އަހުމަދު މަސްނޫމް   26 އޭޕްރީލު 2021 - 17:11
އޭދަފުށިން ކޯވިޑް 19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 99 އަށް އަރައިފިއެވެ.

ބ. އަތޮޅު ހޮސްޕިޓަލުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެ ވަނީ އެރަށުން 49 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އެހެންކަމުން އެރަށުން މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 99 އަށް އަރާފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނީ ޕޮޒިޓިވްވި 49 މީހުންގެ ތެރޭގައި ގިނައީ ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓްވިކަމަށް ބެލެވިގެން ޓެސްޓް ހެދި މީހުންކަމަށެވެ. އަދި މިހާރުވެސް އިތުރު ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންދާކަމަށާއި އިއްުޔެވެސް 200 އަށްވުރެ ގިނަ ސާމްޕަލް ނަގާފައިވާކަމަށް އެހޮސްޕިޓަލުން މައުލޫމާތުދެއެވެ.

އޭދަފުށީގެ އާބާދީގެ ތެރޭގައި ކޯވިޑް ފެތުރެމުންދާއިރު، އެ އަތޮޅުގެ ބައެއް އެހެން ރަށްރަށުންވެސް ކޯވިޑްގެ ކޭސްތައް ދަނީ ފެންނަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން