ރާއްޖޭގައި މަސައްކަތްކުރާ ބަޔަކު އިމިގްރޭޝަންގެ ހުއްދައާއެކު ފުރަނީ
ރާއްޖޭގައި މަސައްކަތްކުރާ ބަޔަކު އިމިގްރޭޝަންގެ ހުއްދައާއެކު ފުރަނީ
ރާއްޖޭގައި މަސައްކަތްކުރާ 701 ބިދޭސީއަކު އަމިއްލަ ޤައުމަށް ފުރައިފިއެވެ.

701 ބިދޭސީން ފުރުވާލިކަން ހާމަކޮށް މޯލްޑިވްސް އިމިގްރޭޝަނުން ބުނީ އެވަކުއޭޝަން ފްލައިޓްތަކުގައި ފުރުވާލާފައިވަނީ އިޓަލީވިލާތާއި، އިންޑޮނޭޝިއާއާއި ފިލިޕީންސްގެ ރައްޔިތުންނެވެ. މި މީހުންގެ ތެރޭގައި ގިނައީ ރާއްޖޭގައި މަސައްކަތްކުރާ މީހުންނެވެ.

ރާއްޖޭގައި ގިނަ ޢަދަދެއްގެ ބިދޭސީން މަސައްކަތްކުރަމުން އަންނައިރު ޤަވާއިދާ ޚިލާފަށް ދިރިއުޅޭ ބިދޭސީންގެ އަދަދުވެސް ގިނައެވެ. ކޯވިޑް-19 އާ ގުޅިގެން އިޤްތިޞާދީ ޙަރަކާތްތައް ހުއްޓިފައިވުމުން ގިނަ ބަޔަކަށް ޢާމްދަނީ ހޯދުމުގެ މަގު ވަނީ ބަންދުވެފައެވެ. އަދި ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރު ހުއްޓިފައިވުމުގެ ސަބަބުން ގިނަ ބަޔަކަށް ވަނީ އަނބުރާ އެމީހުންގެ ޤައުމުތަކަށް ނުދެވިފައެވެ.

ދާދިފަހުން ބަންގްލަދޭޝް އިން ރާއްޖެ އައި އެޤައުމުގެ އަސްކަރީ މަތިންދާ ބޯޓުގައި ވަނީ ރާއްޖޭގައި މަސައްކަތް ކުރާ 68 ބަންގްލަދޭޝް މީހަކު އަނބުރާ ގައުމަށް ފޮނުވާލައިފައެވެ. މީގެ ކުރިން ރާއްޖޭގައި ނުފުރިފައި ތިބި މޮރިޝަސްއާޢި ސައުތު އެފްރިކާގެ ފަތުރުވެރިން މޯލްޑިވިއަންގެ ޗާޓަރ ފްލައިޓެއްގައި އަނބުރާ ޤައުމަށް ގެންގޮސްދީފައިވެއެވެ. އަދި ޤަތަރު އެއާރވޭސް އިން ވަނީ އޮސްޓްރޭލިއާ ރައްޔިތުންވެސް އެ ޤައުމަށް ގެންގޮސްދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން