މަބްރޫކާއި އެޗްޕީއޭގެ ޑޮކްޓަރުން މައަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
މަބްރޫކާއި އެޗްޕީއޭގެ ޑޮކްޓަރުން މައަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ޤަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދިޔަ ބަންގްލަދޭޝްގެ 68 މީހަކު މިއަދު ހެނދުނު އަނބުރާ އެމީހުންގެ ގައުމަށް ފޮނުވާލައިފިއެވެ.

އެމީހުން ރާއްޖެއިން ފުރީ ނޭޕާލާއި، ބަންގްލަދޭޝްގައި ތިބި ދިވެހި މެޑިކަލް ދަރިވަރުން ގޮވައިގެން އިއްޔެ ރާއްޖެ އައި ބަންގްލަދޭޝްގެ އެއާފޯސް މަތިންދާ ބޯޓުގަ އެވެ.

މިއީ ރާއްޖޭގައި ޤަވާއިދާ ހިލާފަށް އުޅެމުންދާ ފަރާތްތައް އަނބުރާ އެމީހުންގެ ގައުމުތަކަށް ފޮނުވާލުމަށް ފޮރިން މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ކުރާ މަސައްކަތުގެ ދަށުން ކުރެވެނު މަސައްކަތެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް މިމަސައްކަތް ކުރިއަށްދާނެ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

މިއަދު އެނބުރި ގައުމަށް ފުރި ބަންގްލަދޭޝް މީހުންގެ ތެރޭގައި އިމިގްރޭޝަންގެ ޑިޓެންޝަނުގައި ތިބި 29 މީހަކު ހިމެނޭކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

ރާއްޖޭގައި ގިނަ އަދަދެއްގެ ބަންގްލަދޭޝް ރައްޔިތުން ދިރިއުޅޭއިރު އަންޑޮކިޔުމެންޓެޑް، ނުވަތަ ސައްހަ ލިޔެކިޔުންތައް ނެތް މީހުންވެސް ގިނަ އަދަދަކަށް އުޅެއެވެ. މާލެއިން ކޯވިޑް-19ގެ ގިނަ ބަލިމީހުން ފެނިފައިވާއިރު މީގެ ތެރޭގައި ބަންގަލަދޭޝްގެ މަސައްކަތްތެރިން ހިމެނެއެވެ.

ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ވަނީ، މިއަދު ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވި ބިދޭސީންގެ ތެރޭގައި ހިމެނޭ ތިން މީހުންނަކީ މިއަދު ބަންގްލަދޭޝް ސަރުކާރުން ފޮނުވި އަސްކަރީ މަތިންދާ ބޯޓުގައި ފޮނުވާލަން ހަމަޖެހިފައި ތިބި މީހުންގެ ތެރޭގައި ހިމެނޭ ބައެއް ކަން ހާމަ ކޮށްފައެވެ. އަދި އެކަމާ ގުޅިގެން އެމީހުން މި ފްލައިޓްގައި ފުރުވާ ނުލާ ކަންވެސް އެޗްޕީއޭ އިން ހާމަކުރިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން