ބީއެމްއެލްގެ އޭޭޓީއެމް ސެންޓަރެއް
ބީއެމްއެލްގެ އޭޭޓީއެމް ސެންޓަރެއް
މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރ ކޮށްގެން ރާއްޖޭގެ އެކި ހިސާބުތަކުގައި ޚިދުމަތްދޭ ބޭންކް އޮފް މޯލްޑިވްސްގެ ގޮފިތަކަށާއި އޭޓީއެމްތަކަށް ބޭނުންވާ ނަގުދު ފައިސާ ފޯރުކޮށްދީފައިވާ ކަމަށް އެބޭންކުން ބުނެފިއެވެ.

ބީއެމްއެލް އިން ކުރި ޓްވީޓެއްގައި ބުނީ، މޯލްޑިވިއަންގެ ޗާޓާރޑް ފްލައިޓެއްގައި ނުވަ އެއާޕޯޓަކަށް ދަތުރުކޮށްފައިވާ ކަމަށާއި، އެ ދަތުރުތަކުގައި ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ގެ އިތުރުން އެ ބޭންކުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންފައިވާ ކަމަށެވެ.

މި ދަތުރުތަކުގައި ބޭންކްގެ 25 ބްރާންޗަށް ބޭނުންވާ ނަގުދު ފައިސާ ގެންގޮސް ދީފައިވާކަމަށް ބީއެމްއެލުން ބުނެފައި ވެއެވެ.

މީގެއިތުރުން މި ދަތުރުގައި ބައިވެރިވެވަޑައިގެންނެވި ބޭންކްގެ ޓީމުގައި ހުނެންވީ ބޭންކް ގެ ސިއީއޯ ޓިމް ސޯޔާ ކަމަށް އެ ބޭންކުން ބުނެފައި ވެއެވެ.

މާލޭގައި ކޯވިޑް-19 ފެތުރެން ފެށުމާއެކު މާލެ ސަރަހައްދުވަނީ ލޮކްޑައުންގެ ހާލަތަށް ގެނަސްފައެވެ. އަދި މިހާލަތުގައި މާލެއަށް ލަފާ ފުރުންވެސް ވަނީ މުޅިން މަނާކޮށްފައެވެ. އަދި އޭގެ ފަހުން އަތޮޅު ތެރެއިން ބަލީގެ އަސަރު ފެންނަން ފެށުމުން އަތޮޅު ތެރޭގެ ރަށްރަށަށް ވެސް ވަނީ ލަފާފުރުން މަނާކޮށްފައެވެ. ކޯވިޑް-19 ގެ ސަބަބުން އަޅާފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅުތަކާއެކުވެސް ދިވެހި ގައުމީ ބޭންކުން ދަނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭންކިންގގެ ޚިދުމަތްތައް އެކި ގޮތްގޮތުން ފޯރުކޮށްދެމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން