[ކުރެވުނު ކުށް ހަނދާންނެތުނީތަ؟ ފުރަތަމަ، އިންސާނެއްގެ ސިފައިގައި އައިސް އަހަންނަށް އޮޅުވާލުން. ދެވަނަ ކުށަކީ ދެވަނަފަހަރަށް އައިސް އަހަރެންގެ ޒަވާޖަށް ވިހަލާން މަސައްކަތް ކުރުން.] ރިޝްފާން ހުރީ ރުޅިއައިސް ރަތްވެފައެވެ.
[ތިހެން ނުބުނޭ ރިޝްފާން....އަހަރެން ރިޝްފާންދެކެ ހާދަ ލޯބިވެޔޭ.] ފުރަތަމަފަހަރަށް ޝަބްނަމް ރިޝްފާންގެ ކުރިމަތީ އަޑުވީއްލާ ރޯންފެށިއެވެ. ވެދާނެއެވެ. ޙަޤީޤަތުގައިވެސް މިހާރު ޝަބްނަމަށް އަސަރުކުރީއެވެ. އެހެން ނޫންނަމަ، އާދައިގެ ދެރަ އިންސާނެއްގެ ކުރިމަތީގައި ހަންޑިޔަކު އެވަރަކަށް ނުރޯނެއެވެ.
[ތިގޮތަށް ކިތަންމެ ގިނައިން ރުޔަކަސް، އަހަރެންގެ ހަމްދަރުދީއެއް ނުލިބޭނެ.] ޝަބްނަމް ރޯންފެށުމުން، އިސްއޮބާލަމުން ރިޝްފާން ބުންޏެވެ. ޙަޤީޤަތުގައި އޭނާ އެހެން އެބުނީ ދެރަނުވާތީކީ ނޫނެވެ. ޝަބްނަމް ރޯން ފެށީމާ، ޙަޤީޤަތުގައިވެސް ރިޝްފާނަށް ވަނީ ނިކަން އަސަރުކޮށްފައެވެ. އޭނާ ޝަބްނަމާ ވަކިވާން މަސައްކަތް ކުރަނީ، ކޮންމެހެން ޝަބްނަމްދެކެ ލޯބިނުވާތީއެއް ނޫނެވެ. އޭނާގެ ހިތުން ފުރަތަމަ މަޤާމެއް ކަށަވަރުކުރީ ޝަބްނަމެވެ. ވީއިރު އެ ލޯބީގެ ހަނދާންތަކާ ފޭއަށް ދިޔުމަކީ ފަސޭހަ ކަމަކަށްވާނޭ ހެއްޔެވެ؟ ނުވާނެއެވެ. ބޭރުފުށަށް ރުޅިވެރިގޮތް ދެއްކިޔަސް، ރިޝްފާންގެ ހިތް އަދިވެސް ޝަބްނަމަށް އެދޭނެއެވެ. އެ ބީހުންތަކާއި އިޙްސާސްތަކަށް އެދެވޭނެއެވެ.
[ރިޝްފާނަކީ ތިހާ ރަޙުމްކުޑަ މީހެއް ނޫން...] ޝަބްނަމް ރޮމުން ގިސްލަމުން ރިޝްފާންގެ އަތުގައި ހިފެހެއްޓިއެވެ.
[ވަރަށް ރަޙުމްކުޑަވާނެ...މާޔާމެން ހީވެސް ނުކުރާނެ އޭނަޔަކީ އެކަހަލަ މީހެކޭ.....] ވާހިޔާ ވާހަކަ ދެއްކީ މާޔާއާއެވެ. އެދެރަޙްމަތްތެރިން ވާހަކަ ދައްކަން ތިބީ މާޔާމެންގެ ކޮޓަރީގައެވެ.
[އޭނަ އަހަންނާ ދޭތެރޭ ކިތަންމެ އިހާނެތިކޮށް ކަންތައް ކުރިޔަސް....އަހަރެން އޭނަދެކެ ވަރަށް ލޯބިވޭ.....] މާޒީގެ ހަނދާންތައް އާވުމާއެކު، ވާހިޔާގެ ލޮލުން ކަރުނައިގެ ތެތްކަން ފާޅުވިއެވެ.
[އަހަރެން ހީވެސް ނުކުރަން، ޒައިދަކީ އެހާ ދޮގުހަދާ މީހެއް ކަމަކަށް. އެކަމަކު އަހަރެން ހަމަ އަންތަރީސް ވެއްޖައިން...] މާޔާ ބޯހޫރާލިއެވެ.
ވާހިޔާގެ ވާހަކަތައް ޤަބޫލުކުރަން ކިތަންމެ ދަތިވިނަމަވެސް، އޭނާ ވާހިޔާއަށް އިތުބާރު ކުރެއެވެ.
ވާހިޔާ ބުނިގޮތުން، އޭނަޔާ ޒައިދު އެންމެ ފުރަތަމަ ބައްދަލުވީ، އޭގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން މާލޭގެ މަޝްހޫރު ފިހާރައެއްގެ ތެރެއިންނެވެ. ފުރަތަމަ ފެނިލުމާއެކު، އޭނާގެ ލޯތްބަށް އެދި ފަހަތުން ދުވަން ފެށީވެސް ޚުދު ޒައިދެވެ.
ޒައިދު ދިއްކުރި ލޯބީގެ އަތުގައި ވާހިޔާ ހިފީ ޒައިދުވީ ތެދުވެރި ލޯބި ކަމަށް ހީކޮށްފައި ކަމަށް ވެއެވެ. އެންމެ ފެނިލުމެއް، ދެބައްދަލުވުމަކުން މީހާގެ ޙައިޘިއްޔަތު އެނގޭނީވެސް ކިހިނެއް ހެއްޔެވެ؟
ޒައިދާއި ވާހިޔާއާ ދެމެދު އުފެދުނު ލޯބީގެ ގުޅުމަށްވީ ދާދި މަދު ދުވަސްކޮޅެކެވެ. އެއީ އެންމެ ދޮޅުމަސް ދުވަހުގެ ގުޅުމެކެވެ.
ޒައިދު ވާހިޔާއަށް މަކަރު ހެދީ އެތައް ވަޢުދުތަކަކާއި ޢަހުދުތަކެއް ވުމަށްފަހުގައެވެ. ވާހިޔާގެ ލޯބީގައި އަބަދު ދާއިމަށް ދެމިހުރުމަށާއި، ވަރަށް އަވަހަށް ކައިވެނި ކުރުމަށް ބޭނުންވާ ކަމަށް ބުނެ، ވާހިޔާގެ ލޮލުގައި އަނދުން އަޅުވައި ހެދިއެވެ. ވާހިޔާގެ ފުށުން އުފަލާއި ހިތްހަމަޖެހުން ލިބިގަތުމުގެ ބޭނުމުގައެވެ.
އޭނާ ވާހިޔާއަށް ގެއްލުނީ ކުއްލިއަކަށެވެ. ވާހިޔާ ވިސްނީ، މަޤްޞަދު ޙާޞިލްކޮށްފައި އޭނާ ފިލީ ކަމަށެވެ. ވީވެސް އެހެންތާއެވެ. މިހާރު ވާހިޔާއަށް އެކަން މުޅިން ކަށަވަރު ވެއްޖެއެވެ. މާބުރުގެ އުޞޫލުން ފޮނިކޮޅު ބޯލުމަށްފަހު، ޒައިދު ފިލީއެވެ.
[އަހަރެން ޒައިދުގެ ކިބައިން ބަދަލުހިފާނަން. އަހަރެންގެ ޒުވާންކަން ނަގާލާފައި އައިސް އެގޮތަށް އުފަލުގައި އުޅުނަކަ ނުދޭނަން....ބައެއް ފިރިހެނުން ހީކުރާނެ، ނިކަމެތި އަންހެނަކަށް އެއްވެސް ކަމެއް ނުކުރެވޭނޭ.] ވާހިޔާ އޭނާގެ ލޮލުގައިވާ ކަރުނަތައް، އަތުގެ ނުފުށުން ފޮހެލިއެވެ.
[ވާހިޔާ ތިވާހަކަ ކިޔައިދިނީމާ، އަހަރެންވެސް ޒައިދު މަތިން ވަރަށް ފޫހިވެއްޖެ.] އެއީ ތެދެކެވެ. ޒައިދުވީމައެއް ނޫނެވެ. މާބުރުގެ އުޞޫލު ގެންގުޅޭ ކޮންމެ މީހަކުދެކެވެސް މާޔާ ފޫހިވެއެވެ. ފިރިމީހާގެ ޙަޤީޤަތް އެނގޭހިނދު، އޭނާ ދެކެ ފޫހިވުމަކީވެސް ނިކަން ކައިރީގައިވާ ކަމެކެވެ.
[އަހަރެންގެ ހިތަށްއަރާ، މަލީޙާއަށް ތިކަން އެނގިއްޖެއްޔާ، ކިހިނެއްބާއޭ ވާނީ....ޔަޤީން، މަލީޙާ ވަރިވާނެ. އަހަރެން ނަމަވެސް ވަރިވާނަން....] މާޔާ ދެއަތަކަށް ބޯހޫރާލިއެވެ. ޒައިދު އެގެޔަށް އައިސްވަނީ އެވަގުތެވެ. ޒައިދު ކޮޓަރިޔަށް ވަންގޮތަށް ވަދެ، ރިޝްފާނާއި މާޔާގެ ދަރިފުޅުގެ ކޮލުގައި ކޮއްޓާލުމަށްފަހު، ރިޝްފާން ކޮބައިހޭ އެއްޔެވެ.
އޭރު ވާހިޔާގެ ހުރިހާ ނަޒަރެއްވެސް ސީދާވެފައިވަނީ ޒައިދަށެވެ. އެހިނދު އޭނާގެ ހިތަށް އަރަމުންދާ ކަހަލައެވެ. ކިހާ މަކަރުވެރި ހެއްޔެވެ؟ އޭ ކެހިވެރި އިންސާނާއެވެ. ކަލޭ ހަމަ އަހަރެން ނުވެސް ދަންނަނީ ހެއްޔެވެ؟
[ރިޝްފާން ގާތު ބުނާތި، އަހަރެން އެބަ ހޯދައޭ.] ޒައިދު ހިނގައިގަތެވެ.
[މާއަވަހަށް ތިދަނީ އަހަރެން މިތާ ހުރީމަދޯ؟] ޒައިދު ހުއްޓުވީ، ނިކަން ހުޝިޔާރުކަމާއެކު ވާހިޔާއެވެ. ވާހިޔާގެ އެ ޖުމްލައިން ބޮޑު ސިހުމެއް ޒައިދަށް ލިބުނެވެ. ނުވެސް ދަންނަ މީހަކު އެހާ ގާތް ގޮތަކަށް ވާހަކަ ދެއްކީތީއެވެ.
[ކީއްވެ ތިހެން ތިބުނީ!؟] ހުއްޓިހުރެ ޙައިރާންކަމާއެކު ޒައިދު އެއްސެވެ.
[ޒައިދަކަށް ނޭނގޭނެ. ކެޔޮގަނޑު ކަނޑާލީމާ ގަހުގެ ބޭނުން ނެތޭ ފަދައިން، ފޮނި ބޮވުނީމާ، މަލުގެ ބޭނުންވެސް ދިޔައީތާ....ހިތަށްއަރާ، ފަށައިގެން ތިއުޅޭ ދިރިއުޅުން ކިހާވަރަކުންދާނެބާއޭ!؟] ވާހިޔާ ރުޅިވެރި ރާގުގައި މިހެން ބުނެލުމަށްފަހު، އިސްއޮބާލިއެވެ. ދެބުމަ ގޮށްޖަހައިގެން ހުރި ޒައިދަށް ބުނާނެ އެއްޗެއް ނޭނގުނީ ކަހަލައެވެ.
ކުރިން ނުވެސް ދަންނަ މީހަކު ދެއްކި ވާހަކަތަކަކުން އޭނާ މާބޮޑަށްވެސް ޙައިރާން ވެއްޖެއެވެ.
[ތީނަ ތިކިޔާ އެއްޗެއް އަހަންނަކަށް ނުވިސްނޭ.] އެ ޙައިރާންކަންމަތީ ހުރެ ޒައިދު ބުންޏެވެ. ޙަޤީޤަތުގައިވެސް ޒައިދަށް ނުވިސްނެނީކަންނޭނގެއެވެ. އޭނަޔަށް ލިބިފައިވަނީ އެހާވެސް ބޮޑު ޝޮކެކެވެ.
[ތީނައޭ....ނަންވެސް އޮޅުނީ....ކީއްވެތަ، ކުރިން ކިޔާގޮތަށް ލޯބީ ނުކީ....ނުވަތަ ލޯބިވާ ވާހީނުކީ ކީއްވެ؟ އަހަރެން ހަމަ ޢަޖައިބުވެއްޖެ. ތީ ހަމަ ފައްކާ މާބުރެއް....] ވާހިޔާއަކީ ކަންކަމުގައި ކުރިމަތިލާން ކެރޭ ހުޝިޔާރު އަންހެނެކެވެ.
[ކޮން ވާހަކަތަކެއްތަ ތިދައްކަނީ. ކޮން ދުވަހަކުތަ އަހަރެން ތީނައަށް ލޯބިވާ ވާހީއޭކީ....ތީނަޔަށް ތިއުޅެނީ އޮޅިގެން. ތީ ކުރިން އަހަރެން ދަންނަ މީހެއްވެސް ނޫން...] އައި ރުޅީގައި ޒައިދު ނުކުތެވެ.
މާޔާއާ ދޭތެރޭވެސް ހިތްހަމަނުޖެހިފައެވެ. އޭނަ ޤަބޫލުކުރާ ގޮތުގައި، މާޔާގެ ރައްޓެއްސަކު ލައްވާ އެމޭރުމުން ވާހަކަ ދައްކުވާކަށް ނުޖެހޭނެއެވެ. ޢަމުދުން މާޔާ ހުރެގެންނެވެ.
[އެހާ އަވަހަށް ރުޅިއައީމަވެސް މިހާރު ޤަބޫލު ކުރެވިއްޖެއެއްނު.] ޒައިދު ނިކުމެގެން ދިޔައީމާ ވާހިޔާ ބުނެލިއެވެ.
[އަޅެ މިހާރު ޒައިދު ހުންނާނީ އަހަންނާ ދޭތެރޭވެސް ހިތްހަމަނުޖެހިފައި. ކީއްކުރަން، އަހަރެން ހުއްޓާ އެގޮތަށް ވާހަކަ ދެއްކީ....] މާޔާ ޖެހިލުންވީ އެކަމާ އޭނާގެ ފިރިމީހާ ހިތްހަމަނުޖެހިދާނެތީއެވެ.
[އެހެން ކަންތައް ކުރީ، މާޔާގެ ކުރިމަތީގައި އެއްބަސްކުރުވަން.]
[ކާކުތަ އެއްބަސްވާނީ. އަހަންނަށް ފެންނަނީ ވާހިޔާ ދެން އެކަންތަކާ އަޅާނުލަން. ރަނގަޅަށް އުޅޭ ދެމަފިރިއެއްގެ ދޭތެރެޔަކަށް ވަންނާކަށްވެސް ނުވާނެ.] ކުއްލިއަކަށް މާޔާގެ ޚިޔާލު ބަދަލުވެ، އޭނާ ވާހިޔާއަށް ވިސްނައިދިނެވެ.
[ތިހެން ނުބުނޭ މާޔާ....އެއީ އަހަރެންގެ ޒުވާންކަން ނަގާލި މީހާއޭ....ލޯބީގެ ދަޅަ ދައްކައިގެން ކައިވެނި ކުރާނޭ ކަމަށް ބުނެ....] ވާހިޔާއަށް ރޮވުނެވެ.
[ވާހިޔާ ހިތްވަރުކުރޭ.....] މާޔާ ވާހިޔާއަށް ހިތްވަރުދިނެވެ. އޭގެފަހުން މާގިނައިރެއް ވަންދެނެއް ވާހިޔާ އެގެޔަކު މަޑެއްނުކުރިއެވެ. އޭނާ ރަށަށް ދިޔައީ، ފަހުން ޤަބޫލު ކުރެވޭނޭފަދަ ހެކިތަކަކާއެކު އަންނާނޭ ކަމަށް ބުނެފައެވެ.
އެވަގުތެވެ. މާޔާ އެކަނި ވަންދެން ދޮރުމަތީގައި ހުއްޓި ހުރި ޝަބްނަމް އެތެރެޔަށް ވަދެއްޖެއެވެ. އޭނާ ހުރީ ނިކަން ރުޅިއައިސްފައެވެ. އޭނާ ވަންގޮތަށް ހުއްޓުނީ ސީދާ މާޔާގެ ކުރިމައްޗަށެވެ. އޭނާ މާޔާއާ ދާދި ގާތަށް ހުއްޓުނުއިރުވެސް މާޔާއަކަށް އޭނާއެއް ނުފެންނާނެއެވެ.
ޝަބްނަމް ގެއްލުނީ ސީދާ މާޔާގެ ހަށިގަނޑު ތެރެޔަށެވެ. ހީވީ ފެންގަނޑެއްގެ ތެރެޔަށް ފީނައިގަތްހެންނެވެ.
އެޔާއެކު މާޔާގެ ހުރިހާ ޙަރަކާތެއްހެންވެސް ބަދަލުވާން ފެށިއެވެ. އޭގެ މާގިނައިރުތަކެއްނުވެ ކުޑަކުޑަ ރިޝްފާ އައިސް ކޮޓަރިއަށް ވަދެއްޖެއެވެ.
އެމަންޖެ ފެނުނީމަވެސް މާޔާ ކުރިޔާ މުޅިން ޚިލާފެވެ.
[ދަރިފުޅާ އާދޭ މަންމަގެ ގާތަށް....] ޝަބްނަމް މާޔާގެ ހަށިގަނޑުތެރޭ ހުރެ ވާހަކަ ދެއްކިއެވެ. މާޔާގެ ދުލުންނެވެ. ރިޝްފާ އައިގޮތަށް އައިސް މާޔާގެ ގައިގައި އޮޅުލައިގަތެވެ. ރިޝްފާން ކޮޓަރިއަށް އައިސް ވަނީ އެވަގުތެވެ.
ފެނުނު މަންޒަރުން ވަގުތުން އޭނާ ހުއްޓުނުވެސްމެއެވެ.
[ރިޝްފާން...އާދޭ...ކީއްވެތަ މިހާރަކަށް އައިސް މާ މޫޑު އޮފްވެފައި ހުންނަނީ....އަނެއްކާ އެހެން ކަމަކާ ދޭތެރޭ ވިސްނަނީތަ؟] މާޔާގެ ފަހު ޖުމްލައިން ރިޝްފާނަށް ބޮޑު ސިހުމެއް ލިބުނެވެ.
[ނު...ނުވިސްނަން...މާޔާ ނޫން ކާކާ ދޭތެރޭތަ އަހަރެން ވިސްނާނީ.] ރިޝްފާން އައިގޮތަށް އައިސް މާޔާއާ ދާދި ގާތުގައި އިށީނެވެ. އޭރުވެސް މާޔާގެ އުނގުގައި ރިޝްފާ އިނެވެ.
[ވިސްނަން ކުރީގެ ލޯބިވެރިޔަކުވެސް ހުރެދާނެއެއްނު. ކިހިނެއް ފިރިހެނުންގެ ގޮތް އެނގޭނީ....ބަލާބަލަ، އެ ޒައިދުވެސް ކޮށްގެން އުޅޭ ކަމެއް...] މާޔާގެ އަޑުން މިފަހަރުވެސް ވާހަކަ ދެއްކީ ސީދާ ޝަބްނަމެވެ. ނަމަވެސް، ރިޝްފާނަކަށް މޭރުމެއް ނުވެއެވެ. ނަމަވެސް، މާޔާގެ ވާހަކަތަކުން އޭނާޔަށް ކޮންމެވެސް ވަރަކަށް ހާސްކަމާއި ނުތަނަވަސްކަން ލިބެމުންދެއެވެ.
[އަހަންނަކީ ކައިވެނީގެ ކުރިން މާގިނަ މީހުނާ ރައްޓެހިވެފައިވާ މީހެއް ނޫނޭ. ތީ އަހަރެންގެ ފުރަތަމަ....] ރިޝްފާން ޖުމްލަ ފުރިހަމަނުކޮށް ހުއްޓާލީ، ދޮގުހަދަން ޖެހޭތީއެވެ. އެ ޖުމްލަ ފުރިހަމަކުރީ މާޔާއެވެ.
[ފުރަތަމަ އަނބިމީހާދޯ؟ އެހެން ވެއްޖެއްޔާ، ފުރަތަމަ ލޯބިވެރިޔަކުވެސް ހުންނާނެއެއްނު. އެމީހަކު ކޮބައިތަ މިހާރު....] މާޔާ ހީލިއެވެ. އެވަގުތު އޭނާގެ އުނގުގައި އިން ރިޝްފާ އުނގުން ފައިބައިގެން ހިނގައިގެންފިއެވެ.
[ދަރިފުޅާ، ބޭރަށް ނުނިކުމެ ގޭތެރޭގައި ހުންނައްޗޭ....] ރިޝްފާ ހިނގައިގަތީމާ މާޔާ ބުންޏެވެ.
[މާޔާ އަހަރެންވެސް މާޔާގެ މާޒީއާ ބެހޭގޮތުން އެއްވެސް ސުވާލެއް ނުކުރަމެއްނު...ވީއިރު މާޔާވެސް އަހަރެންގެ މާޒީ ކޮނުމުގެ އެއްވެސް މާނައެއް ނެތް...] ކުއްލިއަކަށް މާޔާ ދައްކަން ފެށި ވާހަކަތަކަކުން ހިސާބަކަށް ހިތްހަމަނުޖެހިފައި ރިޝްފާން ބުންޏެވެ.
[ރިޝްފާން ތިހާ އަވަހަށް ރުޅިއައުމުން، އަހަންނަށް ވަރަށްބޮޑު އެއްޗެއް ދޭހަވެއްޖެ. ރިޝްފާން ކޮންމެވެސް ކަމެއް އަހަންނަށް އެބަ ސިއްރުކުރޭ...] މާޔާ ވާހަކަ ދައްކަނީ ރިޝްފާންގެ ހުރިހާ ޙަޤީޤަތެއް އެނގިހުރެއެވެ.
[މާޔާ ތިއުޅެނީ ކާކު ކީކޭ ކިޔައިގެންތަ؟ އަހަރެން މާޔާއަށް އެއްވެސް ކަމެއް ސިއްރެއް ނުކުރަން.] ރިޝްފާން ހަމަޖެހޭގޮތް ދެއްކޭތޯ މަސައްކަތް ކުރަމުން ބުންޏެވެ.
[އާނ...ރިޝްފާން އެއްވެސް ކަމެއް ސިއްރެއް ނުކުރޭ. ބުނެބަލަ....ރިޝްފާގެ މަންމަޔަކީ ކާކު؟] ރިޝްފާނަށް ތެޅިގަނެވުނެވެ. ހީވީ މާޔާ އޭނާގެ ބޮލަށް ހޫނު ފެންއެއްޗެއް އަޅާލީހެންނެވެ.
[ރިޝްފާގެ މަންމައޭ! ކިހިނެއްތަ އަހަންނަށް އެނގެނީ....] ރިޝްފާން ނިކަން ހާސްވެއްޖެއެވެ. އެހިނދު އޭނާގެ ހިތަށްއެރިއެވެ. ޔަޤީނެވެ. މާޔާއަށް ހުރިހާ ވާހަކައެއް ޝަބްނަމް ކިޔައިދިނީތާއެވެ.
[ރިޝްފާގެ މަންމައެއް ނޭނގޭ! ތެދު ހަމަ ތި ހަދަނީ؟] މިފަހަރު މާޔާ މަލާމާތުގެ ޒާތަކަށް ހީގަތެވެ. ރިޝްފާން ހުރީ ހާސްވެގެން ގޮސް ދާހިއްލާފޯވެފައެވެ.
[ކީއްކުރަން ދޮގު ހަދަންވީ.....؟ ދެން ތިވާހަކަ ހުއްޓާލަބަލަ....ބުނެފީމެއް ނޫންތަ، އަހަންނަކަށް ނޭނގެއޭ....] ރިޝްފާންގެ އަޑުގަދަވިއެވެ.
[ކީއްކުރަންތަ، މިވާހަކަ ހުއްޓުވަން ތިއުޅެނީ...އެންމެ ރަނގަޅު ބުނެބަލަ...ޝަބްނަމަކީ ކާކު؟] މާޔާގެ މިފަހަރުގެ ޖުމްލައިން ރިޝްފާނަށް ލިބުނީ ކުރިއަށްވުރެންވެސް ބޮޑު ސިހުމެކެވެ.
[ޝަބްނަމަކީ ފަތިހަށް ފައިބާ ފިނި....] ރިޝްފާން މަސައްކަތްކުރީ މާޔާއަށް އޮޅުވާލެވޭތޯއެވެ. މާޔާ ނިކަން ބާރަށް ހީގަތެވެ. އެއަށްފަހު، މާޔާވެސް އެ މަޥްޟޫޢު ހުއްޓާލިއެވެ. އެހާ ހިސާބުން ރިޝްފާނަށް ހިސާބަކަށް ހަމަޖެހުން ލިބުނެވެ. ހީވެއެވެ. މާޔާގެ ހަށިގަނޑަށް ބާރު ފޯރުވަމުންދިޔަ ޝަބްނަމް ދިޔައީއެވެ.
މާޔާގެ ރާގު ކުއްލިއަކަށް ބަދަލުވީ އެހެންވެގެނެވެ. ދެން މާޔާ ކިޔާދިނީ އޭގެ ކުޑަ ވަގުތުކޮޅެއް ކުރިން ވާހިޔާއާއި ޒައިދާ ދެމެދު ހިނގި އަރާރުންގަނޑުގެ ވާހަކައެވެ.
ރިޝްފާން ހުރީ ޤަބޫލުކުރަން ދަތިވާ ޙާލު ޙައިރާންވެ އަންތަރީސްވެފައެވެ.
[ޒައިދު މިއިން ދުވަހަކުވެސް މާލެދިޔަ ހަނދާނެއްނުވޭ....އަނެއްކާ ޒައިދާ ވައްތަރުގެ އެހެން މީހަކު އުޅެނީކީ ނޫންބާ!؟] އެވާހަކަ ޤަބޫލުކުރާނޭ ގޮތެއް ރިޝްފާނަކަށް ނުވިސްނުނެވެ.
[އަހަރެންގެ ހިތުގައިވެސް ތި ސުވާލު އެބަ އުފެދޭ. އެކަމަކު ވާހިޔާ އެބުނަނީނު.] މާޔާ ބުންޏެވެ.
އެދުވަހު ރިޝްފާން ޒައިދާ ގުޅައިގެން އެގެޔަށް ގެނެސް، އެވާހަކަ ދެއްކިއެވެ. ޒައިދު ހުރީ އެކަމާ ވަރަށް ނުރުހިފައެވެ.
[އަހަރެންވެސް މިހުންނަނީ ޢަޖައިބުވެފައި. ނުވެސް ދަންނަ މީހަކު އެގޮތަށް އަހަންނާ ދިމާކުރީތީ....އަނެއްކާ ހަމަޖެހޭ އަންހެނެއްތަ އެއީ؟] ޒައިދު ބުންޏެވެ.
ޤަބޫލުކުރަންވީ ކާކުގެ ވާހަކައެއްކަން ނޭނގިފައި މާޔާ ހުރީއެވެ.
[ހިތަށްއަރާ...ކޮންކަމެއް ބޭނުންވެގެން އުޅޭ މީހެއްބާއޭ.....] ޒައިދު އަނެއްކާވެސް ބުންޏެވެ. ޙަގީޤަތުގައި ޒައިދު ހުރީ ވާހިޔާއާމެދު ވަރަށް ބޮޑަށް ނުރުހިފައެވެ.
[ހަމަގައިމުވެސް އަހަރެން ޒައިދަށް އިތުބާރު ކުރަންް އަހަރެން އިތުބާރު ކުރިޔަސް، މާޔާއަށް އަޑުއެހޭނީ މާޔާގެ ރަޙްމަތްތެރިޔާގެ އަޑެއްނު.] ރިޝްފާން ޤަބޫލުކުރީ ޒައިދުގެ ވާހަކައެވެ. މާޔާހުރީ ދެ ފިކުރެއްގައެވެ.
ޙަޤީޤަތުގައިވެސް ރިޝްފާން ބުނީ ރަނގަޅަށެވެ. މާޔާއަށް އިތުބާރު ކުރެވެނީ ވާހިޔާއަށެވެ. ވާހިޔާއަކީ މަދްރަސީ ދައުރުއްސުރެން އޭނަޔާ ވަރަށް ގާތް ގުޅުމެއް އޮންނަ އަންހެނެކެވެ.
[ތި އަންހެނެއްގެ ސަބަބުން، މަލީޙާވެސް އަހަންނާ ދޭތެރޭ ޝައްކު ކުރަން ފަށައިފި.....] ޒައިދު ބޯހޫރާލިއެވެ. ޙަޤީޤަތުގައިވެސް އޭނާ ވަރަށް ބޮޑަށް ބޯ ހާސްވެއްޖެއެވެ.
[ޒައިދު ތިކަމާ ހާސްނުވޭ....އަހަރެން ތިކަން ހިނގައިގެން އުޅޭ ގޮތް ވާހިޔާގެ ކިބައިން އޮޅުންފިލުވާނަން. ރަނގަޅަށް އުޅެމުން އަންނަ ދެމަފިރިއެއްގެ ދޭތެރެޔަށް އެއްވެސް ސަބަބެއްނެތި ވަދެގެން ނުވާނެއެއްނު....] ރިޝްފާން ބުންޏެވެ. ޒައިދު ގެޔަށް ދިޔައީ ވާހިޔާއާ ވާހަކަ ދައްކައިގެން، ކަންތައް ވެގެން އުޅޭގޮތް ރަނގަޅަށް އޮޅުންފިލުވުމަށް ބުނެފައެވެ.
ޒައިދު ކިތަންމެ ދެކޮޅުހެދިޔަސް، ވާހިޔާގެ ސިކުނޑީގައި ވަނީ ބަދަލު ހިފުމުގެ ރޫޙު އަށަގެންފައެވެ. އޭނާ ކޮންމެފަދަ ފައްތަރެއް ގިރާކުރަން ޖެހުނަސް، ޒައިދުގެ ކިބައިން ބަދަލުހިފާނެއެވެ. އޭގެކުރިން އޭނާ ހަދަނީ ތެދުކަން އެންމެނަށް އޭނާ ސާބިތުވެސް ކޮށްދޭނެއެވެ.
ދަންވަރުގެ ވަގުތެވެ. މުޅި ކާއިނާތްވެސް ވަނީ ނިދި ސާލު ލައިގެނެވެ. މަގުތައްވެސް ވަނީ ހިމޭންވެ ފަޅުކަން ވެރިވެފައެވެ. ދުއްވާ އެއްޗެއްގެ އަލި ނުފެންނަތާ ގެޔަކުން ވޮށު އައްޔެއްވެސް ފެންނާކަށް ނެތެވެ.
މަގުމަތީގެ ހޮޅިދަނޑިތައް ދިއްލާފައި ހުރި ނަމަވެސް، ހޮޅިދަނޑިތައް ހަރުކޮށްފައިވާ ދުރުމިނުގެ ސަބަބުންނާއި، ގޭގެ ގޯތިތެރޭން މަގުމަތިވެފައިވާ ގަސްތަކުގެ ސަބަބުން އެ އަލިވެސް ވަނީ ގަސްތަކާއެކު ފޮރުވިފައެވެ. ވުމާއެކު، މިފަދަ ވަގުތުތަކުގައި ރަށުތެރެ މާ ނާމާން ނޫނަސް، އަމާނެކޭ ނުބުނެވޭނެއެވެ.
އެވަގުތެވެ. އެއްވެސް ބިރުވެރި އަސަރެއްނެތި، ގޭގެ ދޮރު ހުޅުވާފައި ބޭރަށް އެ ނުކުތީ މާޔާ ނޫން ދެވަނަ މީހެއް ނޫނެވެ. އޭނާ މަޑުމަޑުން ހިނގާފައި އެދަނީ އަތިރިޔާ ދިމާއަށެވެ. ދޭތެރެ ދޭތެރޭން އޭނާ ފަސްއެނބުރި ބަލައިވެސްލައެވެ. އަނެއްކާ މާ ދަންވަރެއްގައި އޭނާ އެކަނިމާއެކަނި އެދަނީ ކޮންތާކަށްބާއެވެ؟
މަޑުމަޑުން ހިނގަމުން ގޮސް އޭނާވަނީ ގޮނޑުދޮށުގައިވާ މަގޫ ގަސްތަކުގެ ތެރެޔަށެވެ. ގަސްތަކުގެ ތެރެޔަށް ވަދެވީ ހިނދުކޮޅެކެވެ. އިވުނީ އާދަޔާ ޚިލާފު އަޑެކެވެ. މީހެއްގެ ރުއިމުގެ އަޑުހެންވެސް ހީވިއެވެ.
އެ އަޑަށްފަހު، މާގިނައިރެއް ނުވެއެވެ. ގަސްތަކުގެ އޮފިތައް ފޭއަށް ޖައްސަމުން އެ ނުކުތީ މާޔާއެވެ. މިފަހަރު އޭނާގެ އަތުގައި ރަތް ފިނިފެންމަލެއް އޮތެވެ. މަލަށް ބަލަމުން އޭނާ ގެޔާ ދިމާއަށް ހިނގައިގަތީ އުފާވެރި ހިނިތުންވުމަކާ އެކުގައެވެ. ހީވީ މާކުރިއްސުރެން ކުރަމުން އައި މަސައްކަތަކަށް ކާމިޔާބު ލިބުނީހެންނެވެ.
ހެނދުނު މާޔާ ރިޝްފާނަށް މަރްޙަބާކީ އެ ހިތްގައިމު ރަތް ފިނިފެންމަލާ އެކުގައެވެ.
[ހެޕީ ބާރތުޑޭ.] ރިޝްފާން އެނދުން ތެދުވުމާއެކު، ރިޝްފާނާ ދިމާޔަށް އެ މާ ދިއްކުރަމުން، އުފަންދުވަހުގެ ހެޔޮއެދުންތައް މާޔާ ކިޔެވެ.
[އަހަރެން ހީކުރީ މާޔާ ހަނދާންވެސް ނުހުންނާނެ ކަމަށް.] އުފާވެރި ހިނިތުންވުމަކާއެކު، ނޭފަތުކުރީގައި މާ ޖައްސާލަމުން ރިޝްފާން ބުންޏެވެ.
[ރިޝްފާން ވާނެ، ޢުމުރު ދުވަހަށްވެސް ތިޔަ މާ ގެންގުޅެން. ތީ އުފަން ދުވަހުގެ ހަދިޔާގެ ގޮތުގައި އަހަރެން ދިން ލޯބީގެ ނިޝާނެއް.] އެހެން ދުވަސްތަކާ ތަފާތު ހިނިތުންވުމަކާއެކު މާޔާ ބުންޏެވެ.
[ކިހިނެއްތަ ޢުމުރު ދުވަހު ގެންގުޅެވޭނީ. ދުވަސްކޮޅަކުން މި މާ މިލާ މޯޅިވެދާނެ.] ރިޝްފާން ލޯބިވެތި ނަޒަރުން މަލަށް ބަލަން ހުރެފައި، އަނެއްކާވެސް ނޭފަތުކުރީގައި މާ ޖައްސާލިއެވެ. އެހިނދު އެ މަލުގައި ދުވި ހިތްގައިމު ވަހުން އާދަޔާ ޚިލާފް އިޙްސާސްތަކެއް ކުރެވުނެވެ.
ގިނަދުވަހު ހިފެހެއްޓޭ ގޮތަށް އަހަރެން ތި މާ ހަދައިދޭނަން. އެކަމަކު އެއްވެސް މީހަކު ތި މަލުގައި އަތްލިޔަދީގެން ނުވާނެ.] މާޔާ ބުނެލިއެވެ.
[މައްސަލައެއް ނެތް. އަން އަވަހަށް ތިބުނާ ގޮތެއް ހަދާ....] ރިޝްފާން މާޔާގެ އަތަށް މާ ދީފިއެވެ. ހީލަމުން މާޔާ ކޮޓަރިން ނިކުމެއްޖެއެވެ. ރިޝްފާން ވަނީ ފާޚާނާޔަށެވެ.
ރިޝްފާން ފާޚާނާއިން ނިކުތްއިރު، ރަންގްކުލައިގެ ފުޅިއެއްގައި އެ މާ ޖަހާފައި ސައިޑް ކަބަޑްމަތީ ހުއްޓެވެ. އެ ފުޅިތެރެއިން ދޭތެރެ ދޭތެރެއިން އާދަޔާ ޚިލާފު ކުލަތަކެއްވެސް އަރަމުންދެއެވެ. ވުމާއެކު، ރިޝްފާން އެކަމާ ސުވާލު ކުރިއެވެ.
[އެ ފުޅިތެރެއިން އެ ފާޅުވަނީ ކޮން ކުލަތަކެއް. ވަރަށް ހިތްގައިމު. އަނެއްކާ މާޔާތީ ޖާދޫގަރެއްތަ؟ މާޔާއަށް ޖާދޫހަދަން އެނގެންޏާ، އަހަރެން ވަޒީފާވެސް ދޫކޮށްލާނީ.] ރިޝްފާން މަލާ ދިމާޔަށް ބަލަން ހުރެފައި ބުންޏެވެ. މާޔާއާ ދިމާކުރާފަދަ ގޮތަކަށެވެ.
[މަލާމާތްދޯ ތިކުރީ...ޖާދޫވެސް ހެދިދާނޭ....ކޮންމެ މަސައްކަތަކީވެސް ދަސްކޮށްގެން ނޫނީ ކުރެވޭނޭ މަސައްކަތެއް ނޫން...އަހަންނަށްވެސް ދަސްކުރެވިދާނެ....] މާޔާ ބުންޏެވެ.
އެވަގުތު ކުޑަ ދަރިފުޅު ރާދިން ރޮއިގެންފިއެވެ. ދުވެފައި ކަހަލަ ގޮތަކަށް ގޮސް ރާދިން އުރީ ރިޝްފާނެވެ. މާޔާ ހުރީއެވެ. ދިމާޔަށް ހުރި އެނދުގައި ނިދާފައި އޮތް ރިޝްފާއަށް ބަލަހައްޓައިގެނެވެ.
އެހިނދު ރިޝްފާވެސް ހޭލިއެވެ. ރިޝްފާ ފުރަތަމަވެސް ބަލައިލީ މާޔާއާ ދިމާއަށެވެ. އުފަލާއި ހިތްހަމަޖެހުމުގެ ނަޒަރަކުންނެވެ.
[މަންމާ...ހާދަ ރީތި މަލެއް...] ރިޝްފާގެ ކަޅި އަމާޒުވީ، އެނދުގެ ސައިޑް ކަބަޑްމަތީގައިވާ މަލަށެވެ.
[ރީއްޗަކަސް ދަރިފުޅު މީގައި އަތްނުލާތި. މީ ބައްޕަ ވަރަށް ލޯބިން ގެންގުޅޭ އެއްޗެއް.] މާޔާ ރިޝްފާ އުރާލިއެވެ.
[މާޔާ...އަހަންނަށް ހީވަނީ މިސޮރު ބަނޑުހައިވެގެން އުޅޭހެން. މިސޮރަށް ބުއްދޭން އުޅެބަލަ. ރިޝްފާ އާދޭ ބައްޕަ ގާތަށް.] ރާދިން މާޔާގެ އަތަށްދަމުން، ރިޝްފާގެ ގައިގައި ރިޝްފާން ބައްދާލިއެވެ. އެ މަންޒަރުން މާޔާއަށް ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ލިބުނެވެ. އެހިނދު ހިތަށްއެރިއެވެ. ހުރިހާ އުފަލެއްވެސް މިލްކުވަނީއެވެ.
އުފާވެރި އިޙްސާސްތަކުގެ ޚިޔާލެއްގައި ހުރެމެ، ރާދިން އުރާލައިގެން މާޔާ ނިކުތީ ބޭރަށެވެ. މާޔާ ކުއްލިއަކަށް ރިޝްފާޔަށް މާ ހެޔޮބޮޑުވުމުން، ރިޝްފާން ހިސާބަކަށް ޙައިރާންވެސްވިއެވެ.
ނަމަވެސް ހިތުގައި އުފެދުނު ސުވާލެއް އޭނާ މާޔާއަކާ ނުކުރެއެވެ.
[ރިޝްފާންގެ ހިތަށް އެބައަރާދޯ...ކުއްލިއަކަށް އަހަރެން ދަރިއެއްގެ ގޮތުގައި ރިޝްފާ ދެކެން ފެށީ ކީއްވެހެއްޔޭ...؟] ރިޝްފާންގެ ހިތުގެ އިޙްސާސްތައް މާޔާ ދެނެގަތެވެ.
[މާޔާ ހާދަ މޮޅޭ....ހީވަނީ ހިތް ހުޅުވާފައި ބެލީހެން. ބުނެބަލަ، ކީއްވެތަ ކުއްލިއަކަށް މާޔާ ތިހާ ބަދަލުވީ؟] ފުރްޞަތު ލިބުނީމާ ރިޝްފާން އެއްސެވެ.
[މައްސަލައެއް ނުޖެހި އުފަލުގައި ދިރިއުޅެން ބޭނުންވާތީއާއި، އަޅާލާނެ ބަޔަކު ނެތް މަޢުޞޫމް ކުއްޖަކަށްވާތީ....] މާޔާ ޖަވާބު ދިނެވެ.
[މާޔާއަށް ތިވަރު ވިސްނުނުކަން ހާދަ ރަނގަޅޭ. އަޞްލު އަހަރެމެންގެ ދަރިޔަކަށް ނުވިޔަސް، ރަނގަޅު ގޮތުގައި ބަލައި ބޮޑުކޮށްފިއްޔާ، އެ މަންޖެވެސް އަހަރެމެންދެކެ ނިކަން ލޯބިވާނޭ.] ހިނިތުންވެލަމުން ރިޝްފާން ބުންޏެވެ.
އެވަގުތު މެދުގޭތެރެއިން ފޯނު ރިންގްވާ އަޑު އިވުނީމާ، ރިޝްފާންގެ އިޝާރާތާއެކު މާޔާ ނިކުތެވެ.
ގުޅީ ވާހިޔާއެވެ. އޭނާ ދައްކަނީ ހަމަ އެއް ވާހަކަތަކެކެވެ. އޭނާ ފުރަތަމަވެސް އެހީ ޒައިދު ހުރިތޯއެވެ.
[މިއަދު އަހަރެން ދައްކާ ވާހަކަތަކަކީ ތެދުކަން ސާބިތުކޮށްދެވޭނެ ފެންވަރުގެ ހެކިތަކާއެކު ތިގެޔަށް ދާނަން....ހަވީރު ހަތަރެއް ޖަހަންވާއިރަށް ޒައިދުވެސް ތިގެޔަށް ގެންނާތި.] ވާހިޔާ ބުންޏެވެ.
(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު