ފްރަންޓްލައިންގައި މަސައްކަތްކުރާ ބަޔަކު ރައްކާތެރި ހެދުމުގައި
ފްރަންޓްލައިންގައި މަސައްކަތްކުރާ ބަޔަކު ރައްކާތެރި ހެދުމުގައި
ކޯވިޑް-19 އަށް މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ސިފައިންގެ ބޭކަލަކު ހިމެނޭ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތުދެއްވަމުން ޑރ. އަފްޒަލް ވިދާޅުވީ މާލެއިން ކޯވިޑް-19 އަށް 69 ވަނައަށް ޕޮޒިޓީވްވީ އެމްއެންޑީއެފްގެ ބޭކަލެއް ކަމަށެވެ. އޭނާއަށް ބަލި ޖެހުނު ގޮތް ބެލުމަށް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މި މީހާ އެމްއެންޑީއެފްގައި މަސައްކަތް ކުރަނީ ފްރަންޓްލައިންގައިތޯ އާއި، ބައިވެރިވީ ކޮން މަސައްކަތެއްގައިކަން އަދި ސާފު ނުވާ ކަމަށް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަބުރޫކު ވިދާޅުވިއެވެ. އަދި އެ މައުލޫމާތު ލިބުނުހާ އަވަހަކަށް އެކަން ހިއްސާ ކުރާނެ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ ފްރަންޓް ލައިންގައި މަސައްކަތް ކުރާ މީހުންނަށް ބޭނުންވާ ޕްރޮޓެކްޓިވް އިކުއިޕްމަންޓް ފޯރުކޮށްދީފައިވާ ކަމަށާ އަދި ކޮންމެ ވަގުތެއްގައި ވެސް އެތަކެތި ބޭނުންކުރެވޭ ގޮތަށް ހުންނާނެ ކަމަށެވެ. ފްރަންޓްލައިންގައި މަސައްކަތަށް ނުކުންނަ މީހުންނަށް ވަކި އެކޮމޮޑޭޝަންތަކެއް ވެސް ހަމަޖައްސާފައިވާނެ ކަމަށް މަބުރޫކު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން