މުޙައްމަދު މަބްރޫކް ޢަޒީޒް
މުޙައްމަދު މަބްރޫކް ޢަޒީޒް
މާލޭގައި އެކަށީގެންވާ ވަރަށް ޕާކިން ޒޯންތައް އެބަހުރި ކަމަށް ރައީސް އޮފީހުގެ ސްޕޯކްސްޕަރސަން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ހިންގުމުގެ އެންމެ ފަހުގެ މަޢުލޫމާތު ނޫސްވެރިންނާ ޙިއްސާ ކުރުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، މާލޭގައި އެކަށީގެންވާ ވަރަށް ޕާކިން ޒޯންތައް މިހާރު އެބަހުރި ކަމަށެވެ.

ޕާކް ކުރާނެ ޖާގަ ދެއްކުމެއްނެތި އެއްގަމު އުޅަނދުތަކުގައި ސްޓިކާ ޖަހާ މައްސަލާގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ ސަރުކާރުގެ މައިގަނޑު ވަޢުދަކީ މާލޭގައި ޕާކް ކުރާނެ ޖާގަ އެކަށީގެންވާ ވަރަށް އިތުރުކުރުން ކަމަށެވެ. ނަމަވެސް ބައެއް ފަރާތްތަކުން ޕާކިން ޒޯން ކުރިމަތީ އޮންނައިރު ޒޯނުން ބޭރުގައި ޕާކް ކުރާކަން އޭނާ ފާހަގަ ކުރެއްވިއެވެ. މަބްރޫކް ވިދާޅުވީ އުޅަނދުތައް ޖޫރިމަނާ ކުރަނީ ޕާކްކުރާނެ ޖާގަ ދެއްކުމަށް ފަހުކަމަށެވެ.

މާލޭގައި ޕާކް ކުރާނެ ޖާގަ ދެއްކުމެއްނެތި، ޕާކިން ސްޓިކާ ނުޖެހުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދުފުޅެކެވެ. އެގޮތުން މާލޭގައި މި ސަރުކާރުން ވަނީ ގިނަ ޢަދަދަކަށް މުޅިން އަލަށް ޕާކް ކުރާނެ ޖާގަ އިތުރުކޮށްފައެވެ. ނަމަވެސް އެއީ މާލެއަށް އެންމެ އެކަށޭނެ މިންވަރަށް ނުވާތީ، މާލޭގައި ގެންގުޅޭ ހުރިހާ ވެހިކަލަކަށް ފުދޭ ވަރަށް މާލޭގައި ޕާކިންގ ޖާގައެއް ނެތެވެ.

އެހެންކަމުން މިހާރުވެސް މާލޭގައި ޤަވާއިދާ ޚިލާފަށް ޕާކްކުރާ ފަރާތްތައް ޖޫރިމަނާ ކޮށްގެން ދަޢުލަތަށް ބޮޑު މަންފާއެއް ގެންދަނީ ހޯދަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން