އިންޑިޔާގައި ވެކްސިން ޕްރިންސްގެ ނަމުން މަޝްހޫރުވެފައިވާ އަދަރް ޕޫނަވައްލާ.
އިންޑިޔާގައި ވެކްސިން ޕްރިންސްގެ ނަމުން މަޝްހޫރުވެފައިވާ އަދަރް ޕޫނަވައްލާ.
އިންޑިޔާގައި ވެކްސިން ޕްރިންސްގެ ނަމުން މަޝްހޫރުވެފައިވަނީ ސިރަމް އިންސްޓިޓިއުޓް ގެ ސީއީއޯއެވެ.

ވެކްސިން ޕްރިންސްގެ ނަމުން މަޝްހޫރުވެފައިވަނީ އުމުރުން 40 އަހަރުގެ އަދަރް ޕޫނަވައްލާ އަކީ ސިރަމް އިންސްޓިޓިއުޓް ގެ ސީއީއޯގެ އިތުރުން އިންޑިޔާގައި އެންމެ މުއްސަނދި މީހުންގެ ލިސްޓުގައިވެސް ހިމެނޭ މީހެކެވެ.

އިންޑިޔާގެ ބިލިއަނަރ ސައިރަސް ޕޫނަވައްލާ ނުވަތަ އިންޑިޔާގެ ވެކްސިން ރަސްގެފާނަށް ލިބުނު ހަމައެކަނި ދަރިފުޅު ކަމަށްވާ އަދަރް ޕޫނަވައްލާ ވަނީ 2016 ވަނަ އަހަރު އިންޑިޔާގެ އެންމެ ހަގު ނުފޫޒުގަދަ މީހުގެ ލިސްޓުގައިވެސް ހިމެނިފައެވެ. އަދަރް ޕޫނަވައްލާ އޭނާގެ ބައްޕަގެ ވެކްސިނާއި ބޭހުގެ ވިޔަފާރި އާއި ހަވާލުވެފައި ވަނީ 2011 ވަނަ އަހަރުއެވެ.

އަދަރް ޕޫނަވައްލާ އަށް ވެކްސިން ޕްރިންސްގެ ނަންދެވިފައިވަނީ އޭނާގެ ކުންފުނި، ސިރަމް އިންސްޓިޓިއުޓް އިން އެކި ބަލިތަކަށް ފަރުވާ ހޯދުމަށް ވެކްސިން ތައްޔާރުކުރުމުގައި އިސްރޯލެއް އަދާކުރާތީއެވެ. ހަމަ މިކަމާ ގުޅުވައިގެން އަދަރް ޕޫނަވައްލާގެ ބައްޕަ އަށް ވެކްސިން ރަސްގެފާނުގެ ނަމުން ނަންދެވިފައިވެއެވެ.

2020 ވަނަ އަހަރު އައިއިރު ސިރަމް އިންސްޓިޓިއުޓް އަކީ މުޅި ދުނިޔެއަށް ވެކްސިން ފޯރުކޮށްދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އެއް ކުންފުންޏެވެ. މިގޮތުން އަހަރެެއްގެ މައްޗަށް އެކި ވެކްސިނުގެ 1.5 ބިލިއަން ޑޯޒު މިކުންފުނިން އުފައްދާކަމަށްވެއެވެ. އެކި ބަލިތަކުން ރައްކާތެރިވުމަށް މިކުންފުނިން ވެކްސިން އުފައްދާފައިވާއިރު، ޕޯލިއޯ، މީސްލްސް، ރުބެއްލާ، އަދި ކޮރޯނާވައިރަހުން ރައްކާތެރިވުމަށް ވެސް ސިރަމް އިންސްޓިޓިއުޓް އިން ވަނީ ވެކްސިން އުފައްދާފައެވެ.

އިންޑިޔާގެ ވެކްސިން ޕްރިންސަކީ ވެކްސިނުގެ އިތުރުން އަގުބޮޑެތި މުދަލުގެ ވެރިއެއްގެ ގޮތުގައިވެސް މަޝްހޫރުވެފައިވާ މީހެކެވެ. މިގޮތުން އަގުބޮޑެތި ގެއާއި އަގުބޮޑެތި ކާރުތަކެއް އަދަރް ޕޫނަވައްލާގެ މިލްކިއްޔާތުގައިވެއެވެ. އަދި އޭނާގެ އަގުބޮޑެތި ކާރުތަކަކީ ވަރަށް ގިނަ މީހުންނަށް ކަމުގޮސްފައިވާ ތަކެއްޗެވެ. މީގެ ތެރޭގައި 8 ކަރޯޑް ރުޕީސް ގެ ރޯލްސް ރޯއީސް ފެންޓަމް ކާރަކާއި، ފެރާރީ 360 ސްޕައިޑަރ ގެ ކާރަކާއި، ބެޓް މޮބައިލް އަކާއި ވައްތަރަށް މޮޑިފައި ކޮށްފައިވާ މާސެޑީޒް އެސް 350 ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން