އިލެކްޝާން ކޮމިޝަން މެންބަރުން މަޖިލީހުގެ ކޮމިޓީގައި
އިލެކްޝާން ކޮމިޝަން މެންބަރުން މަޖިލީހުގެ ކޮމިޓީގައި
ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލި ސިވިލް ސާވެންޓުންގެ ސަސްޕެންޝަންގެ މައްސަލައަށް ހައްލެއް ހޯދަން ހައި ކޯޓަށް މިއަދު ހުށަހަޅައިފިއެވެ.

މި މަހުގެ ހަތަރު ވަަނަ ދުވަހު ބާއްވަން ހަމަޖެއްސި ލޯކަލް ކައުންސިލް އިންތިހާބު ވަނީ ކޯވިޑް-19 އާ ގުޅިގެން ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ. ނަމަވެސް އިންތިހާބުގައި ވާދަކުރާތީ ސަސްޕެންޑުކުރި ސިވިލް ސާވެންޓުންގެ ސަސްޕެންޝަން އަދި ވެސް އުވާނުލާތީ އެކަމާ ގުޅިގެން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސަސްޕެންޑުކޮށްފައިވާ ސިވިލް ސާވެންޓުންނަށް ޝަރުއީ ނިޒާމުގެ ތެރެއިން ހައްލެއް ހޯދައިދިނުމަށް އެދި އެ މައްސަލަ ހައި ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. މުވައްޒަފުން ސަސްޕެންޑުކޮށްފައިވާ މައްސަލައަށް އަވަސް ހައްލެއް ހޯދޭނެ ގޮތަކާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ) އާ އެކު ވެސް އިއްޔެ މަޝްވަރާކޮށްފައިވާ ކަމަށް ސީއެސްސީން ބުންޏެވެ.

ލޯކަލް ކައުންސިލް ގާނޫނު ބުނާ ގޮތުން ސިވިލް ސާވިސް ކޮމިޝަންގެ މުވައްޒަފަކު، ލޯކަލް ކައުންސިލް އިންތިހާބަކަށް ކުރިމަތިލާ ތާރީހުން ފެށިގެން އެ މުވައްޒަފަކު ސަސްޕެންޑުވެ، ލިބެމުންދާ މުސާރަ އާއި އިނާޔަތްތައް ލިބުން މެދުކެނޑޭނެއެވެ.

ކައުންސިލް އިންތިހާބުގައި ވާދަކުރާ ފެނަކަ މުވައްޒަފުންގެ ސަސްޕެންޝަން އެ ކުންފުނިން ވަނީ އުވާލައިފައެވެ.

ކޯވިޑް-19 އާ ގުޅިގެން ލޯކަލް ކައުންސިލް އިންތިޚާބު ފަސްވެފައިވާއިރު، އިންތިޚާބު އަލުން ބާއްވާނެ ދުވަހެއް އަދި ނިންމާފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން