އަހުމަދު މަސްނޫމް   26 އޭޕްރީލު 2021 - 17:4
ކުރިން މަގާމުގައި ހުންނެވި ހުސެން ފިޔާޒު މޫސާ ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވުމުން ހުސްވެފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރަން ތިން ބޭފުޅެއްގެ ނަންފުޅު ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވައިފިއެވެ.

އިންފޯމޭޝަން ކޮމިޝަނަރުގެ މަޤާމަށް އައްޔަންކުރަން ރައީސް މަޖިލީހަށް ފޮނުއްވި ނަންފުޅުތަކަކީ ކުރިން ވީ މީޑިއާގައި ދުވަސްކޮޅަކު އުޅުއްވި ޝިހާމް މުހައްމަދު ވަހީދާއި ހ. ގުރުވަ، އަހުމަދު އާހިދު ރަޝީދާއި މ. ދާސްތާން، މަރިޔަމް އަލީމްގެ ނަންފުޅެވެ. މިބޭފުޅުންގެ ތެރެއިން ލިސްޓުގެ އެންމެ ކުރީގައި އޮތީ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ވެސް ފުރުއްވި ޝިހާމްގެ ނަންފުޅެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ޖުލައި 13، 2014 ގައި އުފައްދާފައިވާ މިނިވަން މުއައްސަސާއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން