މަޖިލީހުގެ އިދާރާއިން ކަރަންޓު ކެނޑުމާއި ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުން ލަސްކޮށްފި އެވެ.
ދުވަސްތަކަކަށްފަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށުމަށް ހަމަޖެހިފައި އޮތީ މިއަދު ހެނދުނު 11:00 ގައެވެ.
އެހެންނަމަވެސް މަޖިލީހުގެ އިދާރާއިން ބުނީ، ކަރަންޓު ކެނޑި، ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މިއަދު ބާއްވަން ހަމަޖެހިފައިވާ ޖަލްސާ ފެށުން ލަސްކުރެވިފައިވާ ކަމަށެވެ. އަދި މައްސަލަ ހައްލު ކުރެވުނުހާ އަވަހަކަށް ޖަލްސާ ފަށާނެ ގަޑި އިއުލާން ކުރާނެ ކަމަށްވެސް ބުނެފައި ވެއެވެ.
މިދިޔަ މާރޗް މަހުގެ 31 ވަނަ ދުވަހުން ފެށިގެން މަޖިލީހުގެ ޖަލްސާތައް ބާއްވަމުން އަންނަނީ މެންބަރުން ގޭގައި ތިއްބަވައިގެން އޮންލައިން ކޮށެވެ. މަޖިލީހުގެ ކޮމެޓީތައް ވެސް ކުރިއަށް ގެންދަނީ މެންބަރުން ގޭގައި ތިއްބަވައިގެން ވެބް ކޮންފަރެންސް މެދުވެރިކޮށެވެ.
މިއަދުގެ ޖަލްސާގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ބިލުގެ ބަހުސާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ބިލުގެ ބަހުސް ކުރިއަށް ގެންދިއުމަށް އޮތީ ތާވަލް ކޮށްފައެވެ.
މީގެ އިތުރުން ވެސް އިތުރު ބައެއް ބަހުސްތައް މިއަދަށް އެޖެންޑާކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު