ބޮލީވުޑްގެ މަޝްހޫރު ތަރި އަނުޝްކާ ޝަރްމާ އަދި އިންޑިޔާގެ މަޝްހޫރު ކްރިކެޓަރ ވިރާތު ކޮހްލީގެ ދެމަފިރިންނަށް ލިބުނު ދަރިފުޅުގެ ނަން ހާމަކޮށްފިއެވެ.
އަނުޝްކާ އަދި ވިރާތުއަށް ދަރިއަކު ލިބިފައިވަނީ މިދިޔަ މަހު 11 ވަނަ ދުވަހުއެވެ. މިދެތަރިންނަށް ލިބުނު ފުރަތަމަ ދަރިފުޅަށް އެދެމީހުން ކިޔައިފައިވަނީ ވާމިކާއެވެ.
ދަރިފުޅަށް ކިޔައިފައިވާ ނަން އަނުޝްކާ ހާމަކޮށްފައިވަނީ އިންސްޓަގްރާމުގައެވެ. މިގޮތުން ދަރިފުޅާއެކު މިދެމަފިރިން ނަގާފައިވާ ފޮޓޯއެއްވެސް އަނުޝްކާވަނީ ހިއްސާކޮށްފައެވެ. އަނުޝްކާގެ މިފޮޓޯއާއެކު ދަރިއަކު ލިބުމުން ކުރެވޭ އިހުސާސްތަކާއި ކުރެވެމުންދާ އާތަޖުރިބާތައް ވަނީ ހިއްސާކޮށްފައެވެ. އަދި ދަރިއަކު ލިބުމުން އެދެމަފިރިންގެ ދިރިއުޅުން އާހަރުފަތަކަށް ދިޔަކަމަށްވެސް އަނުޝްކާ ވަނީ ފާހަގަކޮށްފައެވެ.
ގިނަބައެއްގެ ލޯތްބާއި ތަރުހީބު ލިބެމުންދާ، އިންޑިޔާގެ ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި އަނުޝްކާ ޝަރްމާ އަދި އިންޑިޔާގެ މަޝްހޫރު ކްރިކެޓާ، ވިރާތު ކޮހްލީ ކައިވެނިކޮށްފައިވަނީ 2017 ވަނަ އަހަރު އިޓަލީގައެވެ. އަދި މިދެމަފިރިންނަށް އަންހެން ކުއްޖަކު ލިބުނު ކަން ހާމަކުރީ ޖެނުއަރީ 11 ވަނަ ދުވަހު ވިރާތު އޭނާގެ ޓްވިޓަރގައެވެ.

ކިޔުންތެރިންގެ ހިޔާލު