ލ. ގަން (ފޮޓޯ: ސޯޝަލް މީޑިއާ)
ލ. ގަން (ފޮޓޯ: ސޯޝަލް މީޑިއާ)
ލ.ގަމުން 3 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެއެެވެ.

އެރަށުން އެންމެ ފުރަތަމަ ޕޮޒިޓިވްވެފައިވަނީ، ހޯމް ކަރަންޓީން މުއްދަތު ހަމަވުމުން މި މަހުގެ 12 ވަނަ ދުވަހު ސާމްޕަލް ނެގި 43 އަހަރުގެ އަންހެނެކެވެ. އަދި އެ ފަރާތާއި ގުޅުންހުރި 14 އަހަރުގެ އަންހެން ކުއްޖަކާއި، 2 އަހަރުގެ ކުޑަ ކުއްޖަކުވެސް ވަނީ އެބައްޔަށް ޕޮޒިޓިވް ވެފައެވެ.

ދެއްވަދޫން ލ. ފޮނަދޫއަށް ދިޔަ ދެ މީހަކު ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި އެ ދެމީހުންނާ ގުޅުންހުރި އިތުރު ދެ މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އަދި އެކަމާގުޅިގެން އެ ރަށާއި ލ. ގަން ވެސް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. އަދި އިއްޔެ ލ. ގަމުން ވަނީ 276 ރެންޑަމް ސާމްޕަލްއެއް ވަނީ ނަގާފައެވެ.

ގއ. ދެއްވަދޫން ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދު މިހާރުވަނީ 33 އަށް އަރައިފައެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 14،218 އަށް އަރާފައެވެ.

މިހާތަނަށް ރާއްޖެއިން ބަލިޖެހުނު މީހުންގެ ތެރެއިން 13،402 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖޭގައި ނިޔާވި މީހުންގެ އަދަދު ވަނީ 49 އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން