ޖެންޑަރ މިނިސްޓަރ އައިޝަތު މުޙައްމަދު ދީދީ
ޖެންޑަރ މިނިސްޓަރ އައިޝަތު މުޙައްމަދު ދީދީ
މާލޭގައި މަގުމަތިވެފައިވާ 80 އަށް ވުރެ ގިނަ ފަރާތަށް ކެއިންބުއިމާއި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުން އަންނަކަން ޖެންޑަރ މިނިސްޓްރީން ހާމަކޮށްފިއެވެ.

އެގޮތުން އެ މިނިސްޓްރީން ބުނެފައިވަނީ މާލެ ލޮކްޑައުން ކުރުމާ ގުޅިގެން އެކި ބޭނުންތަކަށް މާލެ އައިސް، ހާލުގައި ޖެހިފައިވާ ފަރާތްތަކުގެ ތެރެއިން މިނިސްޓްރީއަށް ރިޕޯޓު ކޮށްފައިވާ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމުތައް ހަމަޖައްސައިދެމުން ގެންދާ ކަމަށެވެ.

"މި ދަނޑިވަޅަކީ އިންސާނިއްޔަތުކަން އިސްކުރަންވީ ވަގުތު. އިންސާނިއްޔަތުކަން އިސްކޮށްފިނަމަ އޭގެ ދަރުމަ ފަހުން އަނބުރާ ލިބޭނެ،" ކުލި ނުދެއްކިގެން ރައްޔިތުން މަގުމަތި ވަމުން އަންނާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ޖެންޑަރ މިނިސްޓަރު ކުރެއްވި ޓްވީޓުގައިވެ އެވެ.

މީގެ ކުރިން ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވަނީ، ކުލި ނުދެއްކިގެން ގެއިން ނެރުނު ދެ ކުއްޖަކު ޖެންޑާ މިނިސްޓްރީގެ ވަގުތީ ހިޔާއަށް ގެންގޮސްފައިވާކަން ވެސް ހާމަކުރައްވާފައެވެ.

ކޯވިޑް-19 އާ ގުޅިގެން މަގުމަތިވެ، ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކުގެ މައުލޫމާތު ދިނުމަށްވެސް އެމިނިސްޓްރީން ވަނީ އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން