ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަބްދުﷲ ހަލީލްގެ ލޮރީއެއްގައި ބަޔަކު ރޯކޮށްލި މައްސަލަ ފުލުހުން ތަހުގީގް ކުރަން ފަށައިފިއެވެ.

ބައެއް މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ސެކެރެޓްރީ ޖެނެރަލްކަން ވެސް ކުރެއްވި ޑރ. ޚަލީލް ވިދާޅުވީ ނިލަންދޫ ކުނިގޮނޑު ކައިރީގައި އޮއްވައި އެލޮރީގައި ބަޔަކު ރޯކޮށްލީ ކައުންސިލުން އެދިގެން ހިލޭސާބަހަށް މަސައްކަތެއް ކުރުމަށް ލޮރީ ދޫކޮށްފައި އޮއްވާ ކަމަށެވެ. ލޮރީގެ އަގު ގާތްގަނޑަކަށް 3،50،000 ރުފިޔާއަށް އަރާނެ ކަމަށް ޚަލީލް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ ދަށަށް ފަނާ ދަރާ އެއްޗިހި އަޅާފައި ރޯކޮށްލީ ކަމަށް،" ހަލީލް ވިދާޅުވި އެވެ.



މިހާރު ލޮރީ އޮތީ އެއްގޮތަކަށްވެސް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށް ޑރ. ޚަލީލް ވިދާޅުވިއެވެ. އެމައްސަލަ ފުލުހުން ގެންދަނީ ތަހުގީގް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން