އިންތިޚާބީ ކައުންސިލަރުންނަށް މުސާރަ އާއި އިނާޔަތް ބޮޑުކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

މާލިއްޔަތު ކޮމެޓީން އެގޮތަށް ނިންމައިފައިވަނީ ކައުންސިލަަރުންގެ މުސާރަ ބޮޑުކުރުމާއި ގުޅޭގޮތުން ޕޭ ކޮމިޝަނުން ހުށަހެޅި ހުށަހެޅުމަށް މަޝްވަރާ ކުރުމަށްފަހު އެވެ. ފިނޭންސް މިނިސްޓްރީއާއި ޕޭ ކޮމިޝަނުން ކުރި މަޝްވަރާތަކަށްފަހު ކައުންސިލަރުންގެ މުސާރަ ބޮޑުކުުރުމަށް މަޖިލީހަށް ހުށައަޅާފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ.

އެގޮތުން ކޮމިޓީން މިއަދު ވަނީ އަތޮޅު ކައުންސިލް ތަކުގެ ރައީސުންނަށް 28،000 ރުފިޔާ އަދި ރަށު ކައުންސިލްތަކުގެ ރަައީސުންނަށް 23،000 ރުފިޔާ ދިނުމަށް ފާސްކޮށްފައެވެ. ރަށު ކައުންސިލްތަކުގެ ނައިބުންނަށް 15،000 ރުފިޔާ އަދި މެންބަަރުންނަށް 12،000 ރުފިޔާ ދިނުމަށް ވެސް ކޮމެޓީން ވަނީ ނިއްމާފައެވެ. މީގެ އިތުރުން ސިޓީތަކުގެ މޭޔަރުންނަށް 40،000 ރުފިޔާ، ޑެޕިއުޓީ މޭޔަރުންނަށް 35،000 ރުފިޔާ އަދި ސިޓީ ކައުންސިލްތަކުގެ މެންބަރުންނަށް 30،000 ރުފިޔާ ދިނުމަށްވެސް މާލިއްޔަތު ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ކޮމިޓީން ފާސްކުރި ނަމަވެސް މިމައްސަލައިގައި މެންބަރުންގެ މެދުގައި ބޮޑު ހިޔާލު ތަފާތުވުން ތަކެއް ހުރިކަން ފާހަގަކުރެވެއެެވެ. އެގޮތުން 23،000 ރުފިޔާ އެއީ ބޮޑު އަދަދެއް ކަމަށް ފާހަގަކުރައްވާ ބައެއް މެންބަރުން ވަނީ އެ އަދަދު 20،000 ރުފިޔާ އަށް ކުޑަކުރުމަށް އެދިވަޑައިގެންފައެވެ. ބައެއް މެންބަރުން ވިދާޅުވީ ކައުންސިލްތަކުގެ ރައީސުންނާއި ނާއިބު ރައީސުން އަދި މެންބަރުންގެ މެދުގައި މުސާރައިގެ ބޮޑު ތަފާތެއް ހުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ކައުންސިލަރުންގެ މުސާރަ ބޮޑު ކުރުމަށް މާލިއްޔަތު ކޮމިޓީން ފާސްކުރި ނަމަވެސް އެއަށް އަމަލުކުރެވޭނީމަޖިލީހުގެ ތަޅުމުން ކޮމިޓީގެ ރިޕޯޓް ފާސްކޮށްގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން