72 ވަނަ ބައި
.................
ރަމްލާ މަޢޫޒު ރަނގަޅަށް ދޮއްވުމަށްފަހު ތުވާލު އޮޅާލާފައި މުޢާޒުއާ ދިމާއަށް ދިއްކޮށްލިއެވެ. މުޢާޒު އަވަހަށް ދަރިފުޅު އުރާލައިފިއެވެ. ދެން އޭނާގެ ތެމިފައިވާ މޫނުން ދޮނެއް ނެގިނެވެ. މިކުދިންނަކީވެސް އަޖައިބެއްފަދަ ބައެކެވެ.
އިންސާނުން އިންސާނަކަށްވުމުގެ ސަބަބެކެވެ....! މުޢާޒު ދަރިފުޅު ގޮވައިގެން ކާރާދިމާއަށް ހިނގައްޖެއެވެ. ރަމްލާ ގަސްތުކުރީ ހަޑިވެފައި އޮތް ޖަނގިޔާ ދޮވެލައިގެން ދިއުމަށެވެ. އެހެންކަމުން އެއްއަތުން ޕަމްޕްހަލުވަމުން އަނެއް އަތުން ދޮވުނެވެ. އެއާއެކު އޭނާގެ ހިތުގައި ތަފާތު ކަންތައްތައް ބުރުޖަހަމުން ދިޔައެވެ.
ކުއްލިއަކަށް ކުރީގެ ކަންތައްތައް އޭނާއަށް ހަނދާން ކުރެވިއްޖެއެވެ.
ރަމްލާ އެނބުރި އައިސް ކާރުގައި އިށީނދެއްޖެއެވެ.
އޭނާގެ ހިތަށް ނޭނގޭ އުދާހެއްގެ ވާރޭވެހެމުން ދިޔައެވެ. އޭގެ ތެރޭގައި ހިތާމައެއްވެސް އެކުލެވިފައިވެއެވެ.
ފުރަތަމަ ހަތަރުގަނޑިއިރު ވަންދެން ދުއްވަމަށްފަހު ޙަބީބު ނަގަރުގެ ސަރަޙައްދަށް ވަދެއްޖެއެވެ. ހުރިހާ ފަރާތަކުން އާރޯ ދަނޑުތައް ފެންނަން ފަށައިފިއެވެ. އެއާއިއެކު ރަމްލާގެ ޠަބީޢަތުވެސް އާރޯވެގެން ހިނގައްޖެއެވެ. ކުރިމަތިން ފެންނަންހުރި ބޯޑެއްގައި [ޙަބީބު ނަގަރު] މިހެން ލިޔެފައި އޮތެވެ.
[މަންމާއެވެ.....] ރަމްލާ ކުއްލިއަކަށް އެނބުރިލާފައި ބުންޏެވެ.
[މިއަވަށުގެ ނަން ވަރަށް ރީއްޗެވެ. މިއަވަށަށް ނަންދިނީ ކާކުތޯއެވެ.]
މަންމަ ހަމައެކަނި ހީނިލިއެވެ. އެކަމަކު މުޢާޒު ވަރަށް މަޑުމައިތިރި އަޑަކުން ޖަވާބުދިނެވެ.
[މިނަންދިނީ އަހަރެންގެ ބައްޕައެވެ. ބައްޕައަކީ ވަރަށް ޚިޔާލު މުއްސަނދި މީހެކެވެ. މިއަވަށް އާބާދުކުރެއްވީ ޚުދް އޭނާއެވެ. އޭގެ ކުރީގައި މިއީ ބޯ ޖަންގައްޔެވެ. މިއަވަށަށް ނަންދެއްވާފައި އޮތީ މަންމަގެ ނަމާގުޅޭ ގޮތުންނެވެ. މަންމަގެ ނަމަކީ ޙަބީބާއެވެ.]
މުޢާޒު ރަމްލާއާ ދިމާއަށް ބަލާލަމުން ބުންޏެވެ.
[ދެން އެންމެ ރަނގަޅެވެ.] ރަމްލާއަށް ހުރިހާ ވާހަކައެއް ވިސްނުނު ކަހަލެއެވެ. މަންމަ އިސްޖަހާލިއެވެ.
[އަހަރެންގެ ބައްޕަ މިއަވަށް އާބާދުކުރެއްވީ ކައިވެނީގެ ފަހުންނެވެ. އަދި އަވަށުގެ ނަން [ޙަބީބު ނަގަރު] ކަމުގައި ހަމަޖެއްސެވުމަށްފަހު މަންމައަށް ހަދިޔާ ކުރެއްވިއެވެ.
ރަމްލާ އެނބުރިލާފައި ބަލާލިއެވެ. މަންމަ އިނީ ދެރަވެފައެވެ. މާޟީހަނދާންވުމުން އަސަރުކުރީ ކަންނޭނގެއެވެ. އޭނާ ވަރަށް މޮޅިވެރި ގޮތަކަށް ބޭރު ބަލަހައްޓައިގެން އިނެވެ. މަޢޫޒު ކިރުބޮއިގެން އޭނާގެ އުނގުގައި އޮވެ ނިދައިފިއެވެ. އެއާއެކު ބަރުހެލި ހިމޭންކަމެއް ކާރުގެ ތެރެއަށް ވެރިވެއްޖެއެވެ. އަދި އެހިމޭންކަން މުގުރާލާކަށް އެކަކުވެސް މަސައްކަތެއް ނުކުރިއެވެ.
ހަމައެވަގުތު އުޑުމައްޗަށް ކަޅު ބޯވިލާގަނޑެއް ފެތުރިއްޖެއެވެ. އިރު ގެއްލިއްޖެއެވެ. އަދި މުޅި މާޙައުލު ލަދުގެންފިއެވެ. މެންދުރު ވަގުތު އިރު ނިވައިލުމުން ކުއްލިއަކަށް މުޅި މާޙައުލަށް ލަދުވެތިކަން ވެރިވެދެއެވެ.
މިހާރު ކާރު ދަތުރު ކުރަމުންދަނީ ދަނޑުތަކުގެ މެދުގައި އޮތް ހަނިމަގަކުންނެވެ. އެހެންކަމުން ކާރުގެ ހެލުވުން އިތުރުވެފައިވެއެވެ.
މާޙައުލުގެ ނާޒުކުކަން ރަމްލާއަށް އިޙްސާސް ކުރެވުމާއިއެކު މުޢާޒުއާ ދިމާއަށް ބަލާލިއެވެ. އޭނާއިނީ ހަމަ އެގޮތަށް ލޯބޮޑު ކަޅުއައިނު އަޅައިގެންނެވެ. އެއްކަށިވީރެއް ފަދައިންނެވެ. އޭނާގެ ހިތުގައި އެއްވެސް ކަހަލަ ޖަޒުބާތެއްނުވާ ކަހަލައެވެ. ބަލާ ބެލުމަށް ހީވަނީ އޭނާގެ ހިތުގައި ކޮންޕިއުޓަރެއް ހަރުކުރެވިފައިވާ ހެނެވެ.
ރަމްލާ އެއްވެސް އިޚްތިޔާރަކާއނުލާ މުޢާޒުގެ ކަޅުއަތަށް ބަލަމުން ގެންދިޔައެވެ.
އެއަތުގައި ވަނީ ކޮން ނުބައެއް ހެއްޔެވެ.... ހަމައެކަނި ކަޅުކަމެވެ.... އެކަމަކު ލޯބީގެ މަޑު ހޫނުކަން އެއަތުގައި ވެއެވެ.
ދެން އަނެއްކާވެސް ޕަންޑީއަށް ކުރި ދަތުރު އޭނާއަށް ހަނދާން ވެއްޖެއެވެ. އެމީހުން ފަރުބަދަތަކުގެ ނިވަލުން ދިޔަ ވަގުތެވެ. އެއީ ހަވީރުގެ ވަގުތެވެ. މަގުމަތިން ދުއްވާ އެއްޗެތި ހުސްވުމާއިއެކު މުޢާޒު މަޑުމަޑުން ރަމްލާގެ ކޮނޑުމަތީގައި ބޯ ބާއްވާލިއެވެ. ރަމްލާ ކަންބޮޑުވެފައި ބުންޏެވެ.
[ތިޔަ ކުރައްވަނީ ކީއްތޯއެވެ. މީހަކަށް ފެނިއްޖެއްޔާ ބުނާނީ ފަހެ ކީކޭތޯއެވެ.]
[ފެންނާނީ ކާކަށް ހެއްޔެވެ؟]
[ނިކަން ބައްލަވާށެވެ. މިއީ ކިހާބިރުވެރި ހިސާބެއްތޯއެވެ. ހަމަ ކުއްލިއަކަށް ކުރިމަތިން ލޮރީއެއް ނުވަތަ ކާރެއް އައުމަކީ ދުރުކަމެއް ނޫނެވެ.]
[އަތުވެދާނެ ނޫން ހެއްޔެވެ. އޭރުން އަހަންނަކީ މޮޔައެކޭ މީހުން ބުނާނެއެވެ. ރީތި އަންހެން ކުއްޖަކު ޖަހައިގަނެގެން ދަނީއޭ ބުނާނެއެވެ.]
[ތިޔަހެން ހީކުރެއްވުމަކީ ރަނގަޅު ކަމެއްތޯއެވެ.] ރަމްލާ ނުރުހުންވެފައި ބުންޏެވެ.
[އަހަރެންގެ ބޮލުގައި އިލްޒާމެއް އެޅުމަކީ އަހަރެން ވަރަށް އުފާވާ ކަމެކެވެ. ތިމާގެ އަނބިމީހާ ދެކެ މިހާވަރަށް ލޯބިވެދާނެއޭ އެއްވެސް މީހަކު ހީކޮށްފާނެ ހެއްޔެވެ. އެކަމަކު އަހަރެންގެ ހުރިހާ ލޯތްބެއް އޮތީ އަނބިމީހާއަށްޓަކާ ރައްކާ ކޮށްފައެވެ.]
ރަމްލާ ނުރުހުންވެފައި މުޢާޒުގެ އަތުގައި ހިފާ ދުރުކޮށްލިއެވެ.
[ބައްލަވާށެވެ. އެއޮއް އަންނަނީ ލޯރިއެކެވެ.]
މުޢާޒު ބަރާށް ހީނގަތެވެ.
[އަންހެނުންނަކީ ހަމަ ޙަޤީޤަތުގައިވެސް ފިނޑިބައެކެވެ.] ދެން އަނެއްކާވެސް އެނބުރި އޭނާގެ މޫނަށް ބަލަން ފަށައިފިއެވެ.
[ކުރިމަތި ބައްލަވައިގެން ދަތުރު ކުރައްވާށެވެ. މިއީ ވަރަށް ނުރައްކާތެރި މަގެކެވެ.]
[އަހަރެންވެސް މިވަގުތު މިއިނީ ވަރަށް ނުރައްކާތެރި މޫޑެއްގައެވެ.]
މުޢާޒު ވަރަށް ހަނިމަގަކަށް ކާރު ވައްޓާލައިފިއެވެ. ދެން އަނެއްކާވެސް ރަމްލާގެ ރީނދޫވެފައިވާ މޫނަށް ބަލަން ފަށައިފިއެވެ....
މިއަދުގެ މުޅި ދަތުރުގައިވެސް އެގޮތަކަށް މުޢާޒު ރަމްލާއަކަށް ނުބަލައެވެ. ތެދެކެވެ. މިއަދު އެމީހުނާއެކު މަންމަވެސް އެބައިނެވެ. އެކަމަކު މުޢާޒަކީ ވަރަށްބޮޑަށް ލޯބިފާޅުކޮށް މަޖާވާހަކަ ދައްކާ މީހެކެވެ.
ރަމްލާގެ ލޮލަށް ވަރަށްގިނަ ކަރުނަ ޖަމާވެއްޖެއެވެ.
ބަދުނަސީބު ލޯތައް ރޮއެވެ. އެންމެފޮނި ވަގުތުގައިވެސް އެންމެ ހިތާމަވެރި ވަގުތުގައިވެސް މެއެވެ....
ކާރުގޮސް ހުއްޓާލުމާއިއެކު މުޅިއަވަށް އެއްތަން ވެއްޖެއެވެ. ކުދިބޮޑުއެންމެން ދުވެދުވެފައި މުޢާޒަށް ސަލާންކުރަން ފަށައިފިއެވެ. އެއްބަޔަކު ކާރުން އެއްޗެތި ބާލަން އަތުވެއްޖެއެވެ. އަނެއްބަޔަކު ގެއަށް ޚަބަރުދޭން ދުއްވައިގަތެވެ.
އިރު އޮއްސެންވާއިރަށް މުޅި އަވަށަށް ޚަބަރު ފެތުރިއްޖެއެވެ. އެހެންކަމުން ހުރިހާ އަންހެނުން މަސައްކަތް ތަކުން ނިމިގެން ޙަބީބާގެ ކައިރިއަށްް ޖަމާވާން ފަށައިފިއެވެ. ވަރަށްގިނަ މީހުން ރަމްލާއާއި ކުޑަދަރިފުޅު ދުށުމަށް އައެވެ. ޙަޤީޤަތުގައިވެސް ރަމްލާ ފެނިފައި އެމީހުން ވަރަށް އުފާވިއެވެ.
ޙަބީބާ ވަރަށް ލޯތްބާއިއެކު ކޮންމެ މީހެއްގެ ޙާލުއަޙްވާލު އޮޅުން ފިލުވިއެވެ. ކޮންމެ މީހަކު ހީނހީނފައި ވާހަކަ ދެއްކިއެވެ.
އެވަގުތު ރީތި ފިރިހެނަކާއިއެކު އެހާމެ ރީތި އަންހެނަކު ލޯބިލޯބި ކުއްޖަކު އުރައިގެން އަތުވެއްޖެއެވެ.
އެމީހުން ފެނިފައި މަންމަ އުފަލުން ފޮޅުނެވެ.
[ޙަފްޞާއެވެ. އަންނާށެވެ. ދަރިފުޅާއެވެ. ޙާލު ކިހިނެއް ހެއްޔެވެ؟]
ޙަފްޞާ، އޭނާގެ ކައިރިއަށްް އަތުވެއްޖެއެވެ. ދަރިފުޅު އުރުން ބާލުވާފައި ޙަބީބާގެ އަތަށްދިނެވެ. ޙަބީބާ އެކުއްޖާއަށް ލޯބިކުރިއެވެ. ގޭގެ ޙާލުއޮޅުން ފިލުވިއެވެ. ދެން އެއަންހެން ކުއްޖާ ޙަބީބާގެ ކައިރީގައިި އިށީނދެއްޖެއެވެ. ރަމްލާ ފަރުވާތެރި ކަމާއިއެކު ބަލާލިއެވެ. ޙަފްޞާއަކީ މިއަވަށުގެ އަންހެނުންނާ މުޅިން ތަފާތު، ކިޔަވައިގެންހުރި ކުއްޖެއް ކަހަލައެވެ. އޭނާގެ ރީތި ކަމުގައި އެކުލެވިފައި ވަނީ ހިތާމައެވެ. ލޮލުގައި ވަނީ މޮޅިވެރިކަމެވެ. އެއް ޒަމާނެއްގައި ރަމްލާއަކީވެސް މިފަދަ ގޮތަކަށް ފެނުނު އަންހެނަކު ކަމުގައި ރަމްލާއަށް އިޙްސާސް ކުރެވުނެވެ. އޭނާއަށްވެސް ކޮންމެވެސް ކަހަލަ ހިތާމައެއް ލިބިފައިވަނީ ކަންނޭނގެއެވެ.
އޭނާއާ ރައްޓެހިކަން އާލާކުރުމަށް ރަމާލްގެ ހިތަށް އެރިއެވެ.
ހަމަ އެވަގުތު ޙަފްޞާއާ ދިމާއަށް ބަލާލާފައި މަންމަ ސުވާލުކުރިއެވެ.
[މިހާރު ދެން ހުރިހާކަމެއް ރަނގަޅުދޯއެވެ. ނުކިޔެވުމުގެ ހިތާމަމެއް މިހާރަކު ނުކުރަމުދޯއެވެ.]
ޙަފްޞާ އިސްޖަހާލިއެވެ.
މަންމަ އަނެއްކާވެސް ބުނަން ފެށިއެވެ.
[އެހާވަރަށް ކިޔަވައިގެން ކުރާނީ ކޮންކަމެއް ހެއްޔެވެ. އަންހެނުންނަކީ ގޭތެރޭގެ މަސައްކަތުގައި އުޅޭ ބަޔެކެވެ. ކުދިން ބަލަން ތިބޭބައެކެވެ. މިއީ އަންހެނުންގެ އަސްލު މަސައްކަތެވެ.]
[އެކަމަކު ދައްތާއެވެ.] އޭނާ އިސްއުފުލާލިއެވެ. [ބަރާބަރު ދެއަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑަށް ޑޮކްޓަރީކަމުގެ ފާސް ލިބޭނެއެވެ. އަޅުގަނޑު ވަރަށް މަސައްކަތް ކުރީމެވެ. އަޅުގަނޑު އުއްމީދު ކޮށްގެންހުރީ ޑޮކްޓަރުކަން ކިޔަވައިގެން އިންސާނިއްޔަތަށްޓަކާ މަސައްކަތް ކުރުމަށެވެ.]
[ކޮއްކޯއެވެ. އިންސާނުންނަށްޓަކާ ކިތަންމެކަމެއް ކުރެވިދާނެއެވެ.]
[އެކަމަކު އަޅުގަނޑަށް ދެއަހަރު ދުވަހުގެ މުހުލަތު ދިނުމުގައި އޮތީ ކޮންގެއްލުމެއް ތޯއެވެ؟]
ޙަބީބާ ހޭންފަށައިފިއެވެ.
[މި ޅަޢުމުރުގެ ކައިވެންޏަކީ ވަރަށް ވިޔާނުދާ އެއްޗެކެވެ.] ޙަފްޞާ ރޮމުން ބުންޏެވެ. [އަޅުގަނޑު ކިޔެވުން ދޫކޮށްނުލައިފިނަމަ ކައިވެނި ރޫޅާލާނަމޭ މުރާދުއޮތީ ސާފުބަހުން ބުނެފައެވެ. މިއީ އަޅުގަނޑަށް ލިބޭ އަނިޔާއެއް ނޫންތޯއެވެ.]
[މިހާރު ދެން ތިޔަކަހަލަ ގޮތްގޮތަށް ނުވިސްނާށެވެ.] ޙަބީބާ ބުންޏެވެ. [މިހާރު ތިޔައީ މަންމައެކެވެ. ދެން އުފަލުގައި އުޅޭށެވެ. އިންސާނާގެ ކޮންމެ އެދުމެއް އަމިއްލައި އިޚްތިޔާރުގެ ދަށުގައެއް ނޯއެވެ..... އެހެންގޮތެއް ހަދާށެވެ. ޙަފްޞާގެ މިދަރިފުޅަށް ޑޮކްޓަރީކަން ކިޔަވައިދޭށެވެ.
* މިއެޕިސޯޑްގައި ހިމަނާލެވިފައިވާނީ ވޭނީކަރުނަ ވާހަކައިގެ ސަފްހާ ނަމްބަރު 218 އިން 220 ހަމައަށެވެ.
ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ *********************** ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު