އިންޑިއާއިން ހަދިޔާކުރި ކޯވިޑް-19 ވެކްސިން ރާއްޖެ ގެނެސްފިއެވެ.
ވެކްސިން ހިފައިގެން އައި އެއަރ އިންޑިއާ ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ބަނދަރުކޮށްފައިވަނީ މިއަދު މެންދުރު 14:40 ގައެވެ. އިންޑިއާއިން ރާއްޖެއަށް ހިލޭ ފޯރުކޮށްދެނީ އޮކްސްފޯޑް އެސްޓްރަޒެނެކާއިން އުފައްދާ "ކޮވިޝީލްޑު" ވެކްސިނެވެ. އެއީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިންވެސް މިހާރު ރައްކާތެރި ވެކްސިނެއްކަމަށް ކަނޑައަޅާފައިވާ ވެކްސިނެކެވެ. މި ވެކްސިން ދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ބޭނުންކުރަމުންނެވެ.
ރާއްޖެ އަށް ވެކްސިން ލިބުމާއި ގުޅިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޚާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރ ޝާހިދާއި ހެލްތު މިނިސްޓަރ އަހުމަދު ނަސީމްގެ އިތުރުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ސަންޖޭ ސުދީރު ވާހަކަދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖޭގައި ފުރަތަމަ ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ ފުރަތަމަ ސަފުގައި ހަރަކާތްތެރިވާ ޚިދުމަތްތެރިންނާއި ސިއްޙީ ގޮތުން އެންމެ ނާޒުކު ހާލަތުގައި ތިބި މީހުންނަށެވެ. ވެކްސިންގެ 3 އިންސައްތަ ޚާއްޞަކުރަން ހަމަޖެހިފައިވަނީ ކޯވިޑް-19 ޙާލަތާއި ގުޅިގެން ކުރީސަފުގައި ޙަރަކާތްތެރިވާ ފަރާތްތަކަށެވެ. އަދި 17 އިންސައްތަ ޚާއްޞަކުރާނީ އުމުރުން 50 އަހަރުން މަތީގެ މީހުންގެ ތެރެއިން ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށެވެ.
ރާއްޖެއަށް ވެކްސިން ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކޮވެކްސް ފެސިލިޓީގެ ދަށުން އާބާދީގެ 20 އިންސައްތަ އަށް ވެކްސިން ހިލޭ ލިބޭނެ ކަމުގެ ޔަގީންކަން މިހާރު ވަނީ ލިބިފައެވެ. އަދި އެހެނިހެން ގޮތްގޮތުންވެސް ވެކްސިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ހުރިހާ ރައްޔިތުންނަށްވެސް ވެކްސިން ހިލޭ ޖަހާދޭނެކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު