މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރުން
މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރުން
މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެންބަރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ ބައްދަލުކޮށްފިއެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާ ކުރެވުނީ މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން އުވާލައި ނުވަތަ އެއްކޮށްލުމަށްފަހު އާ މުވައްސަސާއެއް އުފެއްދުމަށްޓަކައި ސަރުކާރުން ހުށަހަޅާ ބިލާ ގުޅޭގޮތުންނެވެ. މީގެ އިތުރުންވެސް މީޑިއާ ކައުންސިލަށް ކުރިމަތިވެފައިވާ އެކިއެކި ގޮންޖެހުންތަކާ ގުޅޭގޮތުންވެސް މިއަދުގެ ބައްދަލު ވުމުގައި ވަނީ މަޝްވަރާ ކޮށްފައެވެ.

އެގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލަށް ކުރިމަތިވެފައިވާ ބަޖެޓުގެ ދަތިކަމާއި، ނޫސް މަޖައްލާ ރަޖިސްޓްރީކުރުމާއި މީޑިއާ ދަފްތަރު އެކުލަވާލައި ބެލެހެއްޓުމުގެ ހުރިހާ މަސައްކަތެއް މޯލްޑިވްސް މީޑިއާ ކައުންސިލަށް ބަދަލުކުރުމާއި، މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނު ތަންފީޒުކުރުމުގައި ދިމާވެފައިވާ އެކިއެކި ގޮންޖެހުންތަކާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާކަމަށް މީޑިއާ ކައުންސިލުން މަޢުލޫމާތު ދީފައިވެއެވެ.

މި ބައްދަލުވުމުގައި މޯލްޑިވްސް މީޑިއާ ކައުންސިލުން އެދުނު ކަންކަމުގެ ތެރެއިން، އަލަށް އުފައްދާ މުވައްސަސާ އެކުލަވާލުމުގައި، މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޚިޔާލާއި ދައުރު ހިމެނުމަށާއި، ނޫސްވެރިންނަށް ބޭރުގެ ތަމްރީނުގެ ފުރުސަތުތައް ހޯދައިދިނުމާއި އަދި މޯލްޑިވްސް މީޑިއާ ކައުންސިލަށް ދިމާވެފައިވާ ބަޖެޓްގެ ދަތިކަމާއި މުވައްޒަފުން ހޯދުމަށް ހުރި ދަތިތަކަށް ހައްލުހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާވަނީ ދެއްވާފައެވެ.

މީގެއިތުރުން، ރާއްޖޭގެ މީޑީއާތައް މިހާރަށްވުރެ ޒިންމާދާރުކޮށް ހަމަމަގަށް އެޅުވުމުގެ މަސްޢޫލިއްޔަތު މަތިކޮށްފައިވަނީ މޯލްޑިވްސް މީޑިއާ ކައުންސިލަށް ކަމަށްވާތީ އެ ޒިންމާ ފުރިހަމައަށް އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން