އެމްޓީސީސީގެ ރައުސްމާލަކީ ކުންފުނީގެ މުއައްޒަފުން ކަމަށް ފާހަގަކޮށް ކުންފުނީގެ ވަޒީފާތަކަށް 254 ދިވެހިން ހޯދުމަށް އިޢުލާނު ކޮށްފިއެވެ.
އެމްޓީސީސީން ބުނީ ކުންފުނީގެ ޕްރޮޖެކްޓް ސައިޓްތަކުގެ ވަޒީފާތަކަކީ ދިވެހިންނަށް އިސްކަންދީގެން ހުޅުވާލާ ފުރުސަތުތަކެއް ކަމަށާއި، ކުންފުނީގެ އަމާޒަކީ ކުންފުނީގެ މަސައްކަތްތަކުގައި ދިވެހި މުއައްޒަފުންގެ ބައިވެރިވުން އެއް އަހަރުން އަނެއް އަހަރަށް އިތުރުކުރުން ކަމަށެވެ.
އެމްޓީސީސީއަކީ ދިވެހި މުއައްޒަފުންގެ ޙިއްސާ ބޮޑު ކުންފުންޏެއްކަން ފާހަގަކޮށް އެ ކުންފުނިން ބުނެފައިވަނީ ކުންފުނީގައި މިހާރު ވަޒީފާ އަދާކުރާ 2183 މުއައްޒަފުންގެ ތެރޭގައި ގިނައީ ދިވެހި މުއައްޒަފުން ކަމަށެވެ. އަދި ކުންފުނި ކުރިއަރުވާ ހިންގަން ކުންފުންޏަށް ބޭނުންވަނީ ދިވެހި މުއައްޒަފުންގެ ޚިދުމަތް ކަމަށާއި، މެދުކެނޑުމެއްނެތި އެންމެގިނައިން ވަޒީފާގެ ފުރުސަތުތައް ދިވެހިންނަށް ފަހިކޮށްދޭ ކުންފުންޏަކަށް އެމްޓީސީސީ ވާނެ ކަމަށެވެ.
"މިއަދު ކުންފުންޏަށް ލިބިފައިވާ ކާމިޔާބީއަކީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ރައްޔިތުންގެ ޙިދުމަތުގައި ކުންފުނީގެ މުއައްޒަފުން ކުރަމުންގެންދާ އިޙުލާސްތެރި ބުރަ މަސައްކަތުގެ ނަތީޖާއެވެ. އެމްޓީސީސީގެ ރައުސްމާލަކީ ކުންފުނީގެ މުއައްޒަފުންނެވެ. ފަންނުވެރި، ޤާބިލު އެމްޓީސީސީގެ ޓީމަށް ދިވެހި މުއައްޒަފުން ކުރިއަށްއޮތް ތަނުގައިވެސް އިތުރުވެގެން ދިއުމަކީ ކުންފުނީގެ އުއްމީދެވެ. އެމްޓީސީސީގެ ކުރިމަގު އޮތީ ދިވެހި މުއައްޒަފުންގެ އަތްމަތީގައެވެ." އެމްޓީސީސީން ބުނެފައިވެއެވެ.
އެމްޓީސީސީން ބުނީ އެ ކުންފުންޏަކީ ގިނަ އަދަދެއްގެ މަޝްރޫޢުތަކެއް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިންގާ ކުންފުންޏެއް ކަމަށާއި، މިވަގުތުވެސް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިންގާ 50 މަޝްރޫޢުގެ އިތުރުން 21 މަޝްރޫޢެއް ކުރިއަށްއޮތް ދުވަސްތަކުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ. މީގެތެރެއިން 11 މަޝްރޫޢެއްގެ މަސައްކަތް މާރޗްމަހު އެކަނިވެސް ފެށޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އެމްޓީސީސީގެ ޕްރޮޖެކްޓް ސައިޓްތަކުގައި ހުރި ވަޒީފާގެ ފުރުސަތުތައް މިއަދު ޢާއްމުކޮށްފައިވާއިރު މިވަޒީފާތަކުގެ ވޯކް -އިން އިންޓަރވިއުސް 04 މާރޗް 2021 އިން 11 މާރޗް 2021 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ވަޒީފާތަކުގެ ތެރޭގައި ހިމެނެނީ، ހެވީ ވެހިކަލް އޮޕަރޭޓަރުން، ވެލްޑަރުން، ކާރޕެންޓަރުން، މޭސަނުން، މެކޭނިކުން އަދި އިންޖިނޭރުންނެވެ. ދިހަހާސް ރުފިޔާ އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި ދިނިމަށް ހަމަޖެހިފައިވާ މިވަޒީފާތަކަށް ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކަށް ޓްރޭނިންގް ފުރުސަތުތައް ފަހިކޮށްދެވޭނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު