އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ގަވަރނިންގ ބޯޑު އެކުލަވައިލައްވައިފިއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ގަވަރނިންގ ބޯޑަކީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލާއި، މީދޫ ޞިއްޙީ މަރުކަޒާއި، މަރަދޫ ޞިއްޙީ މަރުކަޒާއި، ފޭދޫ ޞިއްޙީ މަރުކަޒާއި، ހުޅުދޫ ޞިއްޙީ މަރުކަޒު ހިންގުމުގެ ކަންކަން ބެލެހެއްޓުމަށް އުފައްދަވާފައިވާ ބޯޑެކެވެ. އެ ބޯޑު އެކުލަވައިލައްވާފައި ވަނީ 2021 ޖަނަވަރީ 19 ވަނަ ދުވަހުއެވެ.

މި ބޯޑުގެ ޗެއަރޕަރސަންގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައި ވަނީ އަޙްމަދު ޒާހިރެވެ. ބޯޑުގައި ދެން ހިމެނޭ ބޭފުޅުންނަކީ ޑޮކްޓަރ މުޙައްމަދު ޞާލިޙް އާއި، ޑޮކްޓަރ ޢަލީ ނަޡީމް އާއި، އާމިނަތު ޝާއިނާ ޢަބްދުﷲ އާއި އާމިނަތު މުޙައްމަދުދީދީ އާއި، ޒާހިދާ އިބްރާހީމް އާއި ޢަބްދުﷲ ޞާދިޤު އެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަކީ މި ސަރުކާރުން ޓަރޝަރީ ފެންވަރަށް ތަރައްޤީ ކުރުމަށް ނިންމަވާފައިވާ ހޮސްޕިޓަލެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން