މަބްރޫކް އަަޒީޒް އަދި ޑރ. އަފްޒަލް
މަބްރޫކް އަަޒީޒް އަދި ޑރ. އަފްޒަލް
ނ. އަތޮޅާއި ހއ. އަތޮޅުގެ ބައެއް ރަށްތައް މޮނިޓަރިންގެ ހާލަތަށް ގެނައުމުގެ މަސައްކަތް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފަށައިފިއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފަރާތުން ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ނ. އަތޮޅުގެ ބައެއް ރަށްތަކާއި އަދި ހއ. އަތޮޅުގެ ބައެއް ރައްތައް މޮނިޓަރިންނަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިގޮތުން މިރަށްތަކުގެ ތެރޭގައި ހިމެނެނީ ނ. އަތޮޅުން، މިލަދޫ، ކެނދިކުޅަދޫ، ހެނބަދޫ، އަދި މާފަރެވެ. ހއ. އަތޮޅުން ހިމެނޭ ރައްތަކަކީ އުތީމު އަދި ދިއްދޫއެވެ.

މި ރަށްތައް މޮނިޓަރިންއަށް ގެންދިއުމުގެ މަސައްކަތް ކުރެވުން ދަނީ ރާއްޖެއިން 133 ވަނަ އަށް ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހާއާއި ގުޅިގެން ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

ށ. ނަރުދޫ އިން ޕޮޒިޓިވް ވެފައިވާ މި މީހާ އަކީ 49 އަހަރުގެ ފިރިހެނެއް ކަމަށާއި، މިއީ މާލެ އާއި އުތުރުގެ އަތޮޅުތަކާ ދެމެދު ދަތުރުކުރާ "އަމާޒު" ބޯޓުގެ ކެޕްޓަން ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

މާލެއިން މިމަހު 15 ވަނަ ދުވަހު ފުރި މިބޯޓުން 98 މީހުން ދަތުރުކުރި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި، މި ބޯޓުން ނ. ހެނބަދޫ، މާފަރު، މިލަދޫ، ކެނދިކުޅުދޫ، ހޮޅުދޫ ގެ އިތުރުން ށ. އަތޮޅު، ނަރުދޫ، ފުނަދޫ، މިލަންދޫ އާއި ފީވައް، މާއުނގޫދޫ އަދި ހއ. ދިއްދޫ އާއި އުތީމުގެ މީހުން ދަތުރު ކުރި ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

އަދި މި މީހާގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން މިހާރު ވަނީ 50 މީހަކު ހޯދިފައި ކަމަށާއި، އަދި އެބޯޓުން ދަތުރުކޮށްފައިވާ މިހާތަނަށް ހޯދިފައި ނުވާ މީހުން އެޗްޕީއޭގެ ހޮޓްލައިނަށް ގުޅާ އެކަން އެންގުމަށް އެޗްޕީއޭއިން އެދިފައި ވެއެވެ.

މިހާތަނަށް ރާއްޖޭގެ ދެ އަތޮޅަކުން ވަނީ ކޯވިޑް-19 އަށް ދެ މީހަކު ޕޮޒިޓިވް ވެފައެވެ. އެއީ ހއ. އުލިގަމާއި، ށ. ނަރުދޫންނެވެ. ރާއްޖެއިން ޖުމްލަ މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ 141 މީހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން