އދ. ދަނގެތި
އދ. ދަނގެތި
އދ. ދަނގެތީގައި މިސްކިތުގައި ތަރާވިސް ނަމާދު ކުރަމުންދަނިކޮށް މިސްކިތު ފަންޑު ފޮށި ވަގަށް ނަގައިފިއެވެ.

އދ. ދަނގެތީގައި ތަރާވިސް ނަމާދު ކުރަމުންދަނިކޮށް ވަގަށް ގެންގޮސްފައިވަނީ ފަގީރުންނަށް ސަދަގާތް ކުރަން ބަހައްޓާފައި ހުރި ފަންޑު ފޮށްޓެކެވެ. އެ ފަންޑު ފޮށީގައި ހުރީ ކިހާ ފައިސާއެއް ކަމެެއް އަދި ސާފެއް ނުވެއެެވެ. ވަގަށް ނެގި ފަންޑު ފޮށި ފެނިފައިވާއިރު އެމައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އަޑުތައް ފެތުރިފައިވެއެވެ.

މިކަން ފުލުހުން އަދި ކަށަވަރު ކޮށެއް ނުދެއެވެ. އެމައްސަލައިގައި ހައްޔަރުކުރި މީހާ ރައްޔިތުންނާއި ހަވާލު ކުރުމަށް ގޮވާލާ އެރަށުގެ ބަޔަކު މިރޭ ވަނީ ދަނގެތީ ޕޮލިސް ސްޓޭޝަން ދޮށައް އެއްވެ މުޒާހާރާވެސް ކޮށްފައެވެ. މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް ލިބޭގޮތެއް ނުވެއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން