ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ދީޕިކާ ޕަދޫކޯން އަދި ރަންވީރް ސިންގ.
ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ދީޕިކާ ޕަދޫކޯން އަދި ރަންވީރް ސިންގ.
އަމިއްލަ ގެއައް ބޭނުންވާ ސާމާނު އަމިއްލައަށް ގަނެ ބާޒާރު ކުރުމަށް ފަސް ނުޖެހޭ ކަމަށް ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ދީޕިކާ ޕަދޫކޯން ބުނެފިއެވެ.

މިގޮތުން ކިތަންމެ މުއްސަނދިކަމެއް އަދި މަޝްހޫރު ކަމެއް ލިބި، ކިތަންމެ ނޯކަރުންނެއް ތިއްބަސް ގެޔައް ބޭނުންވާ ސާމާނު ގަނެ ބާޒާރު ކުރުމަކީ އަމިއްލަ އަށް އަބަދުވެސް ކުރަން ބޭނުންވާ ކަމެއް ކަމަށް ދީޕިކާ ވަނީ ފާހަގަ ކޮށްފައެވެ. އަދި އޭނާ މިކަން ކުރަން ބޭނުންވަނީ ކީއްވެގެންކަން ފިރިމީހާއަށް ކިތަންމެ ވަރަކަށް ކިޔައިދިނަސް ނޭނގޭނެކަމަށް ދީޕިކާ ވަނީ ބުނެފައެވެ.

ދީޕިކާ އޭނާގެ އަމިއްލަ ގެއަށް ބޭނުންވާ ބާޒާރު ކުރުން މިފަހަރު ހަބަރުތަކަށް އައިސްފައިމިވަނީ މިދިޔަ ހުކުރު ދުވަހު ގެޔަށް ބޭނުންވާ ކާބޯތަކެތީގެ ސާމާނު ގަނެގެން ފިހާރައަކުން ނުކުންނަ ވީޑިޔޯއެއް އާންމު ކުރުމާއެކުއެވެ. މިވީޑިޔޯއިން ފެންނަގޮތުގައި، އާންމު ރައްޔިތެއް ފަދައިން ފިހާރައިން ގަންނަން ބޭނުންވާ ސާމާނު ގަނެ، ކައުންޓަރަށް ގޮސް ލާރި ދައްކައި، ގަތް ސާމާނު ހިފައިގެން ފިހާރައިން ނުކުމެގެން ގޮސް އޭނާ ކާރަށް އަރައެވެ. ދީޕިކާ އަކީ މަޝްހޫރު ތަރިޔަކަށް ވީނަމަވެސް އެއްވެސް ބޮޑާ ކަމެއް ނުދައްކާ ތަރިއެވެ. އަދި މަޝްހޫރު ކަން ބޭނުން ކޮށްގެން ކިޔު ފަޅާ ހެދުމުގެ ބަދަލުގައި، ފިހާރަޔަށް ވިޔަފާރި ކުރަން އައި އެހެން ކަސްޓަމަރުންނެކޭ އެއްފަދައިން ކައުންޓަރު ކައިރީގައި ކިއުގައި މަޑުކޮށްގެން ހުންނަ މަންޒަރު މި ވީޑިޔޯ އިން ފެނިގެން ދެއެވެ.

އަމިއްލަ ގެޔައް ބޭނުންވާ ސާމާނު ގަނެ ބާޒާރު ކުރުމުގެ އިތުރުން، ގޭގައި ނޯކަރުން ތިއްބަސް، ވަގުތު ލިބޭ ވަރަކުން، ގޭގައި ކުރަންޖެހޭ ހުރިހާ ކަމެއް އަމިއްލައަށް ކުރަން ބޭނުންވާކަމަށް ދީޕިކާ ވަނީ މީގެ ކުރިން ވެސް ބުނެފައެވެ. އަދި މިކަމާ ބެހޭގޮތުން ފިރިމީހާ ރަންވީރު ސުވާލުކުރުމުން މިއީ ދީޕިކާ އުޅެ ބޮޑުވެފައިހުރި ގޮތްކަން ވަނީ ފާހަގަކޮށްފައެވެ. އަދި ދަސްވެފައި ހުރީ މަސައްކަތް ކޮށްގެން ދިރިއުޅެން ކަމަށް ދީޕިކާ ވަނީ ބުނެފައެވެ.

ދީޕިކާ ޕަޑޫކޯން އަދި ރަންވީރް ސިންގ އެކުގައި ދެން ފެނިގެންދާނީ ކަބީރް ޚާން ޑިރެކްޓް ކޮށްފައިވާ ފިލްމު 83 ނަމަކަށް ކިޔާ ފިލްމަކުންނެވެ. މިފިލްމު ފުރަތަމަ ރިލީޒްކުރުމަށް ހަމަޖެހިފައިވީ 2020 ވަނަ އަހަރުއެވެ. ނަމަވެސް ކޮވިޑުގެ ބަލިމަޑުކަމާއެކު މި ފިލްމު ރިލީޒް ކުރުން މިއަހަރަށް ވަނީ ފަސްކުރެވިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން