އަހުމަދު މަސްނޫމް   26 އޭޕްރީލު 2021 - 16:44
އޭ ލެވެލް އިމްތިހާނު ރާއްޖޭގައި މިއަދު ފަށައިފިއެވެ.

ކޮވިޑާއި ގުޅިގެން މެއި/ޖޫންގައި އެޑެކްސެލް އިމްތިހާނު ނުބާއްވަން އިނގިރޭސި ވިލާތުގެ ޕިއާސަން އިން ނިންމި ނަމަވެސް ރާއްޖޭގައި އޭ ލެވެލް އިމްތިހާނު ފަށާފައި މިވަނީ ރާއްޖެއިން ކުރި މަސައްކަތާއެކުއެވެ.

މިއަދު ފެށި އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ އަދަދު ޔަގީނެއް ނޫނެވެ. މިއަދު ފެށި އިމްތިހާން މިމަހުގެ 24 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެއެވެ.

މި އިމްތިހާން ބާއްވަން އެންމެ ފުރަތަމަ އުޅުނީ މެއި/ޖޫންގަ އެވެ. ނަމަވެސް އެޑެކްސެލް އިން އިމްތިހާނު ބާއްވާ ތާރީހު އޭޕްރީލަށް އަވަސްކުރީއެވެ. އެކަމާއި ގުޅިގެން ގިނަ ދަރިވަރުންނާއި ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރުމުން އެޑިއުކޭޝަނުން ވަނީ އަންނަ އޮކްޓޯބަރު/ނޮވެމްބަރުގައި ވެސް އޭ ލެވެލް އިމްތިހާނު ހެދުމުގެ ފުރުސަތު ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން