އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް މިނިސްޓަރު އަހުމަދު މަހުލޫފު މިރޭ ވިދާޅުވެއްޖެއެވެ.

މަހުލޫފް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްޑީޕީ ގައުމީ މަޖިލީހުގެ އިންތިހާބުގައި، މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމަށް ވާދަ ކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ. 

މެދު އުތުރު ޕްރޮވިންސަކީ ކ، އއ، އދ އަދި ވ އަތޮޅެވެ. އެގޮތުން މި ދާއިރާގެ އެމްޑީޕީގެ ހުރިހާ މެމްބަރުން އޭނާއަށް ތާއީދު ކޮށްދެއްވުމަށް މަޚުލޫފް ވަނީ އެދިވަޑައިގެންފައެވެ.

އަންނަ މެއި މަހުގެ 29ގައި އެމްޑީޕީން ބާއްވާ އެޕާޓީގެ ގައުމީ މަޖިލީހުގެ އިންތިހާބުުގައި ވާދަ ކުރަށްވަން މަހުލޫފް ނިންމަވާފައިވާއިރު، އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ބޭނުން ކުރި ކަމުގެ ތުހުމަތުތަކެއް މަހުލޫފުގެ މައްޗަށް ވަނީ ކުރެވިފައެވެ. މި ތުހުމަތުތައް މަހުލޫފް ވަނީ ދޮގު ކުރައްވާފައެވެ. އެމައްސަލައިގައި މަޚުލޫފް މަގާމުން ސަސްޕެންޑްކޮށް ދުވަސްކޮޅަކު ގޭގައި ވެސް ބެހެއްޓިއެވެ.

މަޚުލޫފް އެމްޑީޕީގެ އިންތިޚާބުގައި ވާދަކުރަށްވަން ނިއްމަވާފައިވާއިރު މި ހަފްތާގައި ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާގައި ވަނީ، އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ތުހުމަތު ކުރެވިފައިވާ މީހުންނަށް ކުރިއަށް އޮތް އެޕާޓީގެ އެތެރޭގެ އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް ފާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން