މޯލްޑިިިވިއަންގެ މަތިންދާބޯޓެއް
މޯލްޑިިިވިއަންގެ މަތިންދާބޯޓެއް
މޯލްޑިވިއަނުން ކޮންމެ ދުވަހަކު ރާއްޖޭގެ ހުރިހާ ޑޮމެސްޓިކް އެއާޕޯޓުތަކަށް ކާގޯ ދަތުރުތަކެއް ކުރުމަށް ނިންމައިފިއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، މޯލްޑިވިއަނުން މިހާރު ކޮންމެ ދުވަހަކު ރާއްޖޭގެ ހުރިހާ ޑޮމެސްޓިކް އެއާޕޯޓުތަކަށް ކާގޯ ދަތުރުތަކެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މޯލްޑިވިއަނުން ކާގޯ ފްލައިޓުތައް ބާއްވަން ނިންމީ އަތޮޅުތަކަށް މުދާ ގެންދިއުމުގައި ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

އަދި މޯލްޑިވިއަނުން އަތޮޅުތަކަށް ކުރާ ކާގޯ ދަތުރުތަކުގައި، ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރާ ފަރާތްތަކަށް ދަތުރު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ. ކަރަންޓީނު ފެސިލިޓީތަކުގައި 14 ދުވަސް ފުރިހަމަ ކުރުމަށްފަހު ދޫކޮށްލާ ފަރާތްތަކަށް ރަށްތަކަށް ދެވޭނެ އިންތިޒާމު އެމްއެންޑީއެފާއި ގުޅިގެންވެސް ރާވަމުންދާ ކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ.

"އެ އިންތިޒާމު ވެސް އެބަ ރާވާ. ވަކި އަދަދަކަށް ގޮނޑި ވެސް އެބަހުރި ކާގޯ ފްލައިޓުތަކުގައި މާލެއިން އަތޮޅުތަކަށް ދާއިރު އެ ފަރާތްތައް ގެންދެވޭނެ ކަހަލަ ގޮތަކަށް." މަބްރޫކް ވިދާޅުވިއެވެ.

މާލެއިން ގިނަ އަދަދަކަށް މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވަމުންދާއިރު، މާލެ ސަރަހައްދު މިވަގުތު އޮތީ 14 ދުވަހަށް ލޮކްޑައުންކޮށްފައެވެ. އެއާއެކު ރާއްޖޭގެ އެތެރޭގެ އުދުހުންތައް ވެސް މިވަގުތަށް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން