ޕީޕީއެމް އިން މިއަދު ބޭއްވި މުޒާހަރާގެ ތެރެއިން
ޕީޕީއެމް އިން މިއަދު ބޭއްވި މުޒާހަރާގެ ތެރެއިން
ގިނަ ޢަދަދެއްގެ ބަޔަކާއެކު އިދިކޮޅު ޕީޕީއެމުން މާލޭގައި މިއަދު ހަވީރު މުޒާހަރާކޮށްފިއެވެ.

ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގައި ޢިމާރާތްކުރި ހިޔާ ފްލެޓްތައް ނުލިބުނު މީހުންނަށް އަމާޒުކޮށްގެން "މަގޭ ފްލެޓް ކޮބާ" ގެ ނަމުގައި ބޭއްވި މުޒާހަރާގައި ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ. މިއީ ފަހަކަށް އައިސް ޕީޕީއެމުން މާލޭގައި ބޭއްވި އެންމެ ބޮޑު ތަރުޙީބެއް ލިބުނު މުޒާހަރާއެވެ. މި މުޒާހަރާގައި ވަނީ ފްލެޓް ޙައްޤުވާ އެންމެންނަށް ފްލެޓް ދިނުމަށް ގޮވާލާފައެވެ. އަދި ފްލެޓްތައް ދީފައިވަނީ އިންސާފުން ނޫން ކަމަށް އެއްވުމުގެ ބައިވެރިން ވަނީ ގޮވާލާފައެވެ.

މި މުޒާހަރާގައި ޕީޕީއެމްގެ ލީޑަރޝިޕްގެ ގިނަ ބޭފުޅުން ބައިވެރިވެފައި ވާއިރު ޕީޕީއެމްގެ ދިދައާއި ޤައުމީ ދިދައާއެކު މާލޭގެ މަގުތަކުގައި ވަނީ ހިނގާލާފައެވެ. މުޒާހަރާގެ ވަކި ހިސާބަކުން މުޒާހަރާގެ ބައިވެރިންނާ ފުލުހުންނާ ދެމެދު ހަމަނުޖެހުންތަކެއް ހިނގާފައިވާއިރު ފުލުހުން ޕެޕަރ ސްޕްރޭ ބޭނުން ކުރުމުގެ ސަބަބުން ބައެއް ޢާއްމުންނަށް ވަނީ އަނިޔާ ވެފައެވެ. އަދި ފުލުހަކަށްވެސް އަނިޔާވެގެން އެ ސަރަޙައްދުން ގެންދިޔަ މަންޒަރު ވަނީ ފެނިފައެވެ.

"ހިޔާ" މަޝްރޫޢުގެ ފްލެޓް ލިބުނު ފަރާތްތަކުގެ މާކްސްތައް އަލުން ޗެކްކޮށް ފްލެޓް ޙައްޤުވާ ފަރާތްތައް ކަނޑައެޅުމަށް އެކުލަވާލާފައިވާ ކޮމިޓީން ފްލެޓް ލިބޭ ފަރާތްތައް ކަނޑައަޅައި، ފްލެޓް ލިސްޓް ޢާއްމުކޮށް ގެޒެޓް ކޮށްފައިވަނީ މިމަހުގެ 9 ވަނަ ދުވަހުގެ ރޭގައެވެ. އެގޮތުން އެ ލިސްޓުގައި ފްލެޓް ޙައްޤުވާ 6720 މީހުން ހިމަނާފައިވެއެވެ.

ޕީޕީއެމް އިން ފްލެޓްގެ މައްސަލާގައި މިއަދު ބޭއްވި މުޒާހަރާ ނިންމާލާފައިވަނީ ބޮޑުތަކުރުފާނުމަގުގައި ހުންނަ އެޕާޓީގެ އޮފީސް ކުރިމައްޗަށެވެ.


ކިޔުންތެރިންގެ ހިޔާލު


4

ީިެެިީަނަަ

13-Feb-2021

ފުލެޓު ލިބިިިއެުޗެ



ޓްރެންޑިން