77 ވަނަ ބައި
.................
މުޢާޒަކީ މަލާއިކަތެއް ހެއްޔެވެ. ނޫނީ މޮޔައެއް ހެއްޔެވެ......؟
އޭނާގެ ލޯބިން ފުރިފައިވާ ވާހަކަތައް ހަނދާންކުރެވޭ ހިނދު އޭނާ ދީވާނާވެއެވެ. ކުއްލިއަކަށް އޭނާގެ ޚިޔާލީ ސިލްސިލާ ކުދިކުދި ވެއްޖެއެވެ. އޭނާ އިނީ އިސްދަށަށް ޖަހައިގެންނެވެ. އެވަގުތު މުޢާޒު ކުޑަދަރިފުޅު ކޮނޑުމަތީގައި ބާއްވައިގެން އަތުވެއްޖެއެވެ. ކާރުގެ ދޮރުފަތް ހުޅުވާލުމާއިއެކު ރަމްލާ ސިހިފައި ބަލާލިއެވެ. ދެން ކުއްލިއަކަށް މަޢޫޒު އުރާލައިފިއެވެ. އެވަގުތު މަޢޫޒު އޮތީ މަސްތުވެފައިވާކަހަލަ ގޮތަކަށެވެ. ރަމްލާ ކަންބޮޑުވެފައި ސުވާލު ކުރިއެވެ.
[މިއޮތީކިހިނެއް ވެފައިތޯއެވެ....؟ މުޢާޒު ހުންގާނުގައި އަތްލުމުގެ ކުރީގައި ރަމްލާގެ މޫނަށް ފަރުވާތެރިކަމާއިއެކު ބަލާލިއެވެ. އޭނާގެ އެސްފިޔަތަކުގެ ވަށައިގެންވަނީ ކަރުނައިގެ އަސަރުތަކެވެ. އޭނާ ޚިޔާލީއޮއިވަރުގެ ތެރޭގައި ރުއީކަންނޭގެއެވެ. މުޢާޒު ހީކުރީ ރަމްލާ ރުއީ މަޢޫޒުގެ ޙާލާމެދުގައި ކަމުގައެވެ.
[ތިއޮތީ އިންޖެކްޝަން ޖަހާފައެވެ. އިރުކޮޅެއް ވަންދެން ހިމޭންކަމާއިއެކު ނިދާފައި އޮންނާނެއެވެ. ދެން ކަންބޮޑު ވާނެ ކަމެއްނެތެވެ.......] މުޢާޒު ޖަވާބުދިނެވެ.
ކާރު ދުއްވާލުމާއިއެކު ރަމްލާ މަޢޫޒު ބޮނޑިކޮށްލިއެވެ.
[ރަމޫއެވެ.] ކުރިއަށް ތަންކޮޅަކަށް ދިއުމަށްފަހު މުޢާޒު ބުންޏެވެ. [ރަމްލާގެ ދަރިފުޅުގެ ސިފަ ހުތުރުވިނަމަ ކުރެވޭނެކަމެއް އެބައޮތް ހެއްޔެވެ؟]
ދެން އޭނާ ރަމްލާގެ ރީނދޫވަމުން އަންނަ މޫނަށް ބަލާލިއެވެ.
ރަމްލާ ތުންފަތުގައި ދޫކާއްތާލިއެވެ. ދެން ލަދުވެތި އަޑަކުން ބުންޏެވެ.
[އެއްކަމެއްވެސް ނުކުރެވޭނެއެވެ.] ރަމްލާ ޖަވާބުދިނެވެ.
[އެއްވެސް މަޔަކުތިމާގެ ސިފަހުތުރު ދަރިއަކުދެކެ ރުޅިއާދޭ ހެއްޔެވެ؟] މުޢާޒު އަނެއްކާވެސް ސުވާލުކުރިއެވެ.
ރަމްލާ ހިމޭނުންއިނެވެ. މުޢާޒުގެ ކުރިމަތީގައި ޑޮކްޓަރާއި ދިމާއަށްބުނެވުނު ޖުމްލަތަކާއިމެދު މިހާރު އޭނާ ދެރަވާން ފަށައިފިއެވެ.
[ދުނިޔޭގައި އެންމެ ތެދުވެރި އިޚްލާޞްތެރި ލޯތްބެއްވެދޭނީ މަންމައެވެ. އައިބުތަކުން ފުރިފައިވާ ސިފަހުތުރު ދަރިން ދެކެވެސް ލޯބިވަނީ ހަމަ މަންމައެވެ.]
ރަމްލާ ބިރުންއިނދެ މުޢާޒުގެ މޫނަށްބަލާލިއެވެ. އޭނާގެ މޫނުމަތީގައިވަނީ ވަރުގަދަ ހިމޭންކަމެކެވެ. މިހިމޭންކަން ދެކެ ރަމްލާ ބިރުގަންނަން ފަށައިފިއެވެ. މުޢާޒު ހީނސަމާސާ ކުރާއިރު އޭނާ ބިރެއް ނުގަނެއެވެ. އެކަމަކު މި ހިމޭންކަން ދެކެ އޭނާ ބިރުގަންނަނީ ކީއްވެގެން ކަމެއް ނޭނގެއެވެ.
[މަންމަގެ އިތުރުން.....] ރަމްލާ ބިރުން އިނދެ ހުއްޓަހުއްޓާފައި ބުނަންފެށިއެވެ. [އިޚްލާޞްތެރި ލޯބިވެދޭނެ އެހެނިހެން އަމިއްލަ މީހުންވެސް ތިބެއެވެ.]
މިހާރު މުޢާޒު އިނީ މުޅިން ހިމޭންވެފައެވެ.
ރަމްލާ ހަމަ އެރާގުގައި އަޅައަޅައި ގަންނަމުން ބުނަންފެށިއެވެ.
[އެއްވެސް އިންސާނަކު އަނެއް އިންސާނެއްގެ އެތެރެހަށީގައިވާ ރީތިކަމާއި ރަނގަޅުކަން ދެކެފިއްޔާ......]
ދެން އަނެއްކާވެސް އޭނާ ތުންފަތުގައި ދޫކާއްތާލިއެވެ.
[ޙަޤީޤަތުގައި ލޯބިވުމުގެ ކުރީގައި ލޯތްބަށް ވިސްނާދިނުމަކީ ކޮންމެހެން ބޭނުންކަމެކެވެ. ފުރަތަމަ ނަޒަރާއިއެކު އެވާ ލޯތްބަކީ ފަހަރެއްގައިވެސް ލޯތްބެކޭ ނުބުނެވޭނެއެވެ.......]
[ޙަޤީޤަތުގައި ލޯތްބަށްޓަކާ އެއްވެސް މިނގަނޑެއް ކަނޑައެޅިފައެއް ނޯވެއެވެ. މިއީ..... މިއީ.....]
އަމިއްލަ ރާގާއި ވާހަކައާއިމެދު ކަންބޮޑުވެފައި ރަމްލާ ހިމޭންވެއްޖެއެވެ. ބުނަންއުޅެނީ ކީކޭކަމެއް ނޭގެއެވެ. އޭނާ ބުނަމުން އައީ ރަނގަޅު ވާހަކަތެކެކެވެ. އޭނާ ބުނަން އުޅުނު ކަހަލައެވެ.... ކަލޭ ތިޔަބުނީ ރަނގަޅު ވާހަކައެކެވެ.... ދުނިޔޭގައި މަންމައަކީ ތެދުވެރި ލޯބީގެ މާތްވެގެންވާ އަލާމަތެވެ.
މީގެއިތުރުންވެސް ވާހަކަދައްކަން އޭނާ ގަސްތުކުރިއެވެ... ތެދުވެރި ލޯބި، ރަނގަޅުކަންތައް ފަދައިން މަޑުމަޑުން ކައިރިއަށް އާދެއެވެ. މަޛްހަބު އަންގާދޭ ފޮތުގެގަނޑުތައް ފަދައިން އަމިއްލައަށް އުކިދެއެވެ.
މޫނު އަނދިރިކަމުގެ ތެރޭގައި ސިއްރު ސިއްރުން ބުރުޖަހަމުންދާ ވައިރޯޅިތައް، މާތަކަށް ޝަބްނަމްގެ ތިކިތައް އޮއްސަމުންދާ ފަދައިންނެވެ. އަދި އަރަމުން އަންނައިރާއިއެކު ނުފޮޅޭ މާތައް، ތާޒާމަލަށް ބަދަލުވަމުންދާ ބީދައިންނެވެ. އަދި ލިބިގަތުމުގެ ދޮރުގައި ލޯބި ޓަކި ޖަހާލާހިނދު ހުރިހާ ސޫރައަކާއި އައިބެއްގެއްލި، އޮބިދެއެވެ. ލޯތްބަކީ އެހެން އެކައްޗެއްވެސް ނޫނެވެ. އިޙްސާސެކެވެ.
ދެން އެހެން އެކައްޗެއްވެސް ބުނާކަށް އޭނާގެ ހިތަކަށް ނައެވެ.
މިހިސާބުން އެމީހުން ގެއަށް އަތުވެއްޖެއެވެ.
އެރޭގަނޑުގެ ވަގުތެވެ. ކައިރީގައި މަޢޫޒު ބާއްވައިގެން ނިންދެވުމަށްފަހު ރަމްލާ ތެދުވެ އިށީނދެއްޖެއެވެ. އަމިއްލަ ޚިޔާލުގެ ތެރެއަށް އޭނާ ގެއްލިފައި އިންދާ މުޢާޒު ހެދުން ބަދަލުކޮށްގެން ސްޓަޑީރޫމަށް ހިނގައްޖެއެވެ. އޭނާ ދިޔައީ ރަމްލާގެ ކައިރިންލާފައެވެ. އަދި އޭނާގެ އާދައިގެ މަތިން މެދުދޮރު ލެއްޕިއެވެ. ރަމްލާ އެތައް އިރެއްވަންދެން އެދޮރާއި ދިމާއަށް ބަލަހައްޓައިގެން އިނެވެ..... އިންސާނާގެ އިޙްސާސްތައް ޙައިރާންކަމުގެ މައްޗަށް ބަދަލުވެގެންދެއެވެ. މީގެ ކުޑަދުވަސްކޮޅެއްގެ ކުރީގައި މުޢާޒު އޭނާގެ ކައިރިއަށް އައިސް ސަމާސާކޮށް ހަދައެވެ. އެއާއެކު ރަމްލާގެ ޖަޒްބާތުތައް ނަފްރަތުގެ ސަބަބުން ކުރުގެޅިގެން ދެއެވެ. އަދި ކޮންމެވެސް ގޮތަކުން މުޢާޒުއާއި ދުރަށް ދިއުމަށް އޭނާގެ ހިތް ބުނެއެވެ. އެހެން ކޮޓަރިއަކަށްގޮސް ނިދުމަށް ހިތަށް އަރައެވެ. އޭނާއާ ވާހަކަވެސް ނުދައްކަން ޢަޒުމް ކަނޑައަޅައެވެ. އެކަމަކު މިއަދު އެސިފަހުތުރު މަކްރޫހަ އިންސާނާ އޭނާގެ ކައިރިންލާފައި އެހެން ކޮޓަރިއަކަށް ނިދަން ދިއުމުން އޭނާއަށް ކިހާ އަސަރެއްކޮށްފި ހެއްޔެވެ. އޭނާގެ މެޔަށް ވަޅިއެއް ހެރުނު ކަހަލައެވެ.
އޭނާ އަމިއްލަ ނަފްސުދެކެ ލަދުގަންނަން ފަށައިފިއެވެ.... ރަމްލާއެވެ! އެއްގެއެއްގައި އެއްކޮޓަރިއެއްގައި އެކަމަކު އެހާދުރުގައި އުޅުން އިޚްތިޔާރުކުރީ ކާކު ހެއްޔެވެ؟
ރަމްލާ ބޭއިޚްތިޔާރުގައި ރޯން ފަށައިފިއެވެ. އޭނާގެ ކަރުނަތައް، އެނދުގައި އަޅާފައި އޮތް ހުދު ރަޖާގަނޑުގެ މައްޗަށް ވާރޭގެ ތިކިތަކެއް ފަދައިން އޮހެން ފެށުމުން އެކަރުނަތައް ދެކެވެސް އޭނާ ރުޅި އަތުވެއްޖެއެވެ.
ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި ކުރާހިތުން އޭނާކުރީ ހަމައެންމެ ކަމެކެވެ. އެއީ ރުއިމެވެ.
އާނއެކެވެ. ރުއިން ފިޔަވާ އޭނާއަށް އޮތީ އެހެން ކޮންކަމެއް ހެއްޔެވެ؟
އަވަސް އަވަހަށް އޭނާ ލޯފޮހެން ފަށައިފިއެވެ. ހަމައެވަގުތު މުޢާޒު ދޮރުހުޅުވާލާފައި އެތެރެއަށްވަނީ ކީއްވެގެން ކަމެއް ނޭނގެއެވެ. އޭނާ ރަމްލާގެ ކައިރިއަށްް އައިސް ފަރުވާތެރި ކަމާއިއެކު މޫނަށް ބަލަން ފަށައިފިއެވެ.
ރަމްލާ ޖެހިލުންވެފައި އޭނާއާ ދިމާއަށް ބަލާލިއެވެ.
[މަޢޫޒު ރަނގަޅު ދޯއެވެ؟] މުޢާޒު އޮމާން އަޑަކުން ސުވާލުކުރިއެވެ.
[ލައްބައެވެ. ރަނގަޅެވެ.....]
ދެން މުޢާޒު ކައިރިއަށް ޖެހިލާފައި މަޢޫޒުގެ ނިތްކުރީގައި އަތްޖައްސާލިއެވެ. އެވަގުތުވެސް އޭނާއޮތީ ފުން ނިދީގެ ތެރޭގައެވެ. މުޢާޒު އޭނާގެ ނިތްކުރީގައި އަތްޖައްސާލި ވަގުތު މުޢާޒުގެ އެތެރެހަށިން ހޫނު އެހެނަސް ދިރުންއެކުލެވޭ މީރުވަހެއް ނުކުތެވެ. އެވަސްޖެހުނީ ސީދާ ރަމްލާގެ ނޭފަތުގައެވެ.
އޭނާއޮތީ ރަމްލާގެ ކައިރީގައި މަޢޫޒުއާ ދިމާއަށް ގުދުވެގެންނެވެ. އޭނާގެ އަގުމާތް ހެދުންއޮތީ ރަމްލާގެ މޫނު މަތީގައި ހޭކިހޭކިއެވެ. އޭނާގެ ޚާއްޞަވަސް ރަމްލާ ވަށާލަނީއެވެ. މީރުވަހުގައިވެސް ދުލެއްވާކަމުގައި އެވަގުތު ރަމްލާއަށް އެނގުނެވެ. މީރުވަސް ވާހަކަ ދައްކައެވެ. ހީނ ސަމާސާކުރެއެވެ. ދުލުން ބޭރުކުރުންދަތި ބޮޑެތި ވާހަކަތައް ބުނެއެވެ.
ބައެއް ފަހަރު މީރުވަސް ބުނެއެވެ.
[އަހަރެންގެ ގައިގައި ހިފައި ގަންނާށެވެ.]
ރަމްލާގެ ހިތް ޑަންޑަންލާފައި ތެޅެން ފަށައިފިއެވެ.
މުޢާޒު ކޮޅަށް ތެދުވެފައި ބުންޏެވެ.
[މިހާރު މުޅިން ރަނގަޅެވެ. މިރޭ ހަތަރުދަމު އޭނާ ހިމޭންކަމާއިއެކު ނިދާނެއެވެ. މިގޮތަށް ނިދިޔަސް ކަންބޮޑު ނުވާށެވެ. އޭނާއަށް ޑޮކްޓަރު އޮތީ ނިދާބޭސް ކާންދީފައެވެ.]
[ލައްބައެވެ.....] ރަމްލާ މަޑުމަޑުން ބުންޏެވެ.
[ރަމްލާ މާބޮޑަށް ކަންބޮޑުވެފައި ތިޔައިނީ ކީއްވެގެން ހެއްޔެވެ؟]
[އެއްވެސްކަމެއް ނުވެއެވެ......] ރަމްލާގެ އަޑު ބެދިއްޖެއެވެ.
[މީގެ ކުރިންވެސް ރަމްލާއަކީ ދަރިފުޅު، ގާތުގައި ނިންދަވަން އާދަވެފައިވާ އަންހެނެއް ނޫނެވެ. ރަމްލާއަށް ހަމަނިދި ނުބިލެންޏާ އަހަރެން ގާތުގައި މަޢޫޒު ބާއްވަފާނަމެވެ.]
ރަމްލާ ކަރުނައިން ފުރިފައިވާ ލޮލުން މުޢާޒުއާ ދިމާއަށް ބަލާލިއެވެ. އޭނާގެ ލޯ ބުނާ ކަހަލައެވެ.
އޭނާވެސް.... އޭނާވެސް ގެންދަނީ ހެއްޔެވެ..... އަހަރެންގެ ރޭތައް މުޅިން ވީރާނާކޮށްލަން ބޭނުންވަނީ ހެއްޔެވެ. ހުރިހާ އެއްޗެއް އަހަރެންގެ އަތުން ފޭރިގަންނަނީ ހެއްޔެވެ.
އެކަމަކު އޭނާ ކުރެހިފައިވާ އަޑުން ބުންޏެވެ.
[އަމިއްލަ ދަރިފުޅު ކައިރީގައި ނިންދަވަން މަންމައަކަށް އުނދަގޫ ވެދާނެތޯއެވެ. އެގޮތަށް ވިސްނާ މައިންނަކީ ބަދުނަސީބު ބައެކެވެ.]
[ފެށުނީއްސުރެވެސް އޭނާ ނިންދަވަނީ މަންމަގެ ގާތުގައި ނޫން ހެއްޔެވެ؟] މުޢާޒު ހިނގައިގަތެވެ.
[ލައްބައެވެ.....] ރަމްލާ ކޮޅަށް ތެދުވެއްޖެއެވެ. އަދި ބުންޏެވެ. [މަންމަ ދުރުވާނީ ކޮންއިރަކުން ތޯއެވެ. މަންމަ ގެނުވާނީ ކިހާދުވަހަކުން ތޯއެވެ؟]
މުޢާޒު އެނބުރިލާފައި ބަލާލިއެވެ. އަދި ސުވާލުކުރިއެވެ.
[ކިހިނެއްވީ ހެއްޔެވެ؟]
[އަޅުގަނޑު މާބޮޑަށް މަންމަ ދެކޭހިތްވަނީއެވެ.] މިހެން ބުނުމާއިއެކު އަނެއްކާވެސް ރަމްލާގެ ލޮލުން ހޯސްލާފައި ކަރުނަ އޮހިގަތެވެ.
[ރަމްލާއެވެ! އަހަރެން އޮތީ ބުނެފައިނޫން ހެއްޔެވެ.] މުޢާޒު ދާންއުޅެފައި މިކޮޅަށް އެނބުރިލިއެވެ. [މަންމަ ތަންތަނަށް އައިސްގޮސްވަނީ މީހެއްގެ ބުނުމަކަށް ނޫނެވެ. މަންމައަށް ދާން ފެނުމުން ދަނީއެވެ. އަންނަން ހިތަށް އެރުމުން އަންނަނީއެވެ.]
ރަމްލާ އަވަހަށް ކަރުނަ ފޮހެލާފައި ބުންޏެވެ.
* މިއެޕިސޯޑްގައި ހިމަނާލެވިފައިވާނީ ވޭނީކަރުނަ ވާހަކައިގެ ސަފްހާ ނަމްބަރު 233 އިން 235 ހަމައަށެވެ.
ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ *********************** ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު