދޫކޮށްލައިފިނަމަ އޭގެ ފައިދާ ރައީސް ޞާލިހަށް ކުރާނެ ކަމަށް ސަޢީދު ވަނީ ވިދާޅުވެފައެވެ.
ޗެނަލް 13 ގައި ވާހަކަ ދައްކަވަމުން ސަޢީދުގެ ވާހަކާގައި އިދިކޮޅު ކޯލިޝަނުން ބޭނުންވަނީ މިވަގުތު ސިޔާސީ މަސައްކަތްތައް އެއްފަރާތްކުރުމަށްފަހު، އެ ޕާޓީގެ ވިސްނުން ސަރުކާރާ ހިއްސާކޮށް، ގުޅިގެން މަސައްކަތް ކުރުމަށް ކަމުގައި ވިދާޅުވެ އެވާހަކަތައް ތަކުރާރުކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު