ރާއްޖެއިން ކޯވިޑް-19 ފުރަތަމަ ފެނުނު ކުރެއްދޫ އައިލެންޑް ރިސޯޓުގެ މުވައްޒަފުންގެ ސާމްޕަލްތައް ޓެސްޓު ކޮށް ނިމިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. ކުރެއްދޫ ރިޒޯޓުގެ މުވައްޒަފުން ކަރަންޓީންގައި ތިބޭތާ 50 ދުވަހަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.
މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ ފުލުހުންގެ ޕީސީއާރު މެޝިނުން އެންމެ ފުރަތަމަ ކޯވިޑަށް ޓެސްޓު ކުރީ ކުރެއްދޫ މުވައްޒަފުންގެ ސާމްޕަލްތައް ކަމަށެވެ. އޭނާ ވިދާޅުވީ ކުރެއްދޫގެ 190 ސާމްޕަލެއް ފުލުހުން ޓެސްޓު ކުރި ކަމަށެވެ. އަދި އެ ޓެސްޓު ތަކުގެ ނަތީޖާ މިރޭ8:30 ގެ ކުރިން އެޗްޕީއޭއަށް ފޮނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކުރެއްދޫގައި ޗުއްޓީ ހޭދަކޮށްފައި ދިޔަ ޓޫރިސްޓެއްގެ ފަރާތުން އެ ރިސޯޓުގެ ފަސް ބިދޭސީ މުވައްޒަފަކަށް ކޯވިޑް ޖެހުނެވެ. މިކަމާ ގުޅިގެން އެރަށް ކަރަންޓީން ކުރި ފަހުން އެޗްޕީއޭއިން ނިންމާފައިވަނީ ހުރިހާ ފަތުރުވެރިން ރިސޯޓުން ފުރުމުން ހުރިހާ މުވައްޒަފުން ކޯވިޑަށް ޓެސްޓު ކުރުމަށް ފަހު ނޫނީ ރިސޯޓުން ނުފޭބޭ ގޮތަށެވެ.
އެޗްޕީއޭގެ ޓީމަކުން ގޮސް އެ ރިސޯޓުގެ ހުރިހާ މުވައްޒަފުންގެ ސާމްޕަލް ނަގައި މާލެ ގެނައި ފަހުން މާލޭގައި އާންމުންގެ މެދުގައި ބަލި ފެތުރެން ފެށުމުން ކުރެއްދޫ މުވައްޒަފުންގެ ސާމްޕަލްތައް ޓެސްޓު ކުރުން އޮތީ މަޑު ޖެހިފައެވެ.
އެގޮތަށް ދިމާވީ ރާއްޖޭގައި ކޯވިޑް-19 އަށް އޭރު ޓެސްޓު ކުރަމުންދިޔައީ އައިޖީއެމްއެޗުގެ ލެބޯޓަރީގައި ހުންނަ މެޝިނުން އެކަނި ކަމަށް ވެފައި މާލެއިން ފެނުނު ކޭސްތަކާއި އެކޭސްތަކުގެ ކޮންޓެކްޓް ޓްރޭސިންގގެ ޓެސްޓްތައް ހެދުމަށް އިސްކަން ދޭތީއެވެ. މިހާރު އެޗްޕީއޭ އިންވަނީ ފުލުހުންގެ ފޮރެންސިލް ލްބޯޓަރީގައި ހުންނަ ޕީސީއާރު މެޝިންވެސް ކޯވިޑް-19 އަށް ޓެސްޓު ކުރަން ބޭނުން ކުރަން ފަށާފައި އެވެ.
ކުރެއްދޫ ރިސޯޓުގައި 500 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ.

ކިޔުންތެރިންގެ ހިޔާލު