ކްރިސްޓިއަން ދީނުގެ ފައްޅިއެއްގައި ބެޕްޓައިޒް ކުރުމުގެ ނަމުގައި ތުއްތުކުއްޖަކު ފެންއެއްޗަކަަށް ގަންބާލަނީ.
ކްރިސްޓިއަން ދީނުގެ ފައްޅިއެއްގައި ބެޕްޓައިޒް ކުރުމުގެ ނަމުގައި ތުއްތުކުއްޖަކު ފެންއެއްޗަކަަށް ގަންބާލަނީ.
ރޮމޭނިޔާގައި ހުންނަ ފައްޅިއެއްގައި ތުއްތުކުއްޖަކު މަރުވުމުން ދީނުގެ ނަމުގައި ކުރިއްސުރެ ކުރަމުން ދިޔަ ކަންކަން ބަދަލު ކުރުމަށް ގޮވާލައިފިއެވެ.

އުމުރުން ހަ ހަފްތާގެ މިތުއްތު ކުއްޖާ މަރުވެފައިވަނީ ދީނުގެ ނަމުގައި ބޮލަށް ފެންއެޅުން ނުވަތަ ބެޕްޓައިޒް ކުރުމުގެ ތެރޭގައެވެ. މިގޮތުން ބެޕްޓައިޒް ކުރުމުގެ ނަމުގައި ތިންފަހަރަށް މިތުއްތުކުއްޖާވަނީ ފެންއެއްޗަކަށް ގަންބައި ނަގާފައެވެ.

ބެޕްޓައިޒް ކުރުމުގެ ހަފްލާ ނިމުނު އިރު ތުއްތުކުއްޖާ ނޭވާނުލައިގެން ހޮސްޕިޓަލަށް ގެންދިޔައިރު ތުއްތުކުއްޖާ ހިތްހުއްޓިގެން ވަނީ މަރުވެފައެވެ. އަދި އޮޓޯޕްސީ ހެދުމުން ތުއްތުކުއްޖާގެ ފުއްޕާމޭގައި ފެނުގެ އަސަރު ހުރިކަން ފާހަގަވެފައިވެއެވެ.

މިހާދިސާއަށްފަހު ދީނުގެ ނަމުގައި ފައްޅިތަކުގައި ކުރަމުންދާ ބެޕްޓިޒްމް ފަދަ ހަރަކާތްތައް ހުއްޓާލުމަށް ޕެޓިޝަނެއް ހުށައެޅިފައިވާއިރު، މިހާދިސާއާއިގުޅިގެން އެފައްޅިއާއި ދެކޮޅަށް ފިޔަވަޅުއެޅުމަށް ތަހުގީގު ކުރެވެމުންދާކަމަށް ރޮމޭނިޔާގެ ޕްރޮސެކިއުޓަރ ޖެނެރަލް ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން