މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް)
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް)
އައްޑޫ ސިޓީ ހިތަދޫ ސެވަރޭޖް ޕަންޕް ސްޓޭޝަނެއްގައި ރޯކޮށްލައި އާންމު ރައްޔިތުންނަށް ދެމުންދާ ޚިދުމަތް ތަކަކަށް ގެއްލުންދިނުމަށް މިއަދު ބަޔަކު ހިންގާފައިވާ ނުރައްކާތެރި ޢަމަލަކީ ސީދާ ޓެރަރިޒަމްގެ ޢަމަލެއް ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) ވިދާޅުވެއްޖެއެވެ.

މަރަދޫގެ ޕަމްޕް ސްޓޭޝަނެއްގައި މިއަދު ރޯކޮށްލި ހާދިސާ ކުށްވެރިކުރައްވައި ކުރެއްވި ޓްވީޓެއްގައި ޝަރީފު ވިދާޅުވެފައިވަނީ އެއީ މިފަދަ ދަނޑިވަޅެއްގައި އެއްވެސް އިންސާނިއްޔަތުކަމެއް ނެތް ބަޔަކު ކޮށްފައިވާ އަމަލެއް ކަމަށެވެ.

"އައްޑޫ ސިޓީގެ ޕަންޕް ސްޓޭޝަނެއްގައި ރޯކުރުމަކީ ސީދާ ޓެރަރިޒަމްގެ ޢަމަލެއް. މިފަދަ ވަގުތެއްގައި އިންސާނިއްޔަތުގެ ކަންފުޅެއް ހުރި ބަޔަކު ކުރާނެ ކަމެއް ނޫން. އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަން." ޝަރީފް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އައްޑޫ ސިޓީގެ މޭޔަރ ޢަބްދުﷲ ޞާދިޤު، ސޯބެ ވިދާޅުވީ މިއީ ބަޔަކު ގަސްދުގައި ކޮށްފައިވާ ކަމެއް ކަމަށެވެ. ރައްޔިތުންނަށް ދެމުން އަންނަ ޚިދުމަތްތައް ހުއްޓުވާލުމުގެ ބޭނުމުގައި ރާވައިގެން މިފަދަ އަމަލުތައް ހިންގާ މީހުން ހޯދައި، ހަރުކަށި ފިޔަވަޅު އެޅުމަށް ސޯބެ ވަނީ ފުލުހުންނަށް ގޮވާލައްވާފައެވެ.

ކޯވިޑް-19 ގެ ނުރައްކާތެރި މަޑިމަޑުކަމުން ރައްޔިތުން ސަލާމަތް ކުރުމަށްޓަކާ ހުރިހާ ރައްޔިތުން ގޭގައި ބައިތިއްބައިގެން ސަރުކާރާއި ސަލާމަތީ ބާރުތަކުގެ އެންމެހާ މުވައްޒަފުން ރެއާއި ދުވާލު އެއްވެސް އަރާމެއް ނެތި ރައްޔިތުންނަށް އެކިއެކި ޚިދުމަތްތައް ފުރިހަމަކޮށްދިނުމުށް މަސައްކަތް ކުރަމުން ގެންދާ މި ދަނޑިވަޅުގައި ބަޔަކު ރާވައިގެން މިފަދަ ނުރައްކާތެރި ހާދިސާ ހިންގަމުންދާކަން މިފަހަކަށް އައިސް ވަނީ ފާހަގަ ކުރެވިއެވެ. މިގޮތުން ދާދި ފަހުން އދ. މަހިބަދޫ ބަނދަރުގައި އަޅާފައިއޮތް ފުލުހުންގެ ލޯންޗަކާއި، ކައުންސިލްގެ ލޯންޗެއްގެ އިތުރުން، ސީއެމްބިއުލާންސްގައި ހުޅުޖަހާ އަންދާލި ހާދިސާއަކީ ވެސް ދައުލަތަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އަދި އާންމު ރައްޔިތުންގެ ހިތްތަކަށް ނުތަނަވަސްކަން ލިބިގެން ދިޔަ ހާދިސާއެކެވެ.


ކިޔުންތެރިންގެ ހިޔާލު


39

އަލީ

22-Apr-2020

އެއްގޮތަކަށްވެސް އެފަދަ ގޯސް އަމަލެއް ހިންގައިގެން ނުވާނެ . އެކަން ކުރިބަޔަކު ހޯދާ ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ. މޫނަށް ބެލުމެއް ނެތި


12

އަަޖާއިބު

22-Apr-2020

ދެރައީ އެފަދަ ރަހުމެއް ނެތް އިންސާނުން އަހަރެމެން އިންސާނުންގެ ތެރޭ އުޅޭ ކަން.



ޓްރެންޑިން