ވީބީގެ ފިހާރައެއް ޑިސްއިންފެކްޓް ކުރަނީ
ވީބީގެ ފިހާރައެއް ޑިސްއިންފެކްޓް ކުރަނީ
އެންމެ ބޮޑު އިސްކަމެއްދެނީ މުވައްޒަފުންނާއި ކަސްޓަމަރުންގެ ރައްކާތެރިކަމަށް ކަމުގައި ވީބީ ބްރަދަރސް އިން ބުނެފިއެވެ.

ވީބީން ބުނީ އެ ކުންފުނީގެ ހުރިހާ ފިހާރައެއް ވެސް ޑިސް އިންފެކްޓް ކުރަމުން ގެންދާ ކަމަށެވެ. އަދި މުވައްޒަފުންގެ ހަށިގަނޑުގެ ފިނިހޫނުމިން ކޮންމެ ދުވަހަކު ބަލައި، ނޯޓްކުރަމުންދާ ކަމަށް ވީބީން ބުންޏެވެ.

ވީބީ ބްރަދާސްގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ކޯވިޑް-19 އާ ދެކޮޅަށް އެޅޭ ފިޔަވަޅުތައް މިދަނީ ވަރުގަދަކުރަމުން. ހުރިހާ ފިހާރައެއް ޑިސްއިންފެކްޓް ކޮށް، މުވައްޒަފުންގެ ހަށިގަނޑުގެ ފިނިހޫނުމިން ކޮންމެ ދުވަހަކު ބަލައި ރެކޯޑް ކުރަން ވަނީ ފެށިފައި. އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދެނީ މުވައްޒަފުންނާއި، ކަސްޓަމަރުންގެ ރައްކާތެރިކަމަށް،" ކަމަށެވެ.

ކޯވިޑް-19 އާ ގުޅިގެން މާލެ ލޮކްޑައުން ކޮށްފައިވާއިރު ވީބީ އިން ގެންދަނީ ޢާއްމުންނަށް ޑެލިވަރީ ޚިދުމަތް ވެސް ފޯރުކޮށްދެމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން