މިސްބާޙް (ކ). ޝިޔާމް (މ). ނަޒީރު (ވ)
މިސްބާޙް (ކ). ޝިޔާމް (މ). ނަޒީރު (ވ)
މަރު ކޮމިޝަނުގެ މެންބަރު މިސްބާހު އައްބާސް އާއި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރަކީ ހަނގުރާމައަށް ހަރުކަށި ތޯލިބާނުން ހަދާ ތަމްރީނުތައް ހައްދަވާފައިވާ ބޭފުޅުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ތުހުމަތު ކުރަށްވައިފިއެވެ.

ޒުވާނުންނަށް ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި އެއްވެ ތިބެވޭނޭ މަރުކަޒެއް ގާއިމުކޮށްދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި ގަރާރަށް ވާހަކަ ދައްކަވަމުން ޝިޔާމު ވިދާޅުވީ، އިއްޔެ މަރު ކޮމިޝަނުން ބޭއްވި ނިއުސް ކޮންފަރެންސްގައި އިންނެވި، އެ ކޮމިޝަންގެ މެންބަރު މިސްބާހު އައްބާސް ތޯލިބާނުންނާއެކު ޓްރެއިިނިން ހެދިތޯ، އޭނާގެ ހިސްޓްރީ ބަލާލަން ޖެހޭ ކަމަށެވެ.

އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ނަޒީރަކީ ކައުންޓަރ ޓެރަރިޒަމް ކޮމިޓީގައި އިންނަވާ ބޭފުޅެއް ކަމަށާއި، އެހެންކަމުން އޭނާ އެ ޓްރެއިނިން ހަދާފައިވޭތޯ އާއި އޭނާގެ ހިސްޓްރީވެސް ބަލަން ޖެހޭ ކަމަށް ޝިޔާމު ވިދާޅުވިއެވެ.

ޝިޔާމްގެ ވާހަކަފުޅާ ގުޅިގެން މަޖިލީހުގެ ރައީސް ވަނީ، ޝިޔާމް ފާހަގަކުރެއްވި ދެ ބޭފުޅުންނަކީ އެފަދަ ކަމެއް ކުރަށްވާފައި ތިއްބެވި ބައެއްކަން ސާފު ވުމަކީ މުހިންމުކަމެއް ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން ސަރުކާރުގެ އިދާރާތަކުން އެފަދަ މަޢުލޫމާތެއް އޮތްތޯ ސާފުކުރެއްވުމަށް މަޖިލީހުގެ ރައީސް ވަނީ މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ އަށް އަންގަވާފައެވެ.

މިސްބާހަކީ ކޮމިޝަންގެ މެންބަރު ކަމަށް ރައީސް ޞާލިޙް އައްޔަނު ކުރެއްވުމާއި ހަމައަށް ވެސް ނޫސްވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވެ ވަޑައިގެންނެވި ބޭފުޅެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން