ވެނެޒުއޭލާގެ އަންހެނަކު އޭނާ ކޮވިޑަށް ޕޮޒިޓިވްވިކަން ސިއްރުކޮށްގެން އުޅެނިކޮށް އޭނާގެ މުޅިއާއިލާ ބަލީގެ ޝިކާރައަކަށްވެ މަރުވެއްޖެއެވެ.
އުމުރުން 36 އަހަރުގެ ވެރޯނިކާ ގާސިޔާއަށް ކޮވިޑުގެ އަލާމާތްތައް ފެނި ޕީސީއާރް ޓެސްޓެއް ހަދާފައިވަނީ މިދިޔަ އަހަރު ޑިސެމްބަރުމަހު މެދުތެރޭގައެވެ. ޕީސީއާރް ޓެސްޓުގެ ނަތީޖާ ޕޮޒިޓިވްވުމާއެކު އެކަން ސިއްރުކޮށް އާދައިގެ ހުމެއް ކަމަށް ވެރޯނިކާ ވަނީ އޭނާގެ ފިރިމީހާ އަދި ދަރިން ގާތު ބުނެފައެވެ.
ވެރޯނިކާ އޭނާގެ ޕީސީއާރް ޓެސްޓުގެ ނަތީޖާ ޕޮޒިޓިވްވިކަން ފިރިމީހާ ގާތު ބުނެފައިވަނީ ޑިސެމްބަރުމަހު ފަހުކޮޅު ފެމިލީ ޕާޓީއަކަށް ދާން އުޅުމުންނެވެ. މިއާއެކު ވެރޯނިކާ ގެ ފިރިމީހާ އާއި ތިން ދަރިން ކޮވިޑަށް ޓެސްޓު ކުރިއެވެ. އަދި ނަސީބު ކަންދިމާ ކުރިގޮތުން ވެރޯނިކާ ގެ ފިރިމީހާ އާއި ތިން ދަރިން ޓެސްޓުގެ ނަތީޖާއިން ވަނީ ނެގަޓިވްވެފައެވެ.
ނަމަވެސް ޖެނުއަރީ މަހު ކުރީކޮޅު ވެރޯނިކާއަށް ނިއުމޯނިޔާޖެހި، ހާލުދެރަވެގެން ހޮސްޕިޓަލުގައި އެޑްމިޓްކުރެވުނެވެ. މިއާއެކު ވެރޯނިކާ ގެ ފިރިމީހާ އާއި ތިން ދަރިން އަނެއްކާވެސް ކޮވިޑަށް ޓެސްޓު ކުރިއެވެ. މިފަހަރު އާއިލާގެ އެންމެން ކޮވިޑަށް ޕޮޒިޓިވްވީއެވެ.
ކޮވިޑަށް ޓެސްޓު ކުރިތާ ދެހަފުތާފަހުން ވެރޯނިކާގެ ފިރިމީހާގެ ހާލު ދެރަވެގެން އެޑްމިޓް ކުރެވުނެވެ. އަދި އެޑްމިޓް ކުރިތާ މާގިނަ ދުވަހެއް ނުވެ ވެެރޯނިކާގެ ފިރިމީހާއާއެކު ވެރޯނިކާވެސް މިދުނިޔެ ދޫކުރީއެވެ. އޭގެ މާގިނަ ދުވަސްތަކެއް ނުވެ ވެރޯނިކާގެ ތިން ކުދިންގެ ހާލު ދެރަވެގެން އެޑްމިޓް ކޮށްފައި ވަނިކޮށް މިދުނިޔެއާއި ވަކިވެ ދިޔައީއެވެ.
ކޮވިޑުގެ ބަލިމަޑުކަމުގައި ވެރޯނިކާގެ މުޅި އާއިލާ ގެއްލިގެން ދިޔައީ ކޮވިޑަށް ޕޮޒިޓިވްވިކަން ސިއްރުކުރުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު