ކައުންސިލާއެކު ބާއްވާ ފުރަތަމަ ބައްދަލުވުންވެސް ބާއްވާނީ ރަށްވެހި ޚިދުމަތް ޒަމާނީ ކުރުމަށްކަމަށާއި މާލެ އަތޮޅަކީ "ސްމާޓް" އަތޮޅަށް ހަދާނެ ކަމަށް މާލެއަތޮޅު ކައުންސިލްގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންފައިވާ މުހައްމަދު ނިމާލް ވިދާޅުވެއްޖެއެވެ.

މާލެ އަތޮޅު ކައުންސިލްގެ ރައީސް ކަމަށް އިންތިޚާބުވެވަޑައިގެންފައިވާ މުހައްމަދު ނިމާލް ވިދާޅުވީ، އޭނާ އާއެކު ބާއްވާ ކައުންސިލުގެ ފުރަތަމަ ބައްދަލުވުންވެސް ވެގެންދާނީ ރަށްވެހި ޚިދުމަތް ޒަމާނީ ކުރުމަށް ބާއްވާ ބައްދަލުވުމަކަށް ކަމަށެވެ. ނިމާލްގެ މިސްރާބު ހުރީ ޑިޖިޓަލް ޕްލެޓްފޯމާ ދިމާއަށް ކަމަށާއި، އަތޮޅު ކައުންސިލާއި ރަށުކައުންސިލްތަކުގެ އަމާޒު ޔަގީން ކުރާނީ އައިއެސްއޯ ސެޓިފައި ޚިދުމަތްތަކުން ރައްޔިތުންގެ މޫނުމަތިން އުފާވެރިކަން ގެނައުމަށް ކަމަށް ޕީއެންސީގެ ނާއިބް ރައީސްގެ މަގާމުވެސް ފުރުއްވާ ނިމާލް ވިދާޅުވިއެެވެ.

ނިމާލް ވިދާޅުވީ، މާލެ އަތޮޅަކީ "ސްމާޓް" އަތޮޅަށް ހެދުމަކީ އޭނާ ކުރަމުންދާ އުއްމީދެއް ކަމަށާއި، އެއީ ދެކެމުންދާ ހުވަފެނެއް ކަމަށެވެ.

"ތިޔަ ބޭފުޅުން އަޅުގަނޑު އަތުގައި ހިފައިދީފި، އޭގެ އަގު އަޅުގަނޑު އަދާކުރާނީ މުޅި އަތޮޅު ނަމޫނާ އަތޮޅަކަށް ހަދައިދީފަ. ތިޔަ ރައްޔިތުންގެ އުއްމީދުތަކަށް އަޅުގަނޑު ދަންނަވާނީ ފެހި ފެހި ފިޔާތޮށި ކުލަޔަކުން އާފާގު ޒީނަތްތެރިކޮށްފިޔޭ، ކެހި ފުސްވިލާތައް އުދަރެހުން މުސްތަގުބަލެއް ދައްކައިފިޔޭ." ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ކަން ކުރެއްވި ނިމާލް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން