މާލޭގައި ޒުވާނަކު ހިންގާ ގެސްޓްހައުސް އަކުން، މިވަގުތު މަގުމަތިވަމުންދާ ދިވެހިންނަށް ހިލޭ ހިޔާވަހިކަން ދޭން ފަށައިފިއެވެ.
ހަ ކޮޓަރީގެ ގެސްޓްހައުސްއެއްގެ ވެރިފަރާތް، ޝާން އަށް "ރަސް އޮންލައިން" ގެ ފަރާތުން ގުޅާލުމުން ވިދާޅުވީ، އޭނާގެ ގެސްޓް ހައުސް މިހާރު ޚާއްޞަކޮށްފައިވަނީ ކޯވިޑް-19 ގެ ސަބަބުން ކުލިދެއްކުމަށް ދަތިވެ މަގުމަތިވަމުންދާ ޢާއިލާތަކަށް ބޯހިޔާވަހިކަން ދިނުމަށް ކަމަށެވެ.
މިގޮތުން މިއަދު މީސް މީޑިއާގައި އޭނާ އެވާހަކަ އާންމު ކުރުމާއެކު ވަރަށް ގިނަ މީހުން ގުޅަންފެށިކަމަށާއި އަދި މިގޮތަށް ގުޅިމީހުންގެ ތެރެއިން އެންމެ ހާލަތު ދެރަ ފަރާތްތަކަށް އިސްކަން ދީގެން ތިން ކޮޓަރިއާއި އެޕާރޓްމެންޓަކަށް މިހާރު މީހުން ވައްދާފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ. ކާރިސާއިން އަރައިގަނެވެންދެންއެއްވެސް ކުއްޔަކާއި ނުލައި އެ ފަރާތްތަކަށް ތިބެވޭނެ ކަމުގައި ޝާން ވިދާޅުވިއެވެ.
މިވަގުތު މިފަދަ ކަމެއް ކުރުމަށް ނިންމީ މީހުން އުޅޭ ޙާލަތު ފެނި ހިތުގައި ރަޙުމް އުފެދިގެން ކަމަށާއި، މީހުންގެ ހެޔޮ ދުޢާނޫން ބަދަލެއް ބޭނުން ނުވާކަމުގައި އޭނާ ވިދާޅުވެފައިވެއެވެ.
މިހާރު އޭނާ ހިންގާ ގެސްޓް ހައުސްގެ އިތުރުން އަދިވެސް އިތުރުކޮޓަރިތަކެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރަސްއޮންލައިނަށް ދިން އިންޓަވިއުގައި ޝާން ފާހަގަކުރެއްވިއެވެ.
ދިވެހީންނަކީ މިފަދަ ދަތި ދަނޑިވަޅުތަކުގައި އަބަދުވެސް ދީލަތިކަމާއި އޯގާތެރިކަމާއި އެހީތެރިކަން އިސްކުރުމުގެ ނަމޫނާ ދައްކާފައިވާ ބައެކެވެ. މިގޮތުން 2004 ގެ ސުނާމީ ކާރިސާއަކި ފަގުގެ ތާރީޚެއްގައި މިކަން އެންމެ ބޮޑަށް ހާމަވެގެންދިޔަ އެއް ހާދިސާއެވެ. މިހާދިސާއާއި ގުޅުވައިގެން އެއްބައިވަންތަ ކަމުގެ ދުވަހެއް ވާހަކަ ކުރަން ސަރުކާރުން ނިންމި ނިންމުމުގައި އެ ހާދިސާއާއި ގުޅިގެން ދިވެހިންގެ ފަރާތުން ފެނިގެން ދިޔަ އެއްބައިވަންތަކާއި އޯގާތެރިކަމާއި އަޅާލުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު