މާލެއަށް ވާރޭވެހި ބައެއް މަގުތަކުގައި ފެންބޮޑުވިއިރު އަލުން މަރާމާތުކޮށް މިމަހު ހުޅުވި ކަނބާ އައިސާ ރަނި ހިނގުމުގައި ފެންބޮޑު ނުވާ ކަމަށް މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް ވިދާޅުވެއްޖެއެވެ.
ބޯކޮށް ވާރޭވެހި މާލޭގެ ބޮޑު ސަރަޙައްދެއްގައި މިއަދު ވެސް ވަނީ ފެންބޮޑު ވެފައެވެ. އެހެން ނަމަވެސް މާލެއަށް ވާރޭ ވެހިއްޖެނަމަ ޢާއްމުކޮށް ފެންބޮޑުވާ ކަނބާ އައިސާ ރަނި ހިނގުމުގައި މިއަދު ފެންބޮޑުވެފައެއް ނުވެއެވެ. އަދި އެކަން ޢާއްމުންގެ ގިނަ ބަޔަކުވެސް ސޯޝަލް މީޑިއާގައި ދަނީ ފާހަގަކުރަމުންނެވެ.
މާލޭ ސްޓްރީޓް ސްކޭޕިންގ މަޝްރޫޢުގެ ދަށުން ތަރައްޤީ ކޮށްފައިވާ ކަނބާ އައިސާ ރަނި ހިނގުމުގައި ފެން ބޮޑުވެފައި ނުވާތީ އެކަން ފާހަގަކުރަށްވައި މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރ ޝަމާޢު ޝަރީފް ވިދާޅުވީ، އެމަގުގައި ފެންބޮޑު ނުވުމަކީ ވަރަށް ބޮޑު ލުޔެއް ކަމަށެވެ. އަދި މާލޭ ސްޓްރީޓް ސްކޭޕިންގ މަޝްރޫޢު ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި، މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުން ކުރި މަސައްކަތަށް ޝަމާޢު ވަނީ ޝުކުރު އަދާކުރަށްވާފައެވެ.
ކަނބާ އައިސާ ރަނި ހިނގުމަކީ މާލޭ ސިޓީ ކައުންސިލުގެ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓުގެ ދަށުން އެންމެ ފުރަތަމަ ތަރައްގީ ކުރަން ފެށި މަގެވެ. އެމަގު ތަރައްޤީ ކުރުމަށްފަހު ހުޅުވާފައި ވަނީ 2021 ވަނަ އަހަރު ފެށުން ފާހަގަކުރުމުގެ ގޮތުންނެވެ.
މާލޭ ސްޓްރީޓް ސްކޭޕިންގ މަޝްރޫޢަކީ މާލެއަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ މައްސަލަ އަށް ޙައްލެއް ހޯދައި ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީ ކުރުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިދިޔަ އަހަރުގެ ފެބްރުއަރީ 17 ގައި އިފްތިތާޙް ކުރެއްވި މަޝްރޫޢެކެވެ.
މާލޭ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓްގެ ދަށުން މާލޭގެ 18.8 ކިލޯމީޓަރުގެ މަގު ހެދުމަށް ވަނީ ހަމަޖެހިފައެވެ. ޖުމްލަ 462 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ލަފާކޮށްފައިވާ މި މަޝްރޫޢުގެ ދަށުން ހަތަރު ވައްތަރެއްގެ މަގު ހެދުމަށް ވަނީ ހަމަޖެހިފައެވެ. އެއީ އާޓީރިއަލް މަގުތަކާއި، ސިޓީ ރޯޑްސް އާއި، ސެކަންޑަރީ ރޯޑްސް ގެ އިތުރުން ނެއިބަރހޫޑް ޕެޑެސްޓްރިއަން މަގުތަކެވެ. މި މަޝްރޫޢުގެ ޕައިލެޓް ޕްރޮޖެކްޓްގެ ދަށުން 1.94 ކިލޯ މީޓަރުގެ ހަތްމަގެއް ތަރައްޤީ ކުރުމަށް ހަމަ ޖެހިފައިވާކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
މި ޕްރޮޖެކްޓްގެ ދަށުން މަގު ނުކޮނެ ކަރަންޓާއި ފެނާއި ނަރުދަމާ އަދި ޑީވޯޓަރިންގެ ޚިދުމަތަށް ބޭނުންކުރާ ކޭބަލް މަގު ނުކޮނެ ފަސޭހައިން ގުޅާލެވޭގޮތަށް ފަރުމާކުރެވޭނެއެވެ. މި މަޝްރޫޢުގެ މަސައްކަތް ސިޓީ ކައުންސިލުން ޙަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށެވެ.

Recently developed under the #Streetscaping project- Part of Kanba Aisa Rani Hingun.
— Shamau Shareef (@schamau) January 12, 2021
despite heavy rain no flooding is observed. It’s a huge relief. pic.twitter.com/HpGCe94mXv
ކަނބާ އައިސާ ރަނި ހިނގުމަކީ މާލޭ ސިޓީ ކައުންސިލުގެ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓުގެ ދަށުން އެންމެ ފުރަތަމަ ތަރައްގީ ކުރަން ފެށި މަގެވެ. އެމަގު ތަރައްޤީ ކުރުމަށްފަހު ހުޅުވާފައި ވަނީ 2021 ވަނަ އަހަރު ފެށުން ފާހަގަކުރުމުގެ ގޮތުންނެވެ.
މާލޭ ސްޓްރީޓް ސްކޭޕިންގ މަޝްރޫޢަކީ މާލެއަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ މައްސަލަ އަށް ޙައްލެއް ހޯދައި ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީ ކުރުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިދިޔަ އަހަރުގެ ފެބްރުއަރީ 17 ގައި އިފްތިތާޙް ކުރެއްވި މަޝްރޫޢެކެވެ.
މާލޭ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓްގެ ދަށުން މާލޭގެ 18.8 ކިލޯމީޓަރުގެ މަގު ހެދުމަށް ވަނީ ހަމަޖެހިފައެވެ. ޖުމްލަ 462 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ލަފާކޮށްފައިވާ މި މަޝްރޫޢުގެ ދަށުން ހަތަރު ވައްތަރެއްގެ މަގު ހެދުމަށް ވަނީ ހަމަޖެހިފައެވެ. އެއީ އާޓީރިއަލް މަގުތަކާއި، ސިޓީ ރޯޑްސް އާއި، ސެކަންޑަރީ ރޯޑްސް ގެ އިތުރުން ނެއިބަރހޫޑް ޕެޑެސްޓްރިއަން މަގުތަކެވެ. މި މަޝްރޫޢުގެ ޕައިލެޓް ޕްރޮޖެކްޓްގެ ދަށުން 1.94 ކިލޯ މީޓަރުގެ ހަތްމަގެއް ތަރައްޤީ ކުރުމަށް ހަމަ ޖެހިފައިވާކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
މި ޕްރޮޖެކްޓްގެ ދަށުން މަގު ނުކޮނެ ކަރަންޓާއި ފެނާއި ނަރުދަމާ އަދި ޑީވޯޓަރިންގެ ޚިދުމަތަށް ބޭނުންކުރާ ކޭބަލް މަގު ނުކޮނެ ފަސޭހައިން ގުޅާލެވޭގޮތަށް ފަރުމާކުރެވޭނެއެވެ. މި މަޝްރޫޢުގެ މަސައްކަތް ސިޓީ ކައުންސިލުން ޙަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށެވެ.
ކިޔުންތެރިންގެ ހިޔާލު