އަނބުރާ ޤައުމަށް ފޮނުވާލަން އުޅުނު ބަންގްލަދޭޝް ތިން މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
މިއަދު ކޯވިޑް-19 އަށް ޕޮސިޓިވްވި ބިދޭސީންގެ ތެރޭގައި ހިމެނޭ ތިން މީހުންނަކީ މިއަދު ބަންގްލަދޭޝް ސަރުކާރުން ފޮނުވި އަސްކަރީ މަތިންދާ ބޯޓުގައި ފޮނުވާލަން ހަމަޖެހިފައި ތިބި ބަޔަކު ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ހާމަކޮށްފައެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗުގެ ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އެމީހުން ޓެސްޓު ކުރީ ފޮނުވާލުމުގެ ކުރިން ބަލި ހުރިތޯ ބެލުމަށް އިއްޔެ ކަމަށެވެ. އެ ތިން މީހުންވެސް ތިބީ ސަރުކާރުން އިމާދުއްދީން ސްކޫލްގައި ހަމަޖައްސާފައިވާ ވަގުތީ ހިޔާގައެވެ.
މި ތިން މީހުން ބައްޔަށް ޕޮސިޓިވް ވުމާއި ގުޅިގެން އެމީހުން މިއަދުގެ ފްލައިޓުން ފުރުވާނުލާ އައިސޮލޭޝަން ފެސިލިޓީއަށް ގެންގޮސްފައިވާ ކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު