އާދަމް ޝަރީފް ޢުމަރު. އިދިކޮޅު ޕީއެންސީގެ ނައިބު ލީޑަރ
އާދަމް ޝަރީފް ޢުމަރު. އިދިކޮޅު ޕީއެންސީގެ ނައިބު ލީޑަރ
އިންސާފު ލިބުން ލަސްވުމަކީ އިންސާފު ނުލިބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

މަނީ ލޯންޑަރިންގެ ކުށުގެ ދަޢުވާ ސާބިތުވެ 5 އަހަރުގެ ޖަލު ޙުކުމެއް ތަންފީޛު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ މައްޗަށް ކޮށްފައިވާ ޙުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިޢުނާފް ކޮށްފައިވާއިރު، އެ މައްސަލާގައި ހުކުމް ކުރުން މިހާރު ވަނީ މިމަހުގެ 21 ވަނަ ދުވަހަށް ފަސްކޮށްފައެވެ.

އެކަމާ ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ، މިމަހުގެ 14 ވަނަ ދުވަހަށް ތާވަލުކޮށްފައިވާ ރައީސް ޔާމީން ނުހައްގުން ޖަލަށް ލާފައިވާ މައްސަލައިގެ އިސްތިއުނާފުގެ ޝަރީއަތުގެ މަޖިލިސް ފަސްކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި "ޖަސްޓިސް ޑިލެއިޑް އިޒް ޖަސްޓިސް ޑިނައިޑް" ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އޭގެ އިތުރުން އާދަމް ޝަރީފް ވަނީ ސިޔާސީ ބޭނުމުގައި ސަރުކާރުން ރައީސް ޔާމީނަށް ކުރަމުން ގެންދާ އަނިޔާތައް ހުއްޓާލުމަށް ގޮވާލައްވާފަ އެވެ.



ރައީސް ޔާމީނުގެ މައްޗަށް ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެއްޖެކަމަށް ކަނޑައަޅައި 5 އަހަރު ދުވަހަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ހުކުމްކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. މި މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ހައި ކޯޓުގައި ވަނީ ނިންމާލާފައެވެ.

އަދި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ރައީސް ޔާމީން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޟާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި އެއްމިލިއަން އެއްލައްކަ ސަތާރަހާސް ޑޮލަރު ހޯދައިފައިވާ ކަމަށް ބުނާ މައްސަލައިގެ އަޑުއެހުންތަށް މިހާރު ދަނީ ކުރިއަށެވެ. ރައީސް ޔާމީން މިވަގުތު ހުންނެވީ ހުކުމް ތަންފީޒް ކުރުމަށް މާފުށީ ޖަލުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން