ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ގަވަރނިންގ ބޯޑް މިއަދު އެކުލަވައިލައްވައި، އެ ބޯޑަށް މެންބަރުން ޢައްޔަންކުރައްވައިފިއެވެ.

މި ގޮތުން ރައީސުލްޖުމްހޫރިއްޔާ އެ ހޮސްޕިޓަލްގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް ހަ ބޭފުޅަކު ވަނީ ޢައްޔަންކުރައްވާފައެވެ. މި ބޯޑުގެ ޗެއަރޕަރސަންގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރެއްވީ އާމިނަތު ޤާސިމެވެ.

ބޯޑުގައި ދެން ހިމެނެނީ ޑޮކްޓަރ އާމިނަތު ނަޛީރު، މުއުމިނާ ޢަބްދުﷲ، ޙަސަން ޝުޖާޢު، ޢަބްދުއްލަޠީފް ހަސަން އަދި، އަޙްމަދު ދާއޫދު އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ މި ސަރުކާރުން ޓަރޝަރީ ފެންވަރަށް ތަރައްޤީ ކުރުމަށް ނިންމަވާފައިވާ ހޮސްޕިޓަލެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން