މޫދު އަޑިން ނެގި ދެމީހުން:ކ-ވ ޝިފާޒް މުހައްމަދު، ޖަލްޒާން މުހަންމަދު
މޫދު އަޑިން ނެގި ދެމީހުން:ކ-ވ ޝިފާޒް މުހައްމަދު، ޖަލްޒާން މުހަންމަދު
ފ. ނިލަންދޫގައި ފާނަ މަސްވެރިކަމަށް ނިކުމެ އުޅުނު ދޯންޏަކުން މޫދަށް މަސްހިފަން ފޭބި ދެމީހެއްގެ ހާލު ސީރިއަސްވެއްޖެއެވެ.

ނިލަންދޫގައި ފާނަ މަސްވެރިކަމަށް ނިކުމެ އުޅުނު ދޯންޏަކުން މަސް ހިފަން މޫދަށް ފޭބި ދެމީހުން ހާލު ސީރިއަސްވީ އޭގެ ތެރެއިން އެކަކު މޫދަށް ފޭބުމަށްފަހު ޚަބަރެއް ނުވެ އިރުވާތީ އޭނާއަށް ވީގޮތެއް ބެލުމަށް ދެވަނަ މީހާ ގޮސް އުޅުމުގެތެރޭގައި މާ ފުނަށް ދެވުމުންނެވެ. މޫދަށް ފޭބި ފުރަތަމަމީހާ އޮތީ މޫދު އަޑީގައި ޚަބަރު ހުސްވެފައެވެ.

ނިލަންދޫ ކައުންސިލްގެ ނައިބު ރައީސް އަލީ މުހައްމަދު ވިދާޅުވީ، އެހާދިސާ ހިނގާފައިވަނީ ނިލަންދޫ ކައިރީގައި އޮންނަ ތިންވަންމުލި ކިޔާ ސަރަހައްދަކަށް ބަޔަކު މަސް ހިފަން ގޮސް އުޅެނިކޮށް ކަމަށެވެ. އެމީހުން އެ ސަރަހައްދަށް މަސްހިފަަން ދިޔައީ މިއަދުގެ މެންދުރުގެ ވަގުތެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ. އެމީހުން މަސް ހިފަން އުުޅުނީ 25 މީޓަރު އަޑިން ކަމަށާއި، އެގޮތަށް މަސް ހިފަން އުޅުމުގެ ތެރޭގައި މަސްހިފަން ބޭނުންކުރި ދަގަނޑު މަހަކަށް ޖަހައިގެން އެ ދަގަނޑު ގޮސް ތާށިވީ ގަލެއްގައި ކަމަށް އަލީ މުހައްމަދު ވިދާޅުވިއެވެެ.

އެ ދެމީހުންގެ ހާލުވެސް ސީރިއަސްއެވެ. ފ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އޭގެ ތެރެއިން އެކަކު ވެންޓިލޭޓަރުގައި އެމަޖެންސީކޮށް މިހާރު ވަނީ އިތުރު ފަރުވާއަށް މާލެ ގެެނެސްފައެވެ. މިހާދިސާގައި ހާލު ސީރިއަސްވެފައިވަނީ ފ. ނިލަންދޫ، ދޮންފަތްބަގީޗާގޭ ޝިފާޒް މުހައްމަދެވެ. އޭނާގެ ޚަބަރެއް ނުވެގެން މޫދަށް ފޭބީ ޖަޒްލާން މުހަންމަދެވެ. އޭގެ ތެރެއިން ހާލު ސީރިއަސްވެ މާލެ ގެނައީ ޝިފާޒެވެ. ޖަޒްލާނަށް ފަރުވާ ދެމުންދަނީ ފ. އަތޮޅު ހޮސްޕިޓަލުގައެވެ

ފުލުހުން ބުނީ ނިލަންދޫ ކައިރިން ޑައިވިންއަށް ގޮސް އުޅުނު 21 އަހަރުގެ ދިވެހި ފިރިހެނެއްގެ ހާލު ސީރިއަސްވެެން މިއަދު ތިނެއް ޖަހާކަން ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ މައުލޫމާތު ލިބުމާ އެކު ޕޮލިސް ލޯންޗެއްގައި އެމީހާ ނިލަންދޫއަށް ގެންގޮސް ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާ ދިނުމަށް މިހާރު މާލެ ގެނެސްފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން