ށ. ނަރުދޫ
ށ. ނަރުދޫ
ށ. ނަރުދޫން ދިވެއްސަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

"ރަސްއޮންލައިން" އަށް އެރަށުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ "އަމާޒު" ކިޔާ ބޯޓެއްގައި މަސައްކަތްކުރާ އެރަށު ފިރިހެނެކެވެ.

އެ ބޯޓު އެންމެ ފަހުން މާލެ އިން ފުރާފައި ވަނީ މާލެއިން މީހަކު ބައްޔަށް ޕޮޒިޓިވްވެ މާލެ ލޮކްޑައުން ކުރި ދުވަހު ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މީގެ ކުރިން ހއ. އަދި ހދ. އަށް ދަތުރުކުރާ "ކާވިޔާ" ބޯޓުން ދަތުރުކުރި މީހަކު ވެސް ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

އެޗްޕީއޭ އިން ބުނެފައިވަނީ މިހާތަނަށް ރާއްޖޭން ޕޮޒިޓިވް ވެފައި ވަނީ 129 މީހުން ކަމަށެވެ. ނަމަވެސް ނަރުދޫން މި ފެނުނު މީހާއާއެކު ރާއްޖޭން ޕޮޒިޓިވްވީ މީހުންގެ ޢަދަދު 130 އަށް އަރާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން