މާލެ ލޮޮޮޮޮކްޑައުން ކޮށްފައިވާއިރު މާލޭގެ މައި މަގެއް
މާލެ ލޮޮޮޮޮކްޑައުން ކޮށްފައިވާއިރު މާލޭގެ މައި މަގެއް
މާލޭގެ ފިހާރަތައް ހެނދުނު 9:00 އިން ރޭގަނޑު 12:00 އަށް ހުޅުވޭ ގޮތަށް އިކޮނޮމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ.

މިކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ މާދަމާ އިން ފެށިގެން ފުލުހުން ދޭ ހުއްދައިގެ ދަށުން ވިޔަފާރި ކުރަން ނުކުންނަ ފަރާތްތަކަށް ފިހާރަތަކުން ޚިދުމަތް ދެވޭނީ ހެނދުނު 9:00 އިން ފެށިގެން ރޭގަނޑު 12:00 އަށް ކަމަށެވެ. އަދި ކޮންމެ ނަމާދު ވަގުތަކަށް 15 މިނެޓަށް ފިހާރަ ބަންދު ކުރުމަށްވެސް ވަނީ އެދިފަ އެވެ.

މާލޭގައި ކޯވިޑް-19 ފެތުރޭތީ މާލެ ސަރަހައްދު 14 ދުވަހަށް ވަނީ ލޮކްޑައުންކޮށްފަ އެވެ. އެހެންނަމަވެސް، ފުލުހުން ދޭ ފާހަކާއެކު ވަކި ވަގުތުތަކެއްގައި ޒަރޫރީ ބޭނުމަށް ކޮންމެ ގޭބިސީއަކުން ވެސް އެކަކަށް ބޭރަށް ނުކުމެވޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފިހާރަތަކުން މުދާ ގަންނަ މީހުން ސަމާލުކަންދޭންވީ ބައެއް ކަންކަމާއި، ތަކެތި ގަތުމަށްފަަހު ރައްކާތެރިކަމުގެ ގޮތުން އަމަލު ކުރަން ސަމާލުކަންދޭވީ ބައެއް ކަންކަންވެސް ވަނީ އިއުލާނުުގައި ބަޔާންކޮށްފަ އެވެ. އެޗްޕީއޭއިން ލަފާ ދީފައިވަނީ މިގޮތަށް ނުކުމެ އުޅޭ އިރުވެސް ރައްކާތެރިކަމުގެ ގޮތުން މާސްކެއް އަޅައިގެން އުޅުމަށެވެ. އަދި އަބަދުވެސް ގައިދުރުކަން ބަހައްޓައިގެން އުޅުމަށް އިރުޝާދު ދީފައިު ވެއެވެ.

ފުލުހުން ވަނީ މާލެ 26 ޒޯނަކަށް ބަހާލައި، ވިޔަފާރި ކުރުމަށް ނުކުންނަށް ލުއި ތަކެއް ދީފައެވެ. ހުއްދަ އާއެކު ވިޔަފާރި ކުރަަން ނުކުންނަ އިރު އެ މީހަކު ހުރި ޒޯނުން ބޭރަށް ނުދެވޭނެއެވެ. އަދި ދީފަައިވާ ފާސް އެހެން ބޭނުންތަކުގައި ބޭނުން ކުރާ ނަމަ ފިޔަވަޅުވެސް އަޅާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން