އަހުމަދު މަސްނޫމް   26 އޭޕްރީލު 2021 - 16:34
އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބާވަތްތަކާއި ދެކޮޅަށް "ޕްލާސްޓިކާ ނުލައި" ނަމުގައި ހިންގާ ޤައުމީ ކެމްޕެއިނެއް އިފްތިތާހުކޮށްފިއެވެ.

މިކަމަށްޓަކާ ބޭއްވި ވާރޗުއަލް އިވެންޓްގައި މި ކެމްޕެއިން ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ. ޙުސައިން ރަޝީދު ޙަސަނެވެ.

މިރަސްމިއްުޔާތުގައި ސިންގަލްޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭނާއި ގުޅޭގޮތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ތައްޔާރުކޮށްފައިވާ ފޮލިސީ ޕްރެޒެންޓޭޝަން ވީޑިއޯއެއް ވަނީ ހުށައަޅާފައެވެ.

މި ޕްރެޒެންޓޭޝަންގައި ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭންގެ ދަށުން ޖުމްލަގޮތެއްގައި ކުރެވެމުންދާ އަދި ކުރުމަށް ރޭވިފައިިވާ މަސައްކަތްތަކަށް އަލި އަޅުވާލިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ މި ކެމްޕެއިންގެ ދަށުން އެކި މުވައްސަސަތަކާ ގުޅިގެން "ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭން" ތަންފީޒުކުރުމުގައި ކުރެވިގެންދާނެ މަސައްކަތްތަކާ ބެހޭ ފުރިހަމަ މަޢުލޫމާތު ދެވި އެކަންތައްތަކަށް އާއްމުން ހޭލުންތެރި ކުރާނެކަމަށެވެ.

އެގޮތުން، ޤާނޫނީ ގޮތުން ގެނެވޭ ބަދަލުތަކާއި ޕްލާސްޓިކާ ނުލައި ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރެވޭނެ ތަފާތު އެކި ބައިތަކަށް އަމާޒުކޮށްގެން ހޭލުންތެރިކަމުގެ ތަފާތު އެކި ހަރަކާތްތައް ކުރިއަށް ގެންދާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. މީގެ އިތުރުން، "ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭން" ތަންފީޒުކުރުމުގެ މަސައްކަތްތަކުގެ މަޢުލޫމާތު މި ކެމްޕެއިންގައި ޚިއްސާވާ ފަރާތްތައް މެދުވެރިކޮށްވެސް އާއްމުންނާ ހަމައަށް ފޯރުކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިދިޔަ އަހަރުގެ ނޮވްމެބަރު މަހުގެ 5 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ " ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭން" ފާސްކުރައްވާފައެވެ. އަދި، މި މަސައްކަތާ ގުޅިގެން ރާއްޖޭގެ އެކްސްޕޯޓު އިމްޕޯޓު ޤާނޫނުގެ ދަށުން ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ކުރާ ސިންގަލްޔޫސް ޕްލާސްޓިކްގެ ވަކި ބާވަތްތަކެއް މަނާކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ޤަރާރެއް ފާސްކޮށްދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން