ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު.
އިންޑިޔާގެ ކޮވިޑުގެ ދެވަނަ ރާޅާއެކު އެގައުމުގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ދަތި އުނދަގޫ ހާލަތުގައިވެސް އިންޑިޔާގެ ރައްޔިތުންނާއެކުގައި ހުންނެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކޮވިޑުގެ ދެވަނަ ރާޅާއެކު އިންޑިޔާގައި ބަލިޖެހިގެން ހާލު ބޮޑުވާމީހުން ގިނަވެ، އިންޑިޔާގެ ހޮސްޕިޓަލްތައް އޮކްސިޖަނަށްޖެހި ބަލިމީހުން މަރުވާން ދޫކޮށްލަން ވަނީ މަޖުބޫރުވެެފައެވެ. މިގޮތުން އޮކްސިޖަނަށް މަޑުކޮށްގެން ތިބި އެތައް ބަލިމީހަކު މިހާރު ވަނީ މަރުވެފައެވެ. ކޮވިޑް ބަލީގައި ހާލުބޮޑުވެ މަރުވާ މީހުން ގިނަވެގެން، މަރުވާމީހުންގެ ޖަނާޒާ ބޭއްވުމަށްވެސް މިހާރުވަނީ ކިއުހަދާފައެވެ.

ކޮވިޑް ބަލީގައި ހާލުބޮޑު ބަލިމީހުން ގޮވައިގެން ހޮސްޕިޓަލްތަކުގައި އޮކްސިޖަނަށްއެދި ސަލާންޖަހައި އާދޭސް ކުރަމުންދާ އާއިލާތައްވެސް އިންޑިޔާގައި ދަނީ އިތުރުވަމުންނެވެ.

މިކަމާއި ގުޅިގެން އެކުވެރި އަވަށްޓެރި އިންޑިޔާގެ ރައްޔިތުންނަށް ހިތްވަރުދެއްވާ މިދަނޑިވަޅުގައިވެސް އިންޑިޔާގެ ރައްޔިތުންނާއެކުވާކަމަށް ވިދާޅުވެ ރައީސް ނަޝީދު މިއަދު ވަނީ ޓްވީޓް ކުރައްވާފައެވެ. އަދި މިބަލިމަޑުކަމުން އަރައިގަނެވޭނެ ދުވަހަކަށް އިންތިޒާރުކުރަމުންދާކަމަށްވެސް ވިދާޅުވެފައިވެއެވެ.

"މިދަތިއުނދަގޫ ވަގުތުގައިވެސް އިންޑިޔާގެ ރައްޔިތުންނާމެދު ވިސްނާ ހެޔޮދުއާ ކުރަން. މިނުރައްކާތެރި ވައިރަސް އެއްވެސް މީހަކަށް ބެލުމެއްނެތް. އެންމެ އިންތިޒާރު ކުރެވެނީ މިބަލިމަޑުކަމުން އަރައިގަނެވޭނެ ދުވަހަކަށް. އުއްމީދުކުރެވެނީ މާގިނަ ދުވަހެއް ނުނަގާނެކަމަށް. ދުނިޔޭގެ ހުރިހާ އެންމެނަށް ވެކްސިން ލިބުމުން މިބަލިމަޑުކަމުން ސަލާމަތްވެވޭނެ." ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.



ކޮވިޑުގެ ދެވަނަ ރާޅާއެކު އިންޑިޔާގައި ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހޭމީހުން މިހާރުވަނީ އަންދާޒާ ނުކުރެވޭވަރަށް ގިނަވެފައެވެ. މިގޮތުން ދުވާލެއްގެ މައްޗަށް 300،000 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެ ޖެހިޖެހިގެން ފަސްދުވަހު ރެކޯޑް އަދަދަކަށް ޕޮޒިޓިވް ވެފައިވާކަން ފާހަގަކުރެވެއެވެ. މިއާއެކު މުޅިދުނިޔޭގައި ބަލީގެ ތަފާސް ހިސާބުތައް މައްޗަށް ގޮސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން