މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހްލޫފް، މޭމަހުގެ އެއްވަނަ ދުވަހު އިސްތިއުފާ ނުދީފި ނަމަ ރޯކޮށްލާނެ ކަމަށް ބުނެ އިންޒާރު ދީފިއެވެ.

މި އިންޒާރު ދީފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރް މޫސާ (ގަޕޯ)ގެ ދަރިފުޅު މުހައްމަދު ޝާރިގެވެ. އޭނާ އެ އިންޒާރު ދީފައިވަނީ މިއަދު ކުރި ޓުވީޓެއްގައެވެ. އޭނާ ކުރި ޓްވީޓްގައި ބުނެފައި ވަނީ، އަންނަ މޭ 1 ވަނަ ދުވަހަކީ މަހްލޫފް އިސްތިއުފާ ދިނުމަށް އޮތް ފަހު ތާރީހު ކަމަށެވެ. އޭނާގެ ޓްވީޓަށް ޖަވާބުދީ، މަހްލޫފް އިސްތިއުފާ ނުދީފި ނަމަ ކުރާނީ ކީއްތޯ މީހަކު ޓުވީޓާގައި ކުރި ސުވާލަކަށް ޖަވާބު ދެމުން އޭނާ ބުނީ، "ރޯ ކޮށްލާނީ" ކަމަށެވެ. ދެން ދެމާނަ ދޭހަވާގޮތަށް އޭނާ ބުނެފައިވަނީ ގްރިލްގައި ބާބެކިއު ކޮށްލާނީ ކަމަށެވެ.

ޝާރިގްގެ އެއްވެސް ޓުވީޓެއްގައި މަހުލޫފް އިސްތިއުފާ ދެއްވަންޖެހޭ ސަބަބެއް ހާމަ ކޮށްފައެއް ނުވެއެވެ. ޝާރިގް މަޚުލޫފްގެ އިސްތިއުފާއަށް ގޮވާލާފައިވަނީ އޭނާ މަގާމުން ވަކިކުރަން އުޅޭ ކަމުގެ އަޑުތަށް ގަދަވެފައިވާ ދަނޑިވަޅެއްގައެެވެ.

ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭން ތެރޭގައިވެސް އެމްޑީޕީގެ އިސް އެކްޓިވިސްޓުން މަހުލޫފުގެ އިސްތިފާގެ ވާހަކަ ދައްކާފައި ވެއެވެ. އަދި މަހުލޫފް އިސްތިއުފާ ދެއްވުމުން އެމަގާމަށް އަންނާނެ އެކްޓިވިސްޓެއްގެ ނަންވެސް ހާމަކުރިއެވެ.

ސޯޝަލް މީޑިއާގައި މަރުގެ އިންޒާރު ދޭ މީހުންނާމެދު މީގެކުރިންވެސް ފުލުހުން ފިޔަވަޅު އަޅާފައިވާކަން ފާހަގަކޮށްލެވެއެެވެ. އެގޮތުން، އެފަދަ މީހުން ހައްޔަރުކޮށް، ދައުވާ ވެސް ކޮށްފައިވެއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން